ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް މާދަމާ ބޭނުން ކުރަން ފަށަނީ

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންސްތައް މާދަމާ އިން ފެށިގެން އާ ޓާމިނަލުގެ ގްރައުންޑް ފްލޯއަށް ބަދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީން ބުނެފި އެވެ.

 ހަނިމާދޫ އެއާޕޯޓުގެ އާ ޓާމިނަލް އަންނަ ނޮވެމްބަރު މަހު 9 ވަނަ ދުވަހު ރަސްމީކޮށް ހުޅުވުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

މިބަދަލު ގެންނަން ހަމަޖެހިފައިވަނީ، އާ ޓާމިނަލް ހުޅުވުމަށްޓަކައި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ)ގެ މިންގަނޑުތަކާ އެއްގޮތަށް ހުރިހާ ވައްތަރެއްގެ ކޯޑް ސީ މަތިންދާބޯޓުތައް އާ ރަންވޭއަށް ޖެއްސޭނީ މުޅި ރަންވޭ ބޭނުންކޮށްގެން ކަމުގައިވާތީ، ރަންވޭއަށް ކްލިއަރަންސް ހޯދުމަށްޓަކައި  ބާ ޓާމިނަލް އާއި އެތަނާއި އިންވެގެންވާ އިމާރާތްތަކާ އަދި އުސް ތަންތަން ނަގައި ހުސްކުރަންޖެހޭތީއެވެ. މިކަމާއި ގުޅޭ އެންމެހާ މައުލޫމާތު މި މަހު ނުވަ ވަނަ ދުވަހު ވަނީ ރަށު ކައުންސިލާއި ކަމާއި ބެހޭ އެހެނިހެން ވުޒާރާތަކާއި ހިއްސާކޮށްފައި ކަމަށް ވެސް އެމްއޭސީއެލް އިން ބުންޏެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް އެމްއޭސީއެލް އިން ވަމުން އަންނައިރު، ޓާމިނަލްގެ ޚިދުމަތްތަކާއި ޕްރޮސީޖާތައް ތައްޔާރުކުރުމާއި އިކުއިޕްމަންޓް އަދި މެޝިނަރީސް ޓެސްޓުކުރުމާއި އެތަނުގެ މައިގަނޑު ހަރަކާތްތެރިންގެ ގޮތުގައި ހިމެނޭ އިންސާނީ ވަސީލަތް ތަމްރީނުކުރުމާއި ހުޅުވުމުގެ ކުރިއާއި ފަހަތަށް މުޅި ޓާމިނަލް ގައުމީ އަދި ބައިނަލްއަގުވާމީ މިންގަނޑުތަކަށް ތައްޔާރުކުރެވިފައިވޭތޯ ކަށަވަރު ކުރުމަށް ކުރިއަށް ގެންދާ އޮރާޓް ޕްރޮސެސް މިހާރު ވަނީ ފަށައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހަނިމާދޫގައި އެސްޓީއޯ ރޭޓުގައި ތެޔޮ ވިއްކަން ފަށައިފި

Hanimaadhoo

ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރެއް އެޅުމަށް އިއުލާންކޮށްފި

ކައުންސިލް އިންތިހާބުގައި ހިރިމަރަދޫ މީހުން ވޯޓުލާނީ ހަނިމާދޫ ކައުންސިލަށް

raees muiz

ހިރިމަރަދޫ ރައްޔިތުން ހަނިމާާދޫއަށް ބަދަލުކުރަން ރައީސްގެ ގަރާރަަކުން ނިންމަަވައިފި