ކުއްލި ޚަބަރު

ބޭންކް އޮފް މޯލްޑިވްސްއިން ވިޔަފާރިތަކަށް ބަލްކް ޕޭމަންޓް ޚިދުމަތް މިހާރު ލިބޭނެ

ސްކޭމްގެ މައްސަލައަކާ ގުޅިގެން ބިދޭސީންތަކެއް ހައްޔަރުކޮށްފި

މަސްދަޅު ކޭސް ބެހުން ބާރަށް ކުރިއަށް، 4000އަށްވުރެ ގިނަ ގޭބިސީއަކުން ނަންބަރު ނަގައިފި

ކުނބުރުދޫގައި އަންނަ އަހަރު ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގައިދޭނަން: ރައީސް

Dsc 4208

ކުނބުރުދޫގައި އަންނަ އަހަރު ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގަވައިދެއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކުނބުރުދޫ ރައްޔިތުންނާއެކު ބޭއްވެވި މަޝްވަރާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކުނބުރުދޫއަކީ އެ އަތޮޅުގެ ނިސްބަތުން އެންމެ ބިން ކުޑަ ރަށަށްވުމާއެކު އަލަށް އިތުރުކުރެވޭ ބިމާއި ބަނދަރުގެ މަޝްރޫއާއެކު ބޯހިޔާވަހިކަމާއި އެހެނިހެން ދާއިރާތަކުންވެސް ރަށުގެ ރައްޔިތުންނަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެކަމަށެވެ.

ރައީސް ވިދާޅުވީ ބިން ހިއްކުމުގެ މަޝްރޫއު ނިމެންވާއިރަށްވެސް ރަށުގައި ބިމުގެ ޖާގައޮތް މިންވަރަށް ބެލުމަށްފަހު، އަންނަ އަހަރު ބޯހިޔާވަހިކަމުގެ މަޝްރޫއެއް ކުނބުރުދޫގައިވެސް ހިންގަވައިދެއްވާނެ ކަމަށެވެ.

“ބިން ހިއްކެންވާއިރަށްވެސް ރަށުގައި މިހާރު އޮތް ބިމުން ލޭންޑް ޔޫސް ޕްލޭންގެ ތެރެއިން ޖާގަ އޮތް މިންވަރެއް ބަލައި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން މިރަށުގައިވެސް ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގައިދޭނަން.” ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކުނބުރުދޫ ބިން ހިއްކުމާއި ބަނދަރުގެ އަމަލީ މަސައްކަތް އަންނަ މަހުގެ ތެރޭގައި ފެށޭނެ ކަމަށެވެ. އަދި ގިނަވެގެން އަހަރެއް ނުވަތަ ދޮޅު އަހަރުގެ ތެރޭގައި ބިން ހިއްކުމުގެ މަޝްރޫއު ނިންމާލެވޭނެކަމަށް ރައީސް ވިދާޅުވި އެވެ.

“މިރަށުގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދަން މިޖެހެނީ އެހެން ސަރަހައްދަކުން ވެލި ނަގައިގެން ގެނެސް އަޅާގޮތައް. އެހެންކަމުން އެކަމަށް ހާއްސަ ހޮޕާ ޑްރެޖަރެއް ގެންނަން މި ޖެހެނީ. އަންނަ މަހު ބިން ހިއްކުމާއި ބަނދަރުގެ އިނީޝިއަލް މަސައްކަތްތައް މި ފެށޭ ނޮވެމްބަރުގައި ފެށިގެންދާނެ.” ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިއަދު ކުނބުރުދޫގައި އަލަށް ފެށުނު މަޝްރޫއުތަކާއި ސޮއިކުރެވުނު މަޝްރޫއުތަކަކީ އެރަށުގެ ކުރިއެރުމަށް ވަރަށް މުހިންމު މަޝްރޫއުތަކެއް ކަމަށެވެ. އަދި މިއިން ކޮންމެ މަސައްކަތެއްވެސް ވަރަށް ހާއްސަ ސަމާލުކަމެއް ދެއްވައިގެން ސަރުކާރުން ކުރިއަށްގެންދަވާނެކަމުގެ ޔަގީންކަން ކުނބުރުދޫގެ ރައްޔިތުންނަށް ރައީސް ވަނީ ދެއްވާފަ އެވެ.

“އިރާދަކުރެއްވިއްޔާ މި މަޝްރޫއުތައް މި ހިންގަނީ މިރަށަށް ފުރިހަމަ ކުރިއެރުން ގެނެސްދިނުމަށް. އަޅުގަނޑުމެންގެ ސިޔާސަތަކީ އާބާދީ ކުޑަވިޔަސް ތަފާތުކުރުމެއްނެތި ކަންކަން ކޮށްދިނުން.”

ރައީސް ޑރ. މުއިއްޒު ވިދާޅުވީ ކުނބުރުދޫގައި އަލަށް ހުޅުވުނު ފުޓުބޯޅަ ދަނޑާއި މަލްޓިޕާޕަސް ކޯޓުގެ ސަބަބުންވެސް ކުޅިވަރުގެ ދާއިރާއިން ޒުވާނުންނަށް އިތުރު ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ކުނބުރުދޫ ސްކޫލުގެ މަލްޓިޕާޕަސް ހޯލާއި އާ އިމާރާތުގެ މަސައްކަތާއި ބިން ހިއްކުމާއި ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީ އަށް ހަވާލުކޮށް އެކަމުގެ އެއްބަސްވުންތަކުގައި ސޮއިކުރައްވާފަ އެވެ. އަދި ކުނބުރުދޫގެ ބައެއްގެ ގޮތުގައި “ފޮފަޅަގައު” ފަޅު ރައީސް ހަމަޖައްސަވައިދެއްވާފައިވާތީ އެތަން ކައުންސިލާއި ވަނީ ހަވާލުކޮށްދެއްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ވަތަނީ ހިދުމަތުގެ ދަރިވަރުންނަކީ އުފެއްދުންތެރި އަދި ޒިންމާދާރު ބަޔަކަށް ހެދުމަށް އިސްކަމެއް ދެވޭނެ: ރައީސް

students

ވޭތުވެދިޔަ ދެ އަހަރު ހިލޭ ޑިގްރީ ސްކީމުގެ ދަށުން 6،000 ކުދިން ދަސްވެނިވެއްޖެ: ރައީސް

students

ދެ އަހަރުގެ ތެރޭގައި ދަރިވަރުންގެ ލޯނަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި

100 ރަށެއްގައި ސޯލާ ހައިބްރިޑް ނިޒާމު ގާއިމުކޮށްފި

TTH_advertisement