ކުއްލި ޚަބަރު

ޔޫއެންއޯޑީސީ އިން އެންޑީއޭއަށް ޑްރަގް ޓެސްޓް ކިޓްތަކެއް ހަދިޔާކޮށްފި

ވިހަފަރުގައި އެއާޕޯޓު އެޅުމަށް 42 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ފަށައިފި

ޑިވެލޮޕްމަންޓް ބޭންކަށް ވިޔަފާރި ފެށުމުގެ ހުއްދަ ދީފި

ޓްރަންޕަށް މިއަހަރުގެ ނޯބަލް ޕީސް ޕްރައިޒް ހައްގު: ޕޫޓިން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕަށް މިއަހަރުގެ “ނޯބަލް ޕީސް ޕްރައިޒް” ނުވަތަ ސުލްހައިގެ އިނާމް ހައްގުކަމަށް ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން ވިދާޅުވެއްޖެއެވެ.

ސުލްހައަށް މަސައްކަތް ކުރުމުގެ އެންމެ ޝަރަފްވެރި އިނާމް “ނޯބަލް ޕީސް ޕްރައިޒް” އިނާމް ބޭނުންފުޅުވެއްލާކަން ޓްރަންޕް ހާމަކުރެއްވީ މިއަހަރުގެ ފެބްރުއަރީ މަހުއެވެ. ސުލްހައިގެ އިނާމް ބޭނުންވެ ވަޑައިގަންނަވާކަން ޓްރަންޕް ހާމަކުރެއްވީ ޒަޔަނިސްޓް ބޮޑުވަޒީރު އަދި ފަލަސްތީނު ރައްޔިތުންގެ ޤާތިލް ބެންޖަމިން ނަތަންޔާހޫއާއެކު ވޮޝިންޓަނުގައި ބޭއްވި ބައްދަލު ވުމަކަށްފަހުއެވެ.

ސުލްހައިގެ އިނާމަށް ޓްރަންޕުގެ ނަން ނޮމިނޭޓް ކުރުމުގައިވެސް އެންމެ ކުރީ ސަފުގައި އުޅުނީ ނަތަންޔާހޫއެވެ. އޭގެ ފަހަތުން ޕާކިސްތާނެވެ.

އެކަމަކު މިއަހަރު “ނޯބަލް ޕީސް ޕްރައިޒް” ލިބިވަޑައިގަތީ ވެނަޒުއެލާގެ ސިޔާސީ އެކްޓިވިސްޓް މާރިއާ ކޮރީނާ މަޗާޑޯއަށެވެ.

ރައީސް ޓްރަންޕަށް “ނޯބަލް ޕީސް ޕްރައިޒް” ލިބިވަޑައި ނުގަތުމުން ރަޝިޔާގެ މީޑިޔާތަކުން ކުރި ސުވާލެއްގެ ޖަވާބުގައި ރައީސް ޕޫޓިން ވިދާޅުވީ ދުނިޔެއަށް ސުލްހަ ގެނައުމަށް ޓްރަންޕް ގިނަ މަސައްކަތްތަކެއް ކުރައްވައިފިކަމަށާއި ސުލްހައިގެ އިނާމް ރައީސް ޓްރަންޕަށް ހައްގު ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. ރަޝިޔާގެ ބައެއް ނޫސްތަކުން ސިފަކުރީ މިއީ ރައީސް ޕޫޓިން މަޖާޒީ ގޮތެއްގައި ވިދާޅުވި ވާހަކަފުޅެއްގެ ގޮތުގައެވެ. ސަބަބެއްގެ ގޮތުގައި ނޫސްތަކުން ދައްކަނީ ރަޝިޔާގެ އެންމެފުނަށް ހަމަލާ ދެވޭނެ ފެންވަރުގެ ޓޮމްހޯކް މިސައިލް ޔޫކްރޭނަށް ދިނުމަށް ޓްރަންޕް ކުރައްވަމުންް ގެންދަވާ މަސައްކަތާއެވެ.

ޓްރަންޕް އަމިއްލަފުޅަށް “ނޯބަލް ޕީސް ޕްރައިޒް” ހައްގުކަމަށް ވިދާޅުވިނަމަވެސް މުޅިދުނިޔެއަށް ފެންނަން އޮތީ ފަލަސްތީނުގެ 70،000 އެއްހައި ރައްޔިތުން ޒަޔަނިސްޓް އިޒްރޭލުން ޝަހީދު ކުރީ ޓްރަންޕުގެ ސަރުކާރުން ހަތިޔާރާއި ފައިސާ އަދި އެހެނިހެން އެހީތަށް ފޯރުކޮށްދީގެން ކަމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Trump

ޒެލެންސްކީ އާއި ޓްރަމްޕްގ މިއަދު ބައްދަލުކުރައްވަނީ

ސުލްހަވުމަށް އީރާނާއެކު ވަރަށް ސީރިއަސް މަޝްވަރާތަކެއް މިދަނީ ކުރަމުން: ޓްރަމްޕް

އެމެރިކާގެ ގޯލްޑް ކާޑު 5 މިލިއަން ޑޮލަރަށް ވިއްކާނަން: ޓްރަމްޕް

Screenshot 2025 02 05 093049

ޓްރަމްޕް ބޭނުންވަނީ ފަލަސްތީނުގެ މީހުން ނެރުމަށްފަހު ޣައްޒާ ހިފައި އަލުން ތަރައްޤީކުރަން

TTH_advertisement