ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިމާރާތްކޮށްފައިވާ ފްލެޓެއް 25،000 ރުފިޔާއަށް ކުއްޔަށްދޭން އިއުލާންކޮށްފިއެވެ.
ގެދޮރުވެރިޔާގެ ތިން ކޮޓަރީގެ ފްލެޓެއް 25،000 ރުފިޔާއަށް ކުއްޔަށްދޭން އައިބޭ އޮންލައިންގައި މިހާރު ވަނީ އިއުލާންކޮށްފައެވެ.
އެކަމަކު މި ފްލެޓްތަކަކީ ދަތިހާލުގައި މާލޭގައި އުޅޭ ނިކަމެތި ރައްޔިތުންނަށް ދިނުމަށް އެޅި ފްލެޓްތަކެކެވެ.
ބޮޑު އަގުގައި ފްލެޓްތައް ކުއްޔަށްދޭން އިއުލާންކުރިއިރު، އެތަނުގެ ކުލީގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައި ވަނީ 11،500 ރުފިޔާ އެވެ. އެހެންކަމުން އިއުލާންކޮށްފައި މިވަނީ ކުއްޔަށް ވުރެ 13،500 ރުފިޔާ ބޮޑުކޮށް ދޫކުރުމަށެވެ.
މިކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ. ބައެއް ފަރާތްތަކުން ބުނަމުންދަނީ މިފަދަ ކަންތައްތައް ދިމާވަނީ ހައްގު ނޫން ފަރާތަށް ފްލެޓް ދޭތީ ކަމަށެވެ.
ހިޔާ ފްލެޓްތަކާއި ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ފްލެޓްތައް ވެސް ކުއްޔަށް ދޫކޮށްފައިވެ އެވެ.
މިފަދަ މައްސަލަތައް ހައްލުކުރުމުގެ މަގްސަދުގައި ސަރުކާރުގެ ފަރާތުން މިހާރު ވަނީ ބޯހިޔާވަހިކަމާ ގުޅޭ ހާއްސަ ބިލެއް މަޖިލީހަށް ހުށަހަޅާފައެވެ. އެ ބިލް ފާސްވުމުން މިފަދަ މައްސަލަތަކައް ހައްލު ލިބޭނެ ކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ހިޔާލު