ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައީސް މަސައްކަތްކުރައްވަމުން ގެންދަވަނީ ހިތްވަރާއި އަޒުމާ އެކީގައި ވަރަށް އިޚުލާސްތެރި މަސައްކަތްތަކެއް: ޤާސިމް

Ads_mulhiraajje

ރައީސް މަސައްކަތްކުރައްވަމުން ގެންދަވަނީ ހިތްވަރާއި އަޒުމާ އެކީގައި ވަރަށް އިޚުލާސްތެރި މަސައްކަތްތަކެއް ކަމަށާއި އައު ގާނޫނުއަސާސީ އެކުލަވާލާ އަމަލުކުރަން ފެށިފަހުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނޫނީ އިޚުލާސްތެރި ނިޔަތެއްގައި މަސައްކަތްކުރެއްވި ވެރިއަކު ދެކެވަޑައިނުގަންނަވާކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. އދ. އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ފައްޓަވާފައިވާ ދަތުރުފުޅުގައި އެ އަތޮޅު ފެންފުށީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ޤާސިމް އިބްރާހިމް ވަނީ ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް ތަޢުރީފްކުރައްވާ ވާހަކަފުޅު ދައްކަަވާފައެވެ.

ޤާސިމް ވިދާޅުވީ 2008 ވަނަ އަހަރު އައު ގާނޫނުއަސާސީ އެކުލަވައިލި ފަހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ނޫނީ އިޚުލާސްތެރި ވެރިއަކު މިހާތަނަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. މިގޮތުން ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެމަނިކުފާނު މަސައްކަތްކުރައްވަމުން ގެންދަވަނީ ހިތްވަރާއި އަޒުމާ އެކީގައި ވަރަށް އިޚުލާސްތެރި މަސައްކަތްތަކެއްކަމަށްވެސް ޤާސިމް ވިދާޅުވިއެވެ. ސަރުކާރުން ރައްޔިތުންގެ ލާބައާއި މަންފާއަށް ގިނަ ކަންތައްތަކެއް ކުރައްވަމުންގެންދަވާކަންވެސް ޤާސިމް އިބްރާހީމްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

“ހުޝާމަތުކުރާށޭ ބައެއް މީހުން ބުނި ކަމުގައި ވީނަމަވެސް އަޅުގަނޑު މި ކުރަނީ ހުޝާމަތެއް ނޫން. އަޅުގަނޑު ހަމަ ހިތުގެ އުމުގުން ގަބޫލުކުރެވިފައިވާ ކަންތައްތަކެއްގެ ވާހަކަ މި ދަންނަވަނީ” މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ވިދާޅުވިއެވެ.

Maldivian_Ads

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަށްރަށައް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކަށް އަލިއަޅުވާލައްވަމުން ޤާސިމް ވިދާޅުވީ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންވެސް ކައުންސިލްތަކާއި އެހެނިހެން އިދާރާތަކުން ފާހަގަކުރާ ކަންކަމަށް ކަމާގުޅުންހުރި ފަރާތްތަކުގެ ބޭފުޅުން މެދުވެރިކޮށް ހައްލުހޯއްދެވުމަށް ރައީސް މަސައްކަތްކުރައްވާކަމަށެވެ. އެއީ ކުރިން ފެނިވަޑައިގަންނަވާ މަންޒަރެއް ނޫންކަމަށް ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ރައީސް ގެ ދެކަނބަލުން، ޢުމްރާގެ އަޅުކަން އަދާކުރެއްވުމަށް ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގެންފި

saudi Arabia muiz

ޢުމްރާގެ އަޅުކަން އަދާކުރެއްވުމަށް ރައީސް ސަޢޫދީޢަރަބިއްޔާއަށް ފުރާވަޑައިގެންފި

ރައީސްގެ ދެކަނބަލުން އުމްެރާއަށް ވަޑައިގަންނަވަނީ

muiz

ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަންތައްތައް ރަނގަޅުކުރާނަން: ރައީސް