ކުއްލި ޚަބަރު

ބޭންކް އޮފް މޯލްޑިވްސްއިން ވިޔަފާރިތަކަށް ބަލްކް ޕޭމަންޓް ޚިދުމަތް މިހާރު ލިބޭނެ

ސްކޭމްގެ މައްސަލައަކާ ގުޅިގެން ބިދޭސީންތަކެއް ހައްޔަރުކޮށްފި

މަސްދަޅު ކޭސް ބެހުން ބާރަށް ކުރިއަށް، 4000އަށްވުރެ ގިނަ ގޭބިސީއަކުން ނަންބަރު ނަގައިފި

އައިޑީކާޑާއި ޕާސްޕޯޓުގެ ޚިދުމަތް މުޅި ރާއްޖެއަށް ޤާއިމު ކުރައްވާ ރިޔާސީ ވައުދުފުޅު ފުއްދަވައިފި

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓްގެ ޚިދުމަތް ކޮންމެ އަތޮޅަކުން ލިބޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވައުދުފުޅާއި އެއްގޮތަށް ހުރިހާ އަތޮޅެއްގައި އެ ދެ ޚިދުމަތް ޤާއިމު ކުރައްވާ ރިޔާސީ ވައުދުފުޅު ފުއްދަވައިފި އެވެ.

ހުރިހާ އަތޮޅަކުން އައިޑީކާޑުގެ ޚިދުމަތާއި ޕާސްޕޯޓްގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދުފުޅު ފުއްދެވުމުގެ މަަސައްކަތް ވެރިކަމުގެ ފުރަަތަމަކޮޅު ވަނީ ފައްޓަވާފަ އެވެ.

އަދި އެމަނިކުފާނުގެ ވެރިކަމަށް ދެ އަހަރު ފުރުމުގެ ކުރީން އެ ވައުދުފުޅު ވަނީ ފުރިހަމަަ ކުރައްވާފަ އެވެ. އެ ގޮތުން މިރޭ ވަނީ އދ އަތޮޅުގައި އެ ޚިދުމަތް ޤާއިމު ކުރައްވާފަ އެވެ. އެގޮތުން އދ. މަހިބަދޫގައި މިރޭ ވަނީ އައިޑީކާޑުގެ ޚިދުމަތާއި ޕާސްޕޯޓްގެ ޚިދުމަތް ދޭން ފަށާފަ އެވެ.

އެ ދެ ޚިދުމަތް ފެށުން އޮތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު, އދ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަކަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި މަހިބަދޫއަށް ވަޑައިގެން މިރޭ އެ ރަށުގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގަ އެވެ. އެ ރަށުގައި ޕާސްޕޯޓާއި އައިޑީކާޑުގެ ޚިދުމަތް ފެށުމުން ރާއްޖޭގެ ހުރިހާ އަތޮޅަކުން އައިޑީކާޑާއި ޕާސްޕޯޓްގެ ޚިދުމަތް ދޭް ފެށުނީ އެވެ. އެކަން ފާހަގަކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ވަނީ އެކަމުގެ ހަނދާނީ ފިލައެއް އަރުވާފަ އެވެ.

އެ ފިލާ ހަވާލުކޮށްދެއްވީ ހޯމް ލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

dhivehi passport

ދިވެހި ޕާސްޕޯޓު ދުނިޔޭގެ ރޭންކިންގެ 52 ވަނައިގައި

ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ 7 ތަނެއް ބަލައި ފާސްކޮށް ފިޔަވަޅު އަޅައިފި

ރޭ ހިންގި މާރާމާރީއާ ގުޅިގެން 3 ބިދޭސީން ޑީޕޯޓްކޮށްލަނީ

މާލޭގައި 17 މަސާޖު ޕާލާއެއް ބަލައި ފާސްކޮށްފި

TTH_advertisement