ކުއްލި ޚަބަރު

ހިތަދޫ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް ދެމަފިރިއަކު ފެނިއްޖެ

ލ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލް އިން އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފި

ހިޔާ ފްލެޓެއްގައި ރޯވެ، ގެއްލުންތަކެއް ލިބިއްޖެ

ހަމާސްގެ ވަރުގަދަކަން ޓްރަމްޕަށްވެސް އެނގިއްޖެ، އެމެރިކާއާއި އިސްރާއީލު ސައިޒްކޮށްލީ އެކަނިމާއެކަނި

ޔަހްޔާ ސިންވާރު ހަޔާތްޕުޅުގެ އެންމެ ފަހު ވަގުތުކޮޅު

ހަމާސްގެެ ޣައްޒާގެ ވެރިޔަކަށް ހުންނެވި ޔަހްހާ ސިންވާރު ހުންނެވި އިމާރާތަށް ވަރުގަދައަށް ބޮން އެޅުމަށްފަހު އިސްތިއުމާރީ ސިފައިން ޑްރޯން ބޭނުންކޮށްގެން ޒަޚަމުގެ ހާލަތުގައި އިންނެވި ޔަހްޔާ ސިންވާރު އަވަހާރަކޮށްލީ ހަމާސް ބަލިކުރެވޭނެއޭ ހިތައެވެ.

ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ، ތެހެރާނުގައި ހުންނެވި އިމާރާތަށް މިސައިލް ހަމަލާދީ އަވަހާރަ ކޮށްލީވެސް ހަމާސް ބަލިކުރެވޭނެ ކަމަށް ދެކިގެންނެވެ.

މިނޫންވެސް، ހަމާސްގެ ސިޔާސީ ގޮފީގެ އެތައް ވެރީންނެއް އަދި ހަމާސްގެ އަސްކަރީ ފިޔަ، ޤައްސާމް ބްރިގޭޑްގެ އެތައް ކޮމާންޑަރުންނެއް އިސްރާއީލުން ހަމަލާދީ އަވަހާރަކޮށްލީ ހަމާސް ބަލިކޮށް ހަމާސްގެ ބާރު ޣައްޒާއިން ނެތިކޮށްލުމުގެެ އުންމީދުގައެވެ.

ހަމާސްގެ ވެރިންގެ އިތުރުން އެ ބޭފުޅުންގެ އާއިލާތައްވެސް ނެތިކޮށްލީ ހަމާސްގެ މުޖާހިދުންގެ ހިތްވަރު ނެތިކޮށްލެވޭނެ ކަމަށް ހީކޮށެވެ.

ދެއަހަރު ވަންދެން މުޅި ޣައްޒާގެ އެތަން މިތަނަށް ބޮންއަޅައި، ގެތަކާއި، އިމާރާތްތަކާއި އިފްރާސްޓްރަކްޗަރ ސުންނާފަތި ކުރަމުންދިޔައީވެސް، ހަމާސްއަށް އަލުން އެނބުރި ނާދެވެނެ ގޮތް ހެދުމަށެވެ.

ޚާއްސަކޮށް އިސްރާއީލާ ގާތުގައި އޮންނަ ޣައްޒާގެ އުތުރު މުޅިން ބިނާހަމަކޮށްލީ ހަމާސްގެ ކޮންޓްރޯލް އުތުރުގައި އޮންނަލެއް ވަރުގަދަ ކަމުންނެވެ. އެކަމަކު، ދެއަހަރު ވެގެން ދިޔައިރުވެސް ޣައްޒާގެ އުތުރުން އިސްރާއީލުގެ ތެރެއަށް ފޮނުވާ ރޮކެޓްތަކެއް ނުހުއްޓުވުނެވެ. ޣައްޒާއަށް އަރައިގެން އުޅޭ އިސްތިއުމާރީ ސިފައިންނަށްދޭ ހަމަލާތަކެއްވެސް ނުހުއްޓުވުނެވެ.

އިސްތިއުމާރީ އިސްރާއީލުން ދެއަހަރު ވަންދެން ޣައްޒާއަށް މިސައިލާއި ބޮމުން ހަމަލާދެމުން ގެންދިޔައިރު، އިސްރާއީލަށް ބޭނުންވާ ހުރިހާ ހަތިޔާރެއް ފޯރުކޮށްދީ، ޖާސޫސީ މައުލޫމާތު ހިއްސާކުރަމުން ގެންދިޔައީ ދުނިޔޭގެ އެންމެ ބާރުގަދަ ކަމަށް ބުނާ އެމެރިކާއިންނެވެ.

އެމެރިކާއިން ދީގެން އިސްރާއީލުން ހަމާސްއާ ދެކޮޅަށް ބޭނުންކުރީ އެންމެ މި ޒަމާނުގެ ހަތިޔާރެވެ. ދުނިޔޭގައި ބޭނުންކުރުންް މަނާކޮށްފައިވާ އެތައް ހަތިޔާރެއްވެސް އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ބޭނުންކުރިއެވެ.

އިސްތިއުމާރީ ސިފައިންނާ ދެކޮޅަށް ހަމާސްއިން ބޭނުންކުރީ އެމީހުން އަމިއްލަޔަށް އުފައްދާ ރޮކެޓްތަކެވެ. އައިއީޑީތަކެވެ. ދުޝްމަނުންގެ މައްޗަށް ކުރި ހޯދަމުންދިޔައީ އަމިއްލަ ހުނަރާއި އަމިއްލަ އުކުޅުތަކުންނެވެ.

އަސްކަރީ ގާބިލްކަމަށް ބަލާލިޔަސް، ދުނިޔޭގެ އެންމެ ވަރުގަދަ ދެ ބާރާ ދެކޮޅަށް ހަމާސްއިން ދެއަހަރު ވަންދެން ހަނގުރާމަކޮށް އެމީހުން ބަލިކޮށް ހަމާސްއަށް ނަސްރު ލިބިގެން މިދިޔައީ އެމީހުންގެެ އަމިއްލަ ހިތްވަރާއި ހިންމަތާއި، މިންނަތާއި، އަމިއްލަ ވަތަނުގެ ދިފާއުގައި ކުރި ދީނީ ޖިހާދުގެ ސަބަބުންނެވެ.

ހަމާސްއަށް ކިޔާވެސް ހިތްވަރެއް ލިބިދިނީ ޔަމަނުގެ ހޫޘީންގެ ފަރާތުންނެވެ. ދެން ލުބުނާނުގެ ހިޒްބުﷲގެ ފަރާތުންނެވެ. ދެން އީރާނެވެ.

އެކަމަކު، މައިދާނުގައި ދުޝްމަނުންނާ ދެކޮޅަށް ހަނގުރާމަ ކުރީ ހަމާސް ގިނިކަންޏާއެވެ. އިތުރު އެއްވެސް ބައެއްގެ އެހީތެރިކަމެއް ނެތިއެވެ.

ހަމާސްއިން ކުރަމުންދިޔަ ހިތްވަރުގެ ނަތީޖާއަކަށް ވެގެންދިޔައީ ދުނިޔޭގެ އެންމެ ބާރުގަދަ އެމެރިކާއާއި އަދި އިސްރާއީލުވެސް ވާހަކައިގެ މޭޒުދދޮށަށް އަންނާން މަޖުބޫރުވުމެވެ. ކޮންމެ ފަހަރަކު ޖެހެނީ އަންނާށެވެ.

“އެއް ވެރިޔަކު އަވަހާރަކޮށްލައިފިއްޔާ ސަތޭކަވެރިން އުފެދޭނެ” ޔޭ ޔަހްޔާ ސިންވާރު ވިދާޅުވެފައިވާ ފަދައިން، ވާހަކައިގެ މޭޒުދޮށަށް އަންނާނެ ވެރިންވެސް ހަމާސްއިން ހުސް ނުވެއެވެ. ޣައްޒާގެ ރައްޔިތުންނާއި، ފަލަސްތީނު ރައްޔިތުންވެސް ބެނުންވާ ނަތީޖާ ވާހަކަތަކުން ނެރެއެވެ. ވާހަކަތަކުގެ މޭޒުދޮށުގައި ގަދަކަމާއި، ހިތްވަރު ދައްކަވައެވެ.

އެހެންވެ އެމެރިކާގެ ރައީސް ޓްރަމްޕްވެސް މިއަދު ބުނެފައިވަނީ ހަމާސްގެެ ފަރާތުން ވާހަކަތަކަށް އަންނަނީ ވަރަށް ވަރުގަދަ އަދި ވަރަށް ސްމާޓް ބައެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޓްރަމްޕްގެ އައު ޕްލޭން: އަންގަނީ ޣައްޒާ ހަނގުރާމަ ހުއްޓުވާނެ ކަމަށް، ނަތަންޔާހޫ ބުނަނީ ހަނގުރާމަ ކުރިއަށް އަދިއޮތީ ކަމަށް

އަރަބި – އިސްލާމީ ގައުމުތަކުގެ ވެރިންގެ ކުއްލި ސަމިޓު އޮންނާނީ ދޯހާގައި ހޯމަދުވަހު: ގަތަރު

ރަޝިޔާގެ ތެޔޮ ގަންނާތީ އެމެރިކާއިން އިންޑިއާއަށް ބޮޑު އަދަބެއް ދީފި، މޯދީއާއި ޓްރަމްޕް ރުޅިވީތަ؟

ވެނެޒުއެލާއިން ކަނޑުގެ ބޯޑަރަށް ސިފައިންގެ ފައުޖެއް ޖަމާކޮށްފި، ދިފާއީ ވަޒީރު ވިދާޅުވަނީ ނިކަން ރީތިކޮށް އެމެރިކާ ބަލިކުރާނޭ ކަމަށް

TTH_advertisement