ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކުނބުރުދޫ ބަނދަރު ތަރައްޤީކުރަން އެމްޓީސީސީއާ ހަވާލުކޮށްފި

އދ. ކުނބުރުދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް މޯލްޑިވްްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކުރައްވައިފިއެވެ.

މިމަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި އިމާރާތް ކުރުމާ ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައުދީއެވެ.

ކުނބުރުދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން 28،470.90 ކޮޑި މީޓަރު ވެލި ނެރުން ކޮނުމާއި 444 މީޓަރުގެ އެއްގަމުތޮށި ޖެހުމަށްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން 16 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި 304 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮށި ޖެހުމަށްވެސް ހަމަޖެހިފައިވެއެވެ. އަދި 5 މީޓަރު ފުޅާމިނުގެ ބަނދަރު ޕޭވްމަންޓް ހެދުމާއި، 23 ބަނދަރު ބައްތި ޖެހުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަށް ދަޢުލަތުގެ ބަޖެޓުން 67.4 މިލިޔަން ރުފިޔާ ޚަރަދުކުރެއެވެ. މިމަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 450 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Q

ދިއްގަރުގައި އަޅަން ނިންމި 75 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް ފަށައިފި

ފުނަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ހަލުއިކަމާއެކު ކުރިއަށް

އިސްދޫ ކަލައިދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި

eid

އީދު ހަވީރު: ތިން ދުވަހަށް އީދު ފާހަގަކުރުމުގެ ހަރަކާތްތައް މާލޭ ސަރަހައްދުގައި ކުރިއަށްދާނެ