ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އައިޖީއެމްއެޗްގައި އޯތޯޕެޑިކްސް އެންޑް ޓްރޯމާ ސާރޖެރީގެ އެޑްވާންސް ޓެކޮނޮލޮޖީ ބޭނުންކުރަން ފަށައިފި

ރާއްޖޭގެ މައި ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ އޯތޯޕެޑިކްސް އެންޑް ޓްރޯމާ ސާރޖެރީ ޑިޕާޓްމަންޓުން އެންމެ ފަހުގެ އެޑްވާންސް ޓެކްނޮލޮޖީ ބޭނުންކުރަން ފަށައިފިއެވެ.

މާލެ ހޮސްޕިޓަލްސް ގްރޫޕުގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް މިކަން ހާމަކުރަށްވައި މިއަދު ވިދާޅުވީ، އައިޖީއެމްއެޗްގެ އޯތޯޕެޑިކްސް އެންޑް ޓްރޯމާ ސާރޖެރީ ޑިޕާޓްމަންޓްގެ ޚިދުމަތްތައް ފުޅާކުރުމާއި، އިތުރަށް ފުރިހަމަކުރުމުގެ ގޮތުން މިހާރު މިވަނީ އެންމެފަހުގެ އެޑްވާންސް ޓެކޮނޮލޮޖީ (އޯލް އިން ވަން ހަތަރުގުނަ ސާފުކޮށްފެންނަ 4k ) އާރތްރޮސްކޮޕީ ޓަވަރު ބެނުންކުރަން ފަށާފައި ކަމަށެވެ.

މި އައު ސިސްޓަމްގެ ސަބަބުން ބަލި ދެނެގަތުމާއި، ޚާއްސަކޮށް ކުޅިވަރުގެ ސަބަބުން ލިބޭ އަނިޔާތަކަށް ފަރުވާ ދިނުމުގައި އެންމެ ޒަމާނީ ގޮތްތައް ބޭނުންކުރުމުގެ ފުރުސަތު ޑޮކްޓަރުންނަށް ލިބިގެންދާނެއެވެ.
މިއީ އައިޖީއެމްއެޗްގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ފެންވަރު މަތިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަން ސީއޯއޯ ހަލީމް ވަނީ ފާހަގަކުރަށްވާފައެވެ.

އެ ހޮސްޕިޓަލުގެ ޚިދުމަތްތައް ފުޅާކުރުމަށާއި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ފަރުވާ ދިނުމަށް ޑޮކްޓަރުންނާއި ނަރުހުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ސީއީއޯ ވަނީ ޚާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.

މި އައު ޓެކްނޮލޮޖީގެ ސަބަބުން ރާއްޖޭގެ ޞިއްޙީ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބި، ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

އައިޖީއެމްއެޗަށް “އިންޓްރާ އޮޕަރޭޓިވް ނިއުރޯމޮނިޓަރިން” ތަޢާރަފުކޮށްފި

778

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

Mm

ދީނީ އިލްމުވެރިޔާ އަޒީބެ އަށް ސްޓްރޯކެއް ޖެހިގެން ފަރުވާދެނީ

Adheel

ޑެންގީ ހުން އިތުރުވާތީ ސަމާލުވާން އައިޖީއެމްއެޗުން އިލްތިމާސްކޮށްފި