ކުއްލި ޚަބަރު

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ބިދޭސީ މީހާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

އެކި ފިހާރަތަކަށް ސައްހަނޫން ސުލިޕް ފޮނުވައިގެން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި

ގެދޮރުވެރިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފަށައިފި

Ii

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 4000 ފްލެޓްތަކުގެ ތެރެއިން ބައެއް ފްލެޓްތަކުގައި މީހުން ދިރިއުޅެން ފަށައިފިއެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނީ މިހާތަނަށް ހަ ފްލެޓެއްގައި މީހުން ދިރިއުޅެން ފަށާފައިވާ ކަމަށެވެ.

ފްލެޓްގެ ތަޅުދަނޑި ހަވާލުކުރަން މިދިޔަ މަހުގެ 28 ވަނަ ދުވަހު އެ ކުންފުނިން ވަނީ ފަށާފައެވެ. އެންމެ ފުރަތަމަ ތަޅުދަނޑި ހަވާލުކުރީ އަމާން އުދަރެސްގެ 14 ވަނަ ޓަވަރުން ފެށިގެން ފްލެޓް ލިބުނު މީހުންނަށެވެ.

މިހާތަނަށް 78 މީހަކަށް ވަނީ ތަޅުދަނޑި ހަވާލުކޮށްފައެވެ.

ތަޅުދަނޑި ހަވާލުކުރާ ދުވަހުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި ކުލި ދައްކަން ނުޖެހުނަސް އެ މުއްދަތުގެ ތެރޭގައި މެއިންޓަނަންސް ފީ ދައްކަންޖެހެއެވެ.

އިންޑިއާގެ އެގްޒިމް ބޭންކްގެ ލޯނު އެހީގެ ދަށޫން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 4،000 ފްލެޓު ހަވާލުކުރަން ފެށުމަށް ސެކިއުރިޓީ ޑިޕޮސިޓް ދައްކަން ހުޅުވާލީ މިދިޔަ މަހުގެ ހަތް ވަނަ ދުވަހެވެ. މިހާތަނަށް 1،200 އަށް ވުރެ ގިނަ މީހުން ވަނީ ސެކިއުރިޓީ ޑިޕޮސިޓް ދައްކައިފައެވެ.

ހައުސިން މިނިސްޓްރީން އިއްޔެ ވަނީ މިހާތަނަށް ގުރުއަތު ނުނަގައި ހުރި ފްލެޓްތަކުގެ ގުރުއަތު ނެގުން ކުރިއަށްގެންގޮސްފައެވެ.

ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެފައި ވަނީ މި އަހަރު ނިނުމުގެ ކުރިން ހުރިހާ ފްލެޓެއް އޭގެ ހައްގުވެރީންނާ ހަވާލުކޮށް ނިންމާލެވޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

FDC

މި މަހުގެ 25 ގެ ކުރިން ހުރިހާ ފްލެޓެއް ހަވާލުކޮށް ނިމޭނެ: ހަމްދާން

Mal

ފްލެޓްތައް ކުއްޔަށް ދޭނަމަ އަތުލާނަން: ހަމްދާން

Mal

ގެދޮރުވެރިޔާ ފްލެޓެއް 25،000 ރުފިޔާއަށް ކުއްޔަށްދޭން އިއުލާންކޮށްފި

Mal

ބާކީ ހުރި ފްލެޓްތަކުގެ ގުރުނެގުން މާދަމާ ފަށަނީ، ޓީވީން ލައިވްކޮށް ދައްކާނެ

TTH_advertisement