ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފަލަސްތީން މިނިވަން ނުވަނީސް ޒިންމާ އަދާކުރެވުނު ކަމަށް ނުބެލެވޭ: ރައީސް

raeees muiz
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ފަލަސްތީން މިނިވަން ނުވަނީސް ޒިންމާ އަދާކުރެވުނު ކަމަށް ނުބެލެވޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ތުރުކީގެ އެނަޑޮލޫ އެޖެންސީއަށް ލިޔުމުން ދެއްވި ބަސްދީގަތުމެއްގައި ރައީސުލްޖުމްހުރިއްޔާ ވަނީ އިސްރާއީލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތައް ކުށްވެރިކުރައްވައި ބައިނަލްއަޤްވާމީ މުޖުތަމަޢުން އެކަމާ ދެކޮޅަށް އިންސާފު ޤާއިމުކުރައްވަން ގޮވާލައްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ އިސްރާއީލް ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކޮށްފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ބަސްދީގަތުމުގައި ވިދާޅުވީ، ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ އުޅަނދުތަކަށް ހަމަލާދިނުމަކީ އިހުތިރާމް ކުޑަ ޢަމަލެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން ހުއްޓުވިކަން ފާހަގަކުރައްވައި، އިސްރާއީލާ ދެކޮޅަށް ބައިނަލްއަގްވާމީ ކޯޓުގައި ކުރިއަށްދިޔަ މައްސަލައިގައި ރާއްޖޭން ބައިވެރިވެފައިވާކަން ފާހަގަކުރައްވާފައެވެ.

ހަމަނުޖެހުމަށް ދެމެހެއްޓެނިވި، ޞުލްޙަވެރި ޙައްލެއް ގެނެވޭނީ 1967 ވަނަ އަހަރުގެ ކުރިން އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، އެއީ މިނިވަން، މުސްތަޤިއްލުދައުލަތެއްގެ ގޮތުގައި ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އ.ދ ގެ ޗާޓަރާއި އެއްގޮތް ވާގޮތުގެ މަތިން ފަލަސްޠީނުގެ ދައުލަތް ޤާއިމުކުރެވުމުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އ.ދ ގައި ފަލަސްތީނުގެ ފުރިހަމަ މެންބަރުކަމަށް ތާއިދުކުރައްވާކަން ހާމަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ބައިނަލްއަގްވާމީ ޕްލެޓްފޯމްތަކުގައި ފަލަސްތީނުގެ ދިފާއުގައި ރާއްޖެ އަބަދުވެސް ދެމިއޮންނާނެ ކަމަށެވެ. އަދި، ޒިންމާ އަދާކުރެވުނު ކަމަށް ބެލެވޭނީ ފަލަސްތީނަށް މިނިވަންކަން ލިބުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖެއަކީ ކިތަންމެ ކުޑަ ގައުމަކަށް ވިޔަސް، ފަލަސްތީނުގެ ޙައްޤުގައި ތިބެ، އިންސާފާއި އިންސާނިއްޔަތުކަން ހިއްސާކުރުން ދުނިޔެއަށް ހަނދާންކޮށްދޭންޖެހޭ ކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ދޮރުން ދޮރަށް ހަރަކާތުގެ ދެވަނަ ބުރުގައި މިއަދު މާފަންނު ހުޅަނގަށް ރައީސް ވަޑައިގެންފި

dhigu rashu

ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާ ފުރިހަމައަށް ތަހުގީގުކުރަން ރައީސް އަންގަވައިފި

ދިގުރަށުގެ އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންގެ އާއިލާތަކަށް ރައީސް ތަޢުޒިޔާ ފޮނުއްވައިފި

ރައީސްގެ ދެކަނބަލުން އީދުސަލާން ކުރެއްވުން މިފަހަރުވެސް މުލިއާގޭގައި އޮންނާނެ