ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގެދޮރު ދޫކޮށް ހިޖުރަކުރި ފަލަސްތީނުގެ ރައްޔިތުން އެނބުރި އެމީހުންގެ ސަރަހައްދުތަކަށް ދަތުރު ފަށާއިފި

ފަލަސްތީނުގެ ޣައްޒާގައި ދެ އަހަރަށް ދެމިގެން ގޮސްފައިވާ އިސްރާއީލްގެ ގަތުލުއާންމު ހުއްޓިފައިވަނީ، 67،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލުމަށްފަހު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅި ހުށަހެޅުމަށް އިސްރާއީލާއި ހަމާސް އެއްބަސްވުމުންނެވެ.

ހަނގުރާމަ ހުއްޓުމާއެކު އިސްރާއީލް އަސްކަރިއްޔާގެ ސިފައިން ޣައްޒާގެ އެކި ސަރަހައްދުތަކުން ފަހަތަށް ޖެހެން ފެށުމާއެކު، ގެދޮރު ދޫކޮށް ހިޖުރަކުރި ފަލަސްތީނުގެ ރައްޔިތުން އުންމީދުތަކުން ފުރިގެން މިހާރު ވަނީ އެނބުރި އެމީހުންގެ ސަރަހައްދުތަކަށް ދަތުރު ފަށާފައެވެ. މީސްމީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެންނަމުންދަނީ ގިނަ އަދަދެއްގެ މީހުން ތަކެތި ހިފައިގެން އުތުރުގެ ސަރަހައްދުތަކަށް ދާތަނެވެ.

މުޅި އަވަށްތައް ބިމާހަމަވެ ސުންނާފަތިވިޔަސް ފަލަސްތީނުގެ ރައްޔިތުންގެ އުންމީދަށް ބަދަލެއް ނާދެއެވެ. އެމީހުން ބުނާ ގޮތުގައި މިއީ ހަޔާތުގައި އެންމެ އުފާވެރި ދުވަހެވެ. “މުޅި ރޭ ނިދި ނުލިބުނު. އާއިލާއާ ބައްދަލު ކުރަން ވަރަށް ބޭނުންވޭ،” އެއް ރައްޔިތަކު ބުންޏެވެ. އެނބުރި އައި އިރު ބައެއް މީހުން ނިދީ މަގުމަތީގައެވެ. ނަމަވެސް ޣައްޒާއަށް އެނބުރި އައި ނޫސްވެރިންގެ ރިޕޯޓްތަކުން ބުނާ ގޮތުގައި ޣައްޒާ ސިޓީއެއްގެ ގޮތުގައި ނުފެންނަ ކަމަށާއި، އެތައް ހާސް އިމާރާތެއް ބިމާހަމަވެފައި ވާކަމަށެވެ.

ސުލްހައިގެ އެއްބަސްވުމުގެ ދަށުން އިސްރާއީލްގެ ޖަލުތަކުގައި ލާއިންސާނީ އަނިޔާ ދެމުންދާ 1،700 ފަލަސްތީނު ރައްޔިތުން މިނިވަން ކުރުމާއި، ޣައްޒާއަށް ކާބޯތަކެތި އެތެރެކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ފަސް މަގެއް ހުޅުވާލުމަށް ވަނީ އެއްބަސްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ރަމަޟާން މަހަށް ގުދުސްއާއި، އަގްސާ މިސްކިތް ޒީނަތްތެރިކުރުން މަނާކޮށް، އެތައް ބަޔަކު މިސްކިތަށް ނުވަންނަން އަންގައިފި

ޣައްޒާއިން މިއަދުވެސް 8 މީހުން ޝަހީދުކޮށްލައިފި، ރޭގަނޑު މީހުން ނިދަންތިއްބައި ދޭ ހަމަލާތައް އިތުރުކޮށްފި

Ist2

ހުޅަނގު އައްސޭރީގެ އިސްތިއުމާރު އިތުރަށް ފުޅާކުރަން އިސްރާއީލުން ނިންމި ނިންމުން ދުނިޔެއިން ކުށްވެރިކުރަނީ

ގުދުސްގައި ހުންނަ އދގެ އޭޖެންސީގެ ހެޑްކްއާޓަރު ތަޅައި ބިމާހަމަކުރަން ފަށައިފި، ދުނިޔެ ހިމޭނުން!