ކުއްލި ޚަބަރު

ރާއްޖެ އެތެރެކުރަން އުޅުނު ނުވަ ލައްކަ ރުފިޔާގެ ކެނަބިސް ފަތް އަތުލައިގެންފި

ހިޔާ ފްލެޓް އަތުލާފައިވާ ފަރާތްތަކަށް އިތުރު ލިޔުމަކާއި ނުލާ ފްލެޓު ދޭނެ: ރައީސް

މާލޭގެ ރައްޔިތުންގެ އަޑުއައްސަވައި އެއްކޮޓަރީގެ ފްލެޓް ދޫކޮށްލުމުން އެހެން ފްލެޓެއް ދޭން ރައީސް ނިންމަވައިފި

ކާމިޔާބަށް ވާސިލުވުމަށް އެމީހެއްގެ އަގީދާ އާއި އީމާންތެރިކަންވެސް ވަރުގަދަކުރަންޖެހޭ: އުއްތަމަ ފަނޑިޔާރު

uthama fadiyaaru

ނޭޝަނަލް ޑްރަގް އޭޖެންސީ، އެންޑީއޭއާއި ޑްރަގް ކޯޓާއި ގުޅިގެން ކުރިއަށްގެންދާ ފަރުވާ ޕްރޮގްރާމަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން އެކަމުން ސަލާމަތްކޮށް، އަނބުރާ މުޖުތަމައުއަށް ގެނައުމަށް ކުރެވޭ މުހިއްމު މަސައްކަތެއްކަމަށާއި، ކާމިޔާބަށް ވާސިލުވުމަށް އެމީހެއްގެ އަގީދާ އާއި އީމާންތެރިކަންވެސް ވަރުގަދަކުރަންޖެހޭ ކަމަށް އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ނޭޝަނަލް ޑްރަގް އޭޖެންސީއާއި ޑްރަގް ކޯޓާއި ގުޅިގެން ކުރިއަށްގެންދިޔަ ފަރުވާ ޕްރޮގްރާމެއްގެ ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ވިދާޅުވީ، މި ޕްރޮގްރާމަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ޤާނޫނީ ނިޒާމެއްގެ ތެރެއިން ފަރުވާ ދީ، އެމީހުން އަނބުރާ މުޖުތަމައަށް ގެނައުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަމަށެވެ. އަދި އެ ޕްރޮގްރާމް ފުރިހަމަކުރާ މީހުންގެ ގަދަ ވަރުގަދަ ހިތްވަރުވެސް ފެނިގެންދާކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

“ހަމަ ތި ހިތްވަރުގަދަ ބޭފުޅުން މިހާރު ތިބެވި މަގުގައި ސާބިތުކަމާއެކު ތިބުމަށް ބުނެލަން. މިހާރު ﷲ ގެ ވާގިފުޅާއެކު ފަރުވާ ނިންމާފައި ތިތިބީ. އަދި ކުރިއަށްއޮތީވެސް އުނދަގޫ މަރުހަލާތަކެއް. އެމަރުހަލާއަށްވެސް ފުރިހަމައަށް ތައްޔާރުވާންޖެހޭނެ. މިހާރު ތި ތިބި ގޮތަށް ވަރުގަދަ އަޒުމަކާއެކު ދެން އިން މަރުހަލާތައްވެސް ކަނޑަތުކުރަން ޖެހޭނީ.” އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރުގެ ވާހަކަފުޅުގައި، ވަނީ ދިރިއުޅުމުގެ ދިމާވާ ދަތިތަކާއި އުނދަގޫ ހާލަތްތަކުން އަރައިގަނެ، ކާމިޔާބަށް ވާސިލުވުމަށް އެމީހެއްގެ އަގީދާ އާއި އީމާންތެރިކަންވެސް ވަރުގަދަކުރަންޖެހޭކަން ފާހަގަކުރައްވާފައެވެ. އަދި އެހެން މީހުންނަށް އެހިތެރިވެ، ހެޔޮ ކަންކަން ކުރުމުގެ މުހިއްމުކަމުގެ މައްޗަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

“ދިރިއުޅުމުގައި އާމްދަނީ ހޯދަން ކުރާ މަސައްކަތާއި ކުރަންޖެހޭ ޚަރަދާއި ދެމެދު އެބައޮވޭ ވަރަށް ބޮޑު ފަރަގެއް. އެހެންނަމަވެސް އެހެން މީހަކަށް އެހީއެއްގެ ގޮތުގައި އެއްޗެއް ދީގެން ދުވަހަކުވެސް ތިމާއަށް ލިބޭ އެއްޗެއް މަދެއް ނުވާނެ. އެއްޗެއް ދީފިއްޔާ އޭގެ ރިޓާން އަަންނާނީ ޑަބަލް ވެގެން.” އުއްތަމަ ފަނޑިޔާރު

ނޭޝަނަލް ޑްރަގް އޭޖެންސީ، އެންޑީއޭއާއި ޑްރަގް ކޯޓާއި ގުޅިގެން ކުރިއަށްގެންދިޔަ ފަރުވާ ޕްރޮގްރާމު 52 މީހުން ވަނީ ފުރިހަމަކޮށްފައެވެ. އަދި މި ޕްރޮގްރާމު ނިންމި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދުއެވެ.

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން މުޖުތަމައުއަށް އަނބުރާ ގެނައުމަށް ޚާއްޞަ ސިޔާސަތުތަކެއް ސަރުކާރުން އަންނަނީ އެކަށައަޅަމުންނެވެ. އެގޮތުން ފަރުވާ ފުރިހަމަކޮށް މުޖުތަމަޢުއަށް ނިކުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހޯދައި ދިނުމަށް ސަރުކާރު ޙިއްސާވާ ކުންފުނިތަކާއި އަދި އަމިއްލަ ފަރާތްތަކާއެކު ދަނީ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން، ފަރުވާ ޕްރޮގްރާމްތައް ފުރިހަމަކުރަމުންދާ ފަރާތްތަކާއި އަދި ފަރުވާ ފުރިހަމަކޮށް މުޖުތަމަޢުއަށް ނިކުންނަ ފަރާތްތައް މޮނިޓަރ ކުރުމުގެ މަސައްކަތްވެސް ނޭޝަނަލް ޑްރަގް އެޖެންސީން ވަނީ ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

55

މަސްތުވާތަކެއްޗާއެކު އެންޑީއޭގެ މުވައްޒަފަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ދީގެން ނަހަމަ ގުޅުން ބާއްވާކަމުގެ ތުހުމަތު އޮތް މީހާ 15 ދުވަހަށް ބަންދުކޮށްފި

Whatsapp image 2025 11 20 at 13.44.25

އެންޑީއޭ އިން ފަރުވާ ހޯދާ މީހުންނަށް ޑްރަގު ދޭކަން ފަޅާއަރައި މުވައްޒަފަކު ހައްޔަރުކޮށްފި

66

ބަންޑާރަ ނައިބު އުޝާމް އުއްތަމަ ފަނޑިޔާރާ ބައްދަލުކުރައްވައިފި

TTH_advertisement