ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފަށާނީ މިރޭ މެންދަމުން ފެށިގެން

ބޮންއަޅައި ޣައްޒާއަށް ހަދާލާފައިވާގޮތް
STO_Ads
TTH_Ads
Advertisement

ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް ހަމާސްއާއި އިސްރާއީލާ ދެމެދު ވެވުނު އެއްބަސްވުމުގެ ފުރަތަމަ ފިޔަވައްސަށް އަމަލުކުރަން ފަށާނީ ފަލަސްތީނު ގަޑިން މިރޭ މެންދަމުން ފެށިގެން ކަމަށް ޚަބަރުތައް ބުނެއެވެ.

ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން ހަމާސްއާއި އިސްރާއީލާ ދެމެދު އެއްބަސްވުމަކަށް މިއައީ، މިސްރުގެ ޝަރްމުއް ޝައިޚްގައި ހަތަރު ދުވަސްމަތިން ބޭއްވުނު ވާހަކަތަކަށް ފަހުގައެވެ.

އެއްބަސްވުމަކަށް އާދެވިއްޖެކަން އިއުލާން ކުރެއްވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ..

HajjCop_ads
Advertisement

މިއާއެކު، ހަމަލާތައް ހުއްޓާލުމުގެ ެއެއްބަސްވުމަށް އަމަލުކުރަން ފެށިއްޖެކަމަށް ރިޕޯޓްތައް ފެތުރިގެން ދިޔައެވެ. އަދި ފަލަސްތީނާއި ޣައްޒާގައި އެކަމުގެ އުފާފާޅުކުރުންތައްވެސް ފެށިގެންދިޔައެވެ.

އެއްބަސްވުމަށް އަމަލުކުރަން ފެށިކަން މިސްރު މީޑިއާއާއި އިސްރާއީލު މީޑިއާއިން ވެސް އިއުލާން ކުރިއެވެ.

އެހެން ނަމަވެސް، އޭގެފަހުން އިސްރާއީލުގެ މުޖުރިމު ބޮޑުވަޒީރު ނަތަންޔާހޫގެ އޮފީހުން ބުނެފައިވަނީ، އެއްބަސްވުމަށް އަމަލުކުރަން ފެށޭނީ އޭގައި ހިމެނޭ ކަންކަން އިސްރާއީލު ކެބިނެޓުން އާނބަސް ބުނުމުން ކަމަށެވެ.

ޚަބަރުތައް ބުނާގޮތުގައި ނަތަންޔާހޫ މިހާރުވަނީ ކެބިނެޓް ބައްދަލުވުމެއް ތާވަލް ކޮށްފައެވެ.

އެކަމަކު، އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ކަންކަމާ ދެކޮޅު ހެދުމުގެ ފުރުސަތު މިހާރު އިސްރާއީލަށް އޮތް ކަމަކަށް ނުބެލެވެއެވެ.

މިސްރުގައި ބޭއްވި ވާހަކަތަކަށްފަހު ހަމާސްއިން ބުނެފައިވަނީ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ހަމާސްއިން އެއްބަސްވެފައިވާ ކަމަށާއި، އޭގައި ހިމެނެނީ، ހަނގުރާމަ ހުއްޓާލައި އިސްތިއުމާރީ ސިފައިން ޣައްޒާއިން ފައިބައި، އިންސާނީ އެހީ އެތެރެކުރަން ފަށައިިި އަދި ގައިދީން ބަދަލުކުރުމުގެެ ކަންކަން ކަމަށެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޣައްޒާގެ ހިސާރު ފޫއަޅުވާލަން 54 ބޯޓު ހިމެނޭ ސުމުދް ފްލޮޓިލާގެ ގާފިލާ ތުރުކީން ފުރައިފި

ހޮރްމޫޒު ހުރަސްކުރުމަށް އެއްވެސް ހުރަހެއް ނެތް، ނުރައްކާއޮތީ އެމެރިކާގެ ފަރާތުން: އީރާނު ޚާރިޖީ ވަޒީރު

ލުބުނާނުގެ އެކި ރަށްތަކަށް ބޮންއަޅައި މިއަދު އެކަނިވެސް ދެ ކުޑަކުދިން ހިމެނޭހެން 9 މީހުން މަރާލައިފި

16 ގަޑިއިރުގެ ދަތުރަކަށްފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާއަށް