ކުއްލި ޚަބަރު

ގަމަށް ހިޖުރަކުރި ފަރާތްތަކަށް ދޭން ޖެހޭ ފައިސާގެ ބަދަލުދީ ވަރަށް އަވަހަށް ނިންމާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމްކޮށްފި

އެކަނިވެރި މައިންނަށް ދޭ އެލަވަންސް 3000 ރުފިޔާއަށް ބޮޑުކުރިކަން ރައީސް އިއުލާން ކުރައްވައިފި

އިންޓަރ ސްކޫލް ފެތުމުގެ މުބާރާތް ފަށައިފި

365 ފެތުންތެރިންނާއެކު ބީއެމްއެލް 21 ވަނަ އިންޓަރ ސްކޫލް ފެތުމުގެ މުބާރާތް ފަށައިފިއެވެ.

މިމުބާރާތް ކުރިއަށްދަނީ ހުޅުމާލޭ މިނީ ސްޕޯޓްސް ކޮމްޕްލެކްސް ސްވިމިންގ ޕޫލްގައި މިމަހުގެ 11 އިން 16 ގެ ނިޔަލަށެވެ. މިމުބާރާތުގައި 18 ސްކޫލަކުން ޖުމްލަ 365 ފެތުންތެރިން ވާދަކުރާނެއެވެ. އެއީ 142 އަންހެން ފެތުންތެރިންނާއި 223 ފިރިހެން ފެތުންތެރިންނެވެ.

މި މުބާރާތުގައި ހަ ކެޓަގަރީއަކުން އިވެންޓުތައް ކުރިއަށްދާނެއެވެ. އެއީ ޖޫނިއާ އޭ، ޖޫނިއާ ބީ، ސީނިއާ އޭ، އަދި ސީނިއާ ބީގެ އިތުރުން އެލީޓް އެތުލީޓްސް ވިތު ޑިސެބިލިޓީސް ކެޓެގެރީގެ އޭ އަދި ބީ ގެ އިވެންޓުތަކެވެ.

ބީއެމްއެލް 21 ވަނަ އިންޓަ ސްކޫލް ފެތުމުގެ މުބާރާތުގައި ވާދަކުރާ ސްކޫލްތަކަކީ އިމާދުއްދީން ސްކޫލް، އިސްކަންދަރު ސްކޫލް، ކަލާފާނު ސްކޫލް، ޣިޔާޘުއްދީން ސްކޫލް، ޖަމާލުއްދީން ސްކޫލް، ޞަލާހުއްދީން ސްކޫލް، ޣާޒީ ސްކޫލް، މަޖީދިއްޔާ ސްކޫލް، އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް، އަމީނިއްޔާ ސްކޫލް، ހުރަވީ ސްކޫލް، ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލް، ރެހެންދި ސްކޫލް، ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލް، ސީއެޗްއެސްއީ މާލެ، ދަރުމަވަންތަ ސްކޫލް، ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް އަދި ސީއެޗްއެސްއީ ހުޅުމާލެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހަމްނާ އަނެއްކާވެސް ގައުމީ ރެކޯޑެއް އާކޮށްފި

ގައުމީ ސްވިމިންގ ޓީމުގެ ހުނަރު ތަރައްގީ ކުރަން ބީއެމްއެލް އިން އެހީވަނީ

TTH_advertisement