ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޣައްޒާއިން މިއަދުވެސް 3 މީހުން ޝަހީދުކޮށްލައިފި، ހަނގުރާމަ އަލުން ފަށަން ހުރިހާ ބަހަނާއެއް ދައްކަނީ

ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަށް އޮކްޓޫބަރު 10 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާފައި ވީނަމަވެސް، އިސްތިއުމާރީ ޓެރަރިސްޓުން މިއަދުވެސް މިހާތަނަށް ޣައްޒާއިން 3 މީހުން ޝަހީދު ކޮށްލައިފިއެވެ.

ޣައްޒާގެ މެދުތެރޭ ބުރެއިޖް ރެފިއުޖީ ކޭމްޕްގައި އިސްތިއުމާރީ ޓެރަރިސްޓުން ބަޑިޖަހައި އެކަކު ޝަހީދު ކޮށްލާފައި ވާއިރު، ޣައްޒާގެ އުތުރުގައި ޑްރޯން ހަމަލާއެއްދީ އެކަކު ޝަހީދު ކޮށްލާފައި ވެއެވެ. އަދި ބަޑިޖަހައި އިތުރު މީހަކު ޝަހީދުކޮށްލާފައި ވެއެވެ.

އިއްޔެވެސް އިސްތިއުމާރީ ޓެރަރިސްޓުން ޣައްޒާއިން 9 މީހުން ޝަހީދުކޮށްލާފައި ވެއެވެ.

މި ހަމަލާތަކުގައި އިތުރު އެތައް ބަޔަކު ޒަޚަމްވެގެން ހޮސްޕިޓަލްތަކަށް ގެންގޮސްފައި ވެއެވެ.

ހަމަލާތައް ހުއްޓާލުމަށް ހަމާސްއާއެކު ވެވުނު އެއްބަސްވުމުގެ ދަށުން، އިސްތިއުމާރީ ސިފައިން ޣައްޒާގެ ބައެއް ހިސާބުތަކުން ފަހަތަށް ޖެހުނު ނަމަވެސް، ޑްރޯންތައް ފޮނުވައިގެން ގެންދަނީ އާންމުންނަށް ހަމަލާ ދެމުންނެވެ.

އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ހަމާސްއިން އިސްރާއީލުގެ ދިރިތިބި 20 ގައިދީން މިނިވަން ކުރުމާއެކު، ޣައްޒާގައި އަލުން ހަނގުރާމަ ފެށުމަށް ކުރެވުނުހާ ކަމެއްކޮށް، އެކިއެކި ހުއްޖަތްތައް އިސްތިއުމާރީ ބާރުން ގެންދަނީ ދައްކަމުންނެވެ.

ހަމާސްއިން އެއްބަސްވުމާ ޚިލާފްވަމުންދާ ކަމަށް  ގެންދަނީ އެކިއެކި ތުހުމަތުތައް އަޅުވައި، ދޮގު ވާހަކަތައް އެމެރިކާއާއި، އިސްރާއީލުގެ މީޑިއާއިން ގެންދަނީ ފަތުރަމުންނެވެ.

އެކަމަކު، އެއްބަސްވުމާ ޚިލާފްވެ ޣައްޒާގައި އާންމުންނަށް ހަމަލާދިނުމާއި، ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރަން އިސްރާއީލުން އަދިވެސް ގެންދަނީ ހުރަސް އަޅަމުންނެވެ.

ޣައްޒާގެ ހޮސްޕިޓަލްތަކަށް އަދިވެސް އިމަޖެންސީކޮށް ބޭނުންވާ އެއްވެސް ސާމާނެއް ނުލިބޭ ކަމަށް ހޮސްޕިޓަލްތަކުން ގެންދަނީ ބުނަމުންނެވެ.

އިންސާނީ އެހީ އެތެރެކުރާ ދޮރާށިތައް ހުޅުވަންވެސް ގެންދަނީ ދެކޮޅު ހަދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހުޅަނގު އޭޝިޔާގައި ހުރި އެމެރިކާ އަދި އިސްރާއީލާ ގުޅުންހުރި ދެ ޔުނިވަރސިޓީއަކަށް ރައްދު ހަމަލާދޭން އީރާނުން ނިންމައިފި

ނިއުކްލިއަރ ފެސިލިޓީތަކަށް ދިން ހަމަލާތަކުގެ ބަދަލު އީރާނުން ހިފާނެގޮތެއް ނޭނގޭތީ ސަރަހައްދު ނުތަނަވަސްވެފައި

އީރާނުން ހުއްޓާނުލާ އިސްރާއީލަށް ހަމަލާތައްދެނީ، އިސްރާއީލުގެ ދެމިލިއަން މީހުން ބިންގަރާސްތަކުގައި

ޓްރަމްޕް ހެދީ ދޮގު، އީރާނުގެ ހަކަތައިގެ ތަންތަނަށް އެމެރިކާއާއި އިސްރާއީލުން ބޮންއަޅައިފި