ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެޗްއައިވީ، ސިފިލިސް އަދި ހެޕަޓައިޓިސް-ބީ ނުފެތުރޭ ފުރަތަމަ ގައުމަކަށް ރާއްޖެ, ޤައުމަށް ލިބުނު ޝަރަފެއް: ނާޒިމް

minister nazim

މައިންގެ ގައިިން ތުއްތު ދަރިންނަށް އެޗްއައިވީ، ސިފިލިސް އަދި ހެޕަޓައިޓިސް-ބީ ނުފެތުރޭ ފުރަތަމަ ގައުމަކަށް ރާއްޖެ ވެގެން ދިޔުމަކީ ޤައުމަށް ލިބުނު ޝަރަފެއް ކަމުގައި ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ ނާޒިމް މިހެން ވިދާޅުވީ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ 78 ވަނަ ރީޖަނަލް ކޮމެޓީ ބައްދަލުވުމުގައި ދެއްވި ބަޔާނުގައެވެ.

ހެލްތު މިނިސްޓަރ ވިދާޅުވި ގޮތުގައި މި ޝަރަފު ދިވެހި ރާއްޖެއަށް ލިބިގެން ދިޔައީ ޑަބްލިއުއެޗްއޯ އަދި ބައިނަލްއަޤްވާމީ ޖަމާއަތްތަކާ އެކީ ގުޅިގެން ކުރި މަސައްކަތުގެ ސަބަބުން ކަމަށެވެ. މި މަސައްކަތް ފާހަގަކޮށް މިނިސްޓަރ ނާޒިމް ވަނީ އެފަރާތްތަކަށް ޝުކުރު އަދާކުރައްވަައިފަ އެވެ.

މީގެ އިތުރުން މިނިސްޓަރ ދެއްވި ޚިތާބުގައި ރާއްޖޭގައި ކުރިއަށް ގެންދާ ޕަބްލިކް ހެލްތު ރީވައިޓަލައިޒޭޝަން ޕްރޮގްރާމް އަދި ރާއްޖޭގައި އެންސީޑީ ކޮންޓްރޯލް ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށް ވެސް ވަނީ އަލި އަޅުއްވާލައްވާފަ އެވެ.

ރާއްޖޭގެ މިކާމިޔާބީއަށް ތައުރީފުކުރައްވައި ޑަބްލިއުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޯސް އަދޮނަމް ގެބްރިޔޭސުސް ޓެޑްރޯސް ވިދާޅުވީ މައިންނާއި ތުއްތު ކުދިންގެ ސިއްހީ ހާލަތު ރަނގަޅުކުރަން ރާއްޖޭގެ ޕޮލިޓިކަލް ވިލް ވަރުގަދަ ކަމަށާއި އެކަމަށް ރަނގަޅަށް އިންވެސްޓްކޮށްފައިވާ ކަމަށެވެ.

މައިންގެ ގައިން ތުއްތު ދަރިންނަށް ބަލިތައް ފެތުރުމަކީ ކޮންމެ އަހަރަކު އެތައް މިލިޔަން ކުދިންނަކަށް އެކި ބަލިތައް ފެތުރޭ ގޮތެކެވެ. ޑަބްލިއުއެޗްއޯގެ ތަފާސް ހިސާބުތައް ދައްްކާ ގޮތުން، ރާއްޖެ ހިމެނޭ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގައި އެކަނި، ސިފިލިސް ޖެހިފައިވާ 23،000 މައިން ވިހޭ އިރު، އެ މީހުންގެ ފަރާތުން 8،000 ކުއްޖަކަށް އެ ބަލި ޖެހުނެވެ. އަދި އެޗްއައިވީ ހުރި 25،000 އަންހެނަކު ވިހޭ އިރު ކުދިންނަށް އެބަލި ފެތުރުނެވެ. އަދި ހަމަ މި ސަރަހައްދުގައި ހެޕަޓައިޓިސް-ބީ 42 މިލިޔަން މީހަކަށް ޖެހިފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mussss

ސަރުކާރުގެ ބޭސް ކުންފުނިން ބޭސް އެތެރެކޮށް ރަށްރަށް ފޮނުވަން ފަށައިފި

WhatsApp Image 2026 03 05 at 13.42.57

ރާއްޖޭގައި ޝީޝާ މަނާކުރަން ދަނީ މަޝްވަރާކުރަމުން: ނާޒިމް

Ii

ދ. އަތޮޅު ހޮސްޕިޓަލްގައި ޑަޔަލިސިސްގެ ޚިދުމަތް ފަށައިފި

Ii

ލެބޯޓަރީގެ ޚިދުމަތް ފަށައި ހުޅުދެލީ ސިއްހީ މަރުކަޒުގެ ޚިދުމަތް 16 ގަޑިއިރަށް ބަދަލުކޮށްފި