ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފެނަކަ ކޮރަޕްޝަން ގަރާރު ކޮމިޓީއަށް

TTH_Ads
STO_Ads
Advertisement

އޮޑިޓާ ޖެނެރަލްގެ އޮފީހުން ކޮށްފައިވާ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ހާއްސަ އޮޑިޓް ރިޕޯޓުން ފާހަގަވެފައިވާ ކޮރަޕްޝަންގެ އަމަލުތައް ތަހުގީގުކޮށް ފިޔަވަޅު އެޅުން އަވަސްކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު މަޖިލީހަށް ބަަލައިގަނެ ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވައިފިއެވެ.

މަޑަވެލި ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝަމީޒް ހުށަހެޅުއްވި މި ގަރާރު މަޖިލީހަށް ބަލައިގަތީ އެ ވަގުތު ޖަލްސާގައި ތިއްބެވި 52 މެންބަރުންގެ ތެރެއިން 43 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެ ގަރާރު ބަލައި ނުގަންނަން ހަތް މެންބަރަކު ވޯޓު ދެއްވިއެވެ.

މި ގަރާރުގައި ބުނެފައިވަނީ، ފެނަކައަކީ ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އަސާސީ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށްޓަކައި އުފައްދާފައިވާ ކުންފުންޏެއް ކަމަށާއި އެތަނުގެ މެނޭޖިން ޑިރެކްޓަރަކަށް އަހުމަދު ސައީދު ހުންނެވި، 2021 ވަނަ އަހަރުން 2023 ވަނަ އަހަރުގެ ނިޔަލަށް އެ ކޯޕަރޭޝަނަށް މުދަލާއި ހިދުމަތް ހޯދަން އުސޫލުން ބޭރުން އެކި ފަރާތްތަކާއެކު އެއްބަސްވުންތައް ހަދައި، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ގިނަ ކަންތައްތަކެއް ކޮށްފައިވާކަން އޮޑިޓާ ޖެނެރަލްގެ ހާއްސަ އޮޑިޓް ރިޕޯޓުން ފާހަގަވާ ކަމަށެވެ.

HajjCop_ads
Advertisement

ފެނަކައިގެ ތެރޭގައި ކޮރަޕްޝަންގެ އަމަލުތައް ހިންގަމުންދާކަން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ފަރާތުން 2021 ވަނަ އަހަރު އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަމާލުކަމަށް ގެނެސްފައިވާ އިރު، 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް ފެނަކައިގެ ތެރޭގައި ހިންގާފައިވާ ވައްކަންތަކަކީ އޭރުގެ ސަރުކާރުގެ އިސްވެރިންނަށް އެނގޭގޮތަށް ހިންގާފައިވާ ވައްކަންތަކެއް ކަަމަށް ބެލެވޭ ކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް އެކަންކަން ހުއްޓުވުމަށް އޭރުގެ ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް ވެސް ބުނެފައިވެއެވެ.

އެ މުއްދަތުގައި ވާދަވެރި ބީލަމުގެ އުސޫލުން ބޭރުން ފެނަކައިން، ދެ ބިލިޔަނަށްވުރެ ގިނަ ރުފިޔާގެ މަސައްކަތް އެކި ފަރާތްތަކާ ހަވާލުކޮށްފައިވާ ކަމަށާއި މިއީ ޖުމުލަ 673 އެއްބަސްވުމެއްގެ ދަށުން ހިންގާފައިވާ ކަމެއް ކަމަށާއި، ގިނަ އެއްބަސްވުންތައް ހަދާފައިވަނީ އާއްމު އުސޫލުން ބޭރުން ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން ފެނަކަ ހިޔާނާތަކީ ރާއްޖޭގެ ތާރީހުގައި ދައުލަތުގެ ކުންފުންޏަކުން ހިންގާފައިވާ އެންމެ ބޮޑު ހިޔާނާތް ކަމަށް ބެލެވޭކަމަށްވެސް ބުނެފައިވެއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
HajjCop_ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Big CuDs7fzlrhkA5F8adRDUFOWDd

ޕްރެކްޓިސް ޕާލިމަންޓް ފޯރ ޔޫތުގެ 14 ވަނަ ޕްރޮގްރާމް ފަށައިފި

788

ރައްޔިތުންގެ މަޖިލީހުގައި އެންމެ ގިނަ ސުވާލު އަމާޒުވި ވަޒީރަކީ ހައުސިން މިނިސްޓަރު

HOY2rwrbcAAmdIQ

ފެނަކައިގެ އިސްވެރިންތަކަކަށް ފިޔަވަޅުއަޅަން އަންގައިފި

Big Tgiyzo7XVSWa475GzDjpWtauT

ފަޅުތަކާއި ފަޅުރަށްރަށް ކުއްޔަށް ދިނުމާ ގުޅޭ އައު ޤާނޫނެއް އެކުލަވާލަން ބިލު މަޖިލީހަށް