ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޕީއެލްގެ އިންޓާންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

MPL

މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) ގެ އިންޓާންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްޕީއެލްއިން ވިދާޅުވީ އިންޓާންޝިޕް ޕްރޮގްރާމްގައި މި އަހަރު ހަތް ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާ ހޯދުމުގެ 10 ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. އަދި އެ ޕްރޮގްރާމް ކުރިއަށް ގެންދާނީ އެއް މަސް ދުވަހުގެ މުއްދަތަކަށް ކަމަށް ވެސް ވިދާޅުވިއެވެ.

ޕްރޮގްރާމްގައި މި ފަހަރު ހިމެނޭ ދާއިރާތަކަކީ:

މާކެޓިންގ އެންޑް ޕީއާރް
އެޑްމިން
ފައިނޭންސް
ޕްރޮކިއުމަންޓް
އިންފޮމޭޝަން ޓެކްނޮލޮޖީ
އިންޖިނިއަރިން
އެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ޝަރުތަކީ އުމުރުން 18 އަހަރު ނުވުމާއި ގްރޭޑް 10 ގެ ތައުލީމް ނިންމާފައިވުން ކަމަށް އެމްޕީއެލްއިން ވިދާޅުވިއެވެ.

އެމްޕީއެލްއިން ވިދާޅުވީ ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ފޯމު ހުށަހެޅުމާއެކު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ވަނަވަރު (ސީވީ)، ސްކޫލް ލީވިން ސެޓްފިކެޓް އަދި ބެލެނިވެރިޔާގެ އިޢުތިރާޟެއް ނެތްކަމުގެ ލިޔުން ހުށަހަޅަންވާނެ ކަމަށެވެ.

ޕްރޮގްރާމްގައި ބައިވެރިވުމުގެ ސުންގަޑިއަކީ، މި މަހުގެ 25 ވާ ބުދަ ދުވަހުގެ ރޭގަނޑު 12:00 ގެ ކުރިން ކަމަށް އެމްޕީއެލްއިން ވިދާޅުވިއެވެ. އަދި އެކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދެއްވުމަށް، އެމްޕީއެލްގެ ލާނިން އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓްގެ ނަންބަރު 3039638 ނުވަތަ 3039636 އަށް ގުޅުއްވުމަށް ނުވަތަ އީމެއިލްކުރެއްވުމަށް އެދިފައިވެއެވެ.

އެމްޕީއެލްގެ އިންޓާންޝިޕް ޕްރޮގްރާމަކީ ސާނަވީ ތައުލީމް ފުރިހަމަކޮށްފައިވާ ކުދިންނަށް، ވަޒީފާގެ މާހައުލުގެ އަމަލީ ތަޖުރިބާ އާއި ތަމްރީނު ފޯރުކޮށްދިނުމަށް 2022 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މިހާތަނަށް 30 އަށްވުރެ ގިނަ ކުދިން ވަނީ މި ޕްރޮގްރާމް ފުރިހަމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ތިލަފުށީގައި ހުސް ކޮންޓެއިނަރ ބަހައްޓާ ޖާގަ 3000 ޓީއީޔޫއަށް އިތުރުކޮށްފި

minister saeed

ލޮޖިސްޓިކްސް މައި ނެޓްވޯކްގެ ތެރެއަށް އަމިއްލަ ކުންފުނިތަކަށް ވަނުމުގެ ފުރުޞަތު ހުޅުވާލައިފި

އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަޤާމަށް ޒިޔަތު ހަމަޖައްސަވައިފި

އުލިގަމުގައި ޒަމާނީ ޔޮޓް މެރީނާއެއް ތަރައްޤީކުރަން ޙަވާލުކޮށްފި