ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސައިބަރ ކްރައިމް ހުއްޓުވުމުގެ ބައިނަލްއަޤްވާމީ މުއާހަދާގައި ރާއްޖޭން ބައިވެރިވާން ރުހުންދީފި

majilis
TTH_Ads
Maldivian_Ads
STO_Ads
Advertisement

ސައިބަރ ކްރައިމް ހުއްޓުވުމަށް ޤައުމުތައް ގުޅިގެން މަސައްކަތް ކުރާ އދ.ގެ މުއާހަދާގައި ރާއްޖެއިން ބައިވެރިވާން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ. މަޖިލީހުން މިގޮތަށް ރުހުންދީފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

“ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އެގެއިންސްޓް ސައިބަރކްރައިމް” ރާއްޖޭން ބަލައިގަނެ، ތަސްދީގުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށަހެޅުއްވީ މި މަހުގެ 14ވަނަ ދުވަހުއެވެ. މި މުއާހަދާއަކީ ސައިބްރ ކްރައިމް ހުއްޓުވުމަށާއި އެކަމާ ދެކޮޅަށް ފިޔަވަޅުތައް އެޅުމާ ގުޅޭގޮތުން ހުށަހަޅާފައި ބައިނަލްއަގުވާމީ ފުރަތަމަ މުއާހަދާއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އދ. ޤަރާރަކުން ފާސްކޮށްފައިވާ މި މުއާހަދާގައި ޤައުމުތަކުން ސޮއިކުރުމުގެ ކަންކަން މި މަހުގެ 25އިން 26 އަށް ވިއެޓްނާމުގައި ކުރިއަށްދާނެއެވެ.

HajjCop_ads
Advertisement

މި މައްސަލަ ދިރާސާކުރުމުގެ މަރުހަލާގައި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ވަނީ މި މުއާހަދާގައި ސޮއިކޮށް، އެންމެ އަވަހަށް ތަސްދީގުކުރާ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިގެންދިއުމަކީ ސައިބަރކްރައިމާ ގުޅުންހުރި ފަންނީ އެހީ ހޯދުމަށާއި އެ މުއާހަދާއާ ގުޅޭ އުސޫލުތައް އެކުލަވައިލުމުގައި ރާއްޖޭގެ ބައިވެރިވުން ފުޅާކުރެވޭނެކަމެއްކަން ފާހަގަކުރައްވާފައެވެ.

މި މުއާހަދާގައި ސައިބަރ ކްރައިމް ހުއްޓުވުމަށް ޤައުމުތަކުން އަޅަންޖެހޭ ފިޔަވަޅުތައް ވަނީ ބަޔާންކޮށްފައެވެ. މިއީ ސީރިއަސް ކުށްތަކަށް އިލެކްޓްރޯނިކް ހެކި ފޯރުކޮށްދިނުމުގައި ބައިނަލްއަގުވާމީ އެއްބާރުލުން އިތުރުކުރުމަށް އެހީވެދޭ މުއާހަދާއެކެވެ. އެހެންކަމުން، މި މުއާހަދާގެ ދަށުން ޑިޖިޓަލް ދާއިރާގެ ތެރެއިން ސަލާމަތީ ރައްކާތެރިކަން އިތުރުކޮށް، ތަޙުގީގުކުރުމުގެ ހުނަރު އިތުރުވެގެންދާނެ ކަމަށް ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ވަނީ ފާހަގަކުރައްވާފައެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HQtyYKka8AATohI

ޤައުމުތަކުގެ ސުލްހައާއި ހަމަޖެހުމަށް ޤާނޫނު ހަދާ މަޖިލިސްތަކުގެ ދައުރު މުހިންމު: މަޖިލީހުގެ ރައީސް

ރާއްޖެ އާއި އޮސްޓްރޭލިއާގެ ގުޅުން އިތުރަށް ބަދަހިކުރަން މަޝްވަރާކޮށްފި

mira

ޓެކުހާ ގުޅޭ ކުށާއި އަދަބުތަކަށް ހުށަހެޅި އިސްލާހުތައް ފާސްކޮށްފި

masverin

މަސްވެރިކަމުގެ ޤާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތައް މަޖިލީހުން ފާސްކޮށްފި