ކުއްލި ޚަބަރު

ބޮޑު ދެ އިންތިޚާބު އެކުގައި ބާއްވަން ސަރުކާރުން ތާއީދު ކުރަނީ ރައްޔިތުންނަށް ފައިދާވާނެތީ: ބަންޑާރަނައިބު

އަލިފާނުގެ ހާދިސާގައި ގެއްލުންވި އެޕާޓްމަންޓުތަކުގެ ނަރުދަމާ ހަފްތާއެއް ތެރޭ މަރާމާތުކުރަނީ

ބައިކިލޯއަށްވުރެ ގިނަ ޑްރަގާއެކު މީހަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީ ކައުންސިލާއި ގުޅޭގޮތުން ނަގާ ޢާންމު ވޯޓް މި މަހުގެ 25 ވަނަ ދުވަހު

އައްޑޫ ސިޓީ ފޭދޫ އާއި ހުޅުދޫ އާއި މީދޫ ގައި ނަގާ ރިފަރަންޑަމް ވޯޓް މި މަހުގެ 25 ވަނަ ދުވަހު ނެގުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާގޮތަށް ބަދަލު ގެންނަން ބޭނުންވާ ކަމަށް އައްޑޫ ސިޓީގެ ބައެއް ފަރާތްތަކުން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅިގެން، އައްޑޫ ސިޓީގެ ރައްޔިތުން އެދޭ ގޮތާއި، ރައްޔިތުންގެ ޚިޔާލު ހުރިގޮތް ދެނެގަތުމަށްޓަކައި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ޤާނޫނާއި އެއްގޮތްވާގޮތުގެ މަތިން، އައްޑޫ ސިޓީގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށްޓަކައި އައްޑުއަތޮޅު ހުޅުދޫއާއި އައްޑުއަތޮޅު މީދޫއާއި އައްޑުއަތޮޅު ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުން މި މަހުގެ 25ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

މި ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، އެ ދުވަހުގެ 08:00 އިން 16:00 އަށެވެ. އަދި ރަސްމީ ނަތީޖާ އާދިއްތަ ދުވަހު އިއުލާނު ކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.

މި ވޯޓާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މި ވޯޓްގައި ސަރުކާރުގެ ވަކި ސްޓޭންޑެއް ނެތް ކަމަށެވެ. އަދި ސަރުކާރުން އިޚްތިޔާރު ކުރާ ވަކި ނަތީޖާއެއްނެތް ކަމަށް ވިދާޅުވި އެވެ. އެމަނިކުފާނު ވަނީ ރައްޔިތުންގެ މެޖޯރިޓީ އިން ނިންމަވާ ކޮންމެ ނިންމުމެއް ސަރުކާރުން ތަންފީޒުކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާގޮތަށް ބަދަލު ގެންނަން އެ ސިޓީގެ ބައެއް ރައްޔިތުން ވަކާލާތު ކުރާތާ އަހަރުތަކެއް ވެއްޖެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އަތޮޅުތަކުގައި ޤާއިމުކުރާ ފުރަތަމަ އައިނު ފިހާރަ އައްޑޫ ސިޓީގައި ހުޅުވަން ތައްޔާރުވެއްޖެ

އައްޑޫ ލިންކު ރޯޑު ތަރައްޤީކުރަން ސާވޭ ކުރަނީ، 12.3 ކިލޯމީޓަރުގެ ސަރަހައްދެއް ތަރައްޤީކުރާނެ

Amaan

ކައުންސިލް އިންތިޚާބަށް ކުރިމަތިލެވޭ ވަގުތު އިތުރުކޮށްފި

2

މުއްދަތު ހަމަވިއިރު، ވޯޓާސް ލިސްޓަށް 779 ޝަކުވާ ހުށަހެޅުނު

TTH_advertisement