ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރިޕަބްލިކް އޮފް ސީޝެލްސްގެ އިންތިޚާބީ ރައީސަށް ތަހުނިޔާ ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރިޕަބްލިކް އޮފް ސީޝެލްސްގެ އިންތިޚާބީ ރައީސް، ހިޒް އެކްސަލަންސީ ޑޮކްޓަރ ޕެޓްރިކް ހަރމިނީއަށް ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ޚާއްޞަ މެސެޖުގައި ވަނީ، ސީޝެލްސްގެ އިންތިޚާބީ ރައީސް ޑޮކްޓަރ ހަރމިނީއަށް ކާމިޔާބަށް އެދިވަޑައިގެންފައެވެ. ހަމަ އެހެންމެ، އެ މަނިކުފާނުގެ ޒަޢާމަތުގައި ސީޝެލްސްއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ޔަޤީން ކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، ދިވެހިރާއްޖެ އާއި ސީޝެލްސްއާ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލާ އެ މަނިކުފާނު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ވަކީން ޚާއްޞަކޮށް، ދޭދޭ މަސްލަޙަތު އެކުލެވޭ ދާއިރާތަކުން ދިވެހިރާއްޖެއާއި ސީޝެލްސްއާއި ދެމެދު އޮންނެވި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް އެމަނިކުފާނު ވަނީ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވާފައި ވަނީ، ސީޝެލްސްގެ އިންތިޚާބީ ރައީސަށާއި، އެޤައުމުގެ ރައްޔިތުންނަށް ދުޅަހެޔޮ ޞިއްޙަތަކާއި، އުފާ ފާގަތި، މުސްތަޤްބަލަކަށް އެދިވަޑައިގަންނަވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސީޝެލްސްއަށް ކަނޑައެޅުއްވި ސަފީރުގެ ފަތްކޮޅު އަރުވައިފި

ސީޝެލްސްގެ ރިޔާސީ އިންތިހާބު އިދިކޮޅު ލީޑަރު ޕެޓްރިކް ހާރުމިނީ ކާމިޔާބު ކޮށްފި