ކުއްލި ޚަބަރު

މާލެއާއި ވިލިމާލޭގެ މަގުތަކުގެ ޑިޒައިން މަރުހަލާ ފެށުމަށް ޗައިނާއާއެކު އެލްއޯއީގައި ސޮއިކޮށްފި

މީޑިއާ ކޮމިޝަނުގެ ރައީސް ކަމަށް ފަރުޝަތު އައްޔަންކުރަނީ

ސައިކަލެއް ކޮންޓްރޯލު ނުވެ ގޮސް ކްލިނިކެއްގެ ފާމަސީ ތެރެއަށް ވަދެއްޖެ

ސިނގިރޭޓް ވައްކަމާ ގުޅިގެން އެމްޕީއެލްގެ 6 މުވައްޒަފަކު ސަސްޕެންޑުކޮށްފި

Mal

ރާއްޖެ އަށް ވަގަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސް އިން ހިފެހެއްޓި 13 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް އެމްޕީއެލް ހުޅުމާލޭ ބަނދަރުގައި ހުއްޓާ ގެއްލުނު މައްސަލައާ ގުޅިގެން އެ ކުންފުނީގެ ހަ މުވައްޒަފަކު ސަސްޕެންޑްކޮށްފިއެވެ.

އެމްޕީއެލްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި މަހުގެ އަށް ވަނަ ދުވަހު މި މައްސަލަ ފެންމަތިވުމާ އެކު، ތަހުގީގު ފަށައި މިދިޔަ އާދިއްތަ ދުވަހު ފަސް މުވައްޒަފަކު ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. އަދި އިތުރު މުވައްޒަފަކު މިއަދު ސަސްޕެންޑް ކޮށްފައިވާ ކަމަށް އެ ކުންފުނިން ހާމަކުރިއެވެ.

އެމްޕީއެލްގެ ހުޅުމާލޭ ބަނދަރުގައި ހުއްޓައި ވަގަށް ނެގީ 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓެވެ. އެ ކުންފުނިން ބުނީ އެ މައްސަލައިގައި ޝާމިލްވާ އެއްވެސް މުވައްޒަފަކާ މެދު ފިޔަވަޅު އެޅުމަށް އެ ކުންފުނިން ފަސްނުޖެހޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ ކަމެއް ތަކާރުވިޔަ ނުދިއުމަށް އަޅަންޖެހޭ ފިޔަވަޅުތައް ތަންފީޒުކޮށް، ބަނދަރުގެ ސެކިއުރިޓީ އާއި ހިންގުމުގެ ނިޒާމް އިތުރަށް ހަރުދަނާކުރާނެ ކުރާނެ ކަމަށް ވެސް އެމްޕީއެލް އިން ބުންޏެވެ.

“މިއީ ވަރަށް ސީރިއަސް މައްސަލައަކަށް ވާތީ، މި ކުންފުނީގެ ތަހުގީގު ކުރިއަށް ގެންދަނީ ފުލުހުންގެ ތަހުގީގަށް ހުރަސް ނޭޅޭ ގޮތަށެވެ. މި މައްސަލައިގައި އެންމެ ފުރަތަަމަ ދުވަހުން ފެށިގެން ފުލުހުންގެ ތަހުގީގަށް މި ކުންފުނިން ދަނީ ފުރިހަމަ އެއްބާރުލުން ދެމުންނެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ފުލުހުންގެ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން އަރުވަމެވެ،” އެމްޕީއެލްގެ ބަޔާނުގައި ވެއެވެ.

އެ މައްސަލައާ ގުޅިގެން ހަ މީހަކު ރޭ ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އެއީ އެޕޯލޯގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި ކަސްޓަމްސްގެ އިސް މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއިލްގެ އިތުރުން މިފްކޯގެ ޖެނެރަލް މެނޭޖަރު މުއާޒް އަލީ އެވެ. އޭނާ އަކީ ކުރިން ކަސްޓަމްސްގެ ސްޕްރިންޓެންޑެއްޓަކަށް މަސައްކަތް ކުރި މީހެކެވެ.

އެ މައްސަލައާ ގުޅިގެން އިތުރު 12 މީހަކު ފުރުން ވަނީ މަނާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސިނގިރޭޓް ކޮންޓެއިނަރު އުފުލި ދޯނީގެ ކައްޕި ހައްޔަރުކޮށްފި

އެމް.ޕީ.އެލް އިން ފުވައްމުލަކު ވިޔަފާރިވެރިންނަށް އަމާޒުކޮށް ޙައްސަ ބިޒްނަސް ފޯރަމެއް ބާއްވައިފި

އިތުރުމީހަކު ހައްޔަރުކޮށް، ކޮންޓެއިނަރުގެ ބައިތައް ތިލަފުށިން ހޯދައިފި

އެމް.ޕީ.އެލް އިން އެމް.އެސް.އެސްގެ މުވައްޒަފުންނަށް ފަޔަރ އެވެއަރނަސް ސެޝަނެއް ކުރިއަށްގެންގޮސްފި

TTH_advertisement