ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމެރިކާގައި ބަޑިބޭސް އުފައްދާ ކާރުޚާނާއެއް ގޮވައި އެތައް ބަޔަކު މަރުވެއްޖެ

ކާރުޚާނާގައި ބާރުގަދަ ގޮވުންތައް ގޮވުމުގެ ސަބަބުން އަނދަނީ

އެމެރިކާގައި ބަޑިބޭސް އުފައްދާ ކާރުޚާނާއެއްގައި ބާރުގަދަ ގޮވުންތަކެއް ގޮވައި އެތައް ބަޔަކު މަރުވެއްޖެއެވެ.

ބާރުގަދަ ގޮވުންތަކެއް ގޮވާފައިވަނީ ޓެނެސީ ސްޓޭޓްގެ ބަކްސްނޯޓްގައި ހުންނަ “އެކިއުރޭޓް އެނަޖެޓިކް ސިސްޓަމްސް” ކާރުޚާނާގައެވެ.

އެ ތަނަކީ، އަސްކަރީ، ދިފާއީ އަދި ވައިގެ ބޭނުންތަކަށާއި، ތަންތަން ވައްޓާލުމަށާއި، ބިމުއަޑި ގޮއްވާލުން ފަދަ ބޭނުންތަކަށް ބޭނުންވާ ބަޑިބޭސް ތަރައްގީކޮށް އުފެއްދުމުގެ މަސައްކަތްކުރާ ޚާއްސަ ކާރުޚާނާއެކެވެ.

ކާރުޚާނާގައި ބާރުގަދަ ގޮވުންތައް ގޮވުމުގެ ސަބަބުން 19 މީހުން މަރުވެފައިވާ ކަމަށާއި، އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށް، މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ފުރަތަމަ ގޮވުމާއެކު އިމަޖެންސީ ޓީމުތައް އެތަނަށް ދިޔަ ވަގުތު އިތުރު ގޮވުންތައް ގޮވަންފެށުމުން އެމީހުންނަށް ޖެހުނީ ދުރުގައި ތިބޭށެވެ.

ކާރުޚާނާގައި އެއްޗެއް ގޮވީ ކީއްވެގެން ކަމާމެދު އެމެރިކާގެ އޮފިޝަލުން އަދި އެއްޗެއް ނުބުނެއެވެ.

ސޯޝަލް މީޑިއާގައި އާންމުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ކާރުޚާނާ ހުރި ސަރަހައްދުގެ ބޮޑުބައެއް ވަނީ ސުންނާފަތި ވެފައެވެ އަދި އަލިފާނާއި، ބޯދުން އަރަމުންދާ މަންޒަރުވެސް ފެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ދުބާއީ އެއާޕޯޓުގެ ޚިދުމަތްތައް އަލުން ފަށައިފި

މަނަވަރުތައް ފޮނުވައިދޭން އެއްވެސް ގައުމަކުން އެއްބަސްނުވުމުން ޓްރަމްޕް ވަރަށް ބޮޑަށް ހިތްހަމަނުޖެހިއްޖެ

އީރާނުގެ ހަމަލާތައް ވަރުގަދަވެ، ވައިގެ ސަރަހައްދުގެ ކޮންޓްރޯލް ގެއްލި، ޔޫއޭއީން ވައިގެ ސަރަހައްދު ބަންދުކޮށްފި

އައިއާރްޖީސީ ޓްރަމްޕަށް: ކެރެންޏާ ހޮރްމޫޒަށް މަނަވަރުތައް ނިކަން ފޮނުވަބަލަ