ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބާކީ ހުރި ފްލެޓްތަކުގެ ގުރުނެގުން މާދަމާ ފަށަނީ، ޓީވީން ލައިވްކޮށް ދައްކާނެ

Mal

ގެދޮރިވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބި، ގުރުއަތުނުލާ މީހުންގެ މެދުގައި ގުރުއަތުލުން މާދަމާއިން ފެށިގެން ކުރިއަށްގެންދަން ހައުސިން މިނިސްޓްރީން ނިންމައިފިއެވެ.

އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ މާދަމާ ގުރުއަތުލުން ބާއްވަނީ، 16 ނޮވެމްބަރު 2023ގައި ކުރިއަށް ގެންދިޔަ ގުރުއަތު ނެގުމުގައި ނުހިމެނޭ މީހުންނަށް ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ 73 އިން ފެށިގެން މަތިން މާކްސް ލިބި ދެ ކޮޓަރީގެ ފްލެޓް ލިބުމަށް ކަނޑައެޅުމަށްޓަކައި ގުރުއަތު ނުނަގާ މީހުންނާއި 76 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ، ތިން ކޮޓަރީގެ ފްލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގާފައިނުވާ މީހުންނެވެ.

މީގެއިތުރުން ދެމަފިރިންނަށް ވަކިން ފްލެޓް ލިބޭ ހާލަތުގައި ދެމަފިރިންގެ ތެރެއިން އެކަކު ފްލެޓް ދޫކޮށްލުމަށް ފަހު ފްލެޓް ލިބޭ އަދި ގުރުއަތު ނަގާފައި ނުވާ މީހުންގެ މެދުގައި ވެސް މާދަމާ 15:00 ގައި ގުރުއަތު ނަގަން ފަށާނެއެވެ.

ހައުސިން މިނިސްޓްރީން ބުނީ ގުރުއަތުލުން ކުރިއަށް ގެންދާ މަންޒަރު ދައުލަތުގެ މީޑީއާ، ޕީއެސްއެމް އާއި މިނިސްޓްރީގެ ޝޯޝަލް މީޑީއާ ޕްލެޓްފޯމުތަކުން ލައިވް ކުރާނެ ކަމަށެވެ.

މިހާތަނަށް ގުރުއަތުލައި ނިމިފައިވާ ފްލެޓްތަކުގެ ވެރީންނަށް ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

78

ހުޅުމާލެ ފޭސް ތިނެއްގައި 1000 ފްލެޓް އަޅަން ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލި މުއްދަތު އިތުރުކޮށްފި

43

ނުކުޅެދުންތެރިކަން ހުންނަ މީހުން ފްލެޓަށް ފޯމު ހުށަހަޅަން ވަކި ކެޓަގަރީއެއް ކަނޑައަޅައިފި

FDC

ގެދޮރުވެރިޔާ މަޝްރޫޢުގެ ދަށުން މިހާތަނަށް 3600 ފްލެޓުގެ ތަޅުގަނޑި ހަވާލުކޮށްފި

raees muiz

ގޯއްޗާއި ފުލެޓަށް ކުރިމަތިލާން ހުޅުވައިލައިފި