ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގާނޫނާ ހިލާފަށް އައްޑޫން ބޮޑު ބިމެއް ދޫކުރިކަމަށް ބުނާ މައްސަލައެއް ކޮމިޓީއަށް

TTH_Ads
STO_Ads

އައްޑޫ ސިޓީ މީދޫގެ ބޮޑު ބިމެއް، ގާނޫނާ ހިލާފަށް އަމިއްލަ މީހަކަށް ދޫކޮށްލި ކަމަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް މައްސަަލައެއް ހުށަހަޅައިފިއެވެ.

އަމިއްލަ މެންބަރެއް ކަމަށްވާ އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހުމާން މިއަދު ހުށަހެޅުއްްވި މައްސަލައިގައި ތުހުމަތުކުރައްވާފައިވަނީ، އެ ބިން ދޫކޮށްފައިވަނީ އެއްބަސްވުމެއް ވެސް ނެތި ކަމަށެވެ.

ސަންވިލް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކަށް އައްޑޫ މީދޫ ޓޫރިޒަމް ޒޯނުން ދޫކޮށްފައިވަނީ 17،000 އަކަފޫޓުގެ ބިމެއް ކަމަށާއި އެ ބިން ދޫކޮށްފައިވަނީ އާއްމުކޮށް އިއުލާނުކުރުމެއް ނެތި ކަމަށްވެސް ވިދާޅުވެފައިވެއެވެ.

HajjCop_ads

އެ ކުންފުންޏާ ހަވާލުކުރީ ހަމަ އެ ކުންފުނީގެ ހިއްސާދާރުންގެ މަސްލަހަތު އޮންނަ އެެހެން ދެ ކުންފުންޏެއް ހިމެނޭހެން ތިން ކުންފުންޏަކަށް ދޫކޮށްފައިވާ ތިން ސްލޮޓެއް އެެއްކޮށްލައި އެއް ބިމެއްގެ ގޮތުގައި ކަމަށް ވެސް އަބްދުއްރަހުމާނު ތުުހުމަތުކުރެއްވިއެވެ.

އޭނާ ވިދާޅުވީ އާންމުކޮށް ހުޅުވާނުލައި ސަން ވިލް އަށް 17،000 އަކަފޫޓުގެ ބިމެއް ދޭން ސިޓީ ކައުންސިލުން އެއްބަސްވުން ހެދުމަށްފަހު އެ ކުންފުންޏާ ހަވާލުކުރީ ވެސް އެއަށްވުރެ ވެސް ބޮޑު ބިމެއް ކަމަށެވެ.

“…ޕްލޮޓް ނަންބަރު ސީ4، ސީ5، ބީ1 އެއްކޮށްލައިގެން އެއް ސްލޮޓެއް ގޮތަށް ހަދައި އަލުން ސަންވިލް ޕްރައިވެޓް ލިމިޓެޑަށް ދިން ނަމަވެސް ޖުމުލަ ސައިޒް 17،000 އަކަފޫޓަށް ވުރެ ބޮޑުނުވާނެ. ނަމަވެސް ސާވޭކޮށް ސަންވިލް އަށް ބިން ހަވާލުކުރި އިރު، ޖުމުލަ 64،583 އަކަފޫޓު ނުވަތަ 6،000 އަކަމީޓަރުގެ ބިން، އައްޑޫ ސިޓީ ކައުންސިލުން ވަނީ އެއްވެސް އިއުލާނުކުރުމެއް ނެތި ދީފައި،” އޭނާ ވިދާޅުވިއެވެ.

އަބްދުއްރަހުމާނު ވިދާޅުވީ އެއް ބިމެއްގެ ގޮތުގައި ފަހުން ދޫކުރި ތިން ބިން ފުރަތަމަ ދޫކުރީ ސަންވިލްގެ އިތުރުން ރެއިން ޕްރައިވެޓް ލިމިޓެޑް ނަމަކަަށް ކިޔާ ކުންފުންޏަކާއި ފެހިމޫ ހޮޓެލްސް ޕްރައިވެޓް ލިމިޓެޑް ނަަމަކަށް ކިޔާ ކުންފުންޏަކަށް ކަމަށެވެ.

އެެހެންކަމުން ކައުންސިލުން ރަސްމީ ވަޒީފާގައި އެސްޖީއަށް ލިބިފައިވާ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކޮށް، މޭޔަރު އަލީ ނިޒާރާ ގުޅިގެން، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެސްޖީގެ އާއިލީ މަސްލަހަތު ހިމެނޭ ކުންފުންޏަކަށް ގަވާއިދާ ހިލާފަށް މީދޫ ޓޫރިޒަމް ޒޯނުގެ ބޮޑު ސަރަހައްދެއް މިވަނީ 50 އަހަރުގެ މުއްދަތަށް ކުއްޔަށްދީފައި ކަމަށްވެސް ވިދާޅުވިއެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

supreme court

ޕާޓީން ވަކިވާ މެންބަރުންގެ ގޮނޑި ގެއްލޭނެކަމަށް ޤާނޫނު އަސާސީއަށް ގެނައި އިޞްލާހު ޞައްޙަ: ސުޕްރީމް ކޯޓު

އާ މިނިސްޓަރުންނަށް މަޖިލީހުން ރުހުން ދީފި

Majlis

ރައްޔިތުންގެ މަޖިލިހުގެ އިޖުތިމާއީ ކޮމިޓީއަށް ގެނައި ބަދަލުތައް އިއުލާނުކޮށްފި

އައްޑޫ ސިޓީ ފޭދޫ ސްކޫލުގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފި