ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރާއްޖެއާއި އިންޑިއާ ދެމެދު ދިފާއީ ގުޅުން ވަރުގަދަކުރަން މަޝްވަރާކޮށްފި

ރާއްޖެއާއި އިންޑިއާއާ ދެމެދު އަސްކަރީ ގުޅުން ވަރުގަދަކުރުމާ ބެހޭ ގޮތުން މިއަދު މަޝްވަރާތަކެއް ބާއްވައިފިއެވެ. ދިފާއީ ވަޒީރު ޣައްސާން މައުމޫން އިންޑިއާގެ ޑިފެންސް ސެކްރެޓަރީ ރާޖޭޝް ކުމާރު ސިންހުގެ ވަފްދާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދިފާއީ ދާއިރާގެ އެއްބާރުލުން އިތުރުކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ.

އިންޑިއާގެ ވަފްދުގައި އިސްކޮށް އިންޑިއާގެ ޑިފެންސް ސެކްރެޓަރީ ހުންނެވި އިރު، އެ ގައުމުގެ ހައިކޮމިޝަނަރު ޖީ ބަލަސުބްރަމާނިއަންއާއި އަސްކަރިއްޔާއާއި އެކްސްޓާނަލް އެފެއާސް މިނިސްޓްރީގެ އިސް އޮފިޝަލުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އެ ވަފްދު ރާއްޖެ އައީ އަހަރަކު އެއްފަހަރު ބާއްވާ ޑިފެންސް ކޯޕަރޭޝަން ޑައިލޮގްގެ ހަވަނަ ބައްދަލުވުމަށް ކަމަށް ޑިފެންސް މިނިސްޓްރީން ހާމަކުރިއެވެ.

އަސްކަރީ ދާއިރާއިން ރާއްޖެއަށް އެންމެ ގިނައިން އެހީތެރިވެދޭ ގައުމުތަކުގެ ތެރޭގައި އިންޑިއާ ހިމެނެއެވެ. މި ސަރުކާރު ވެރިކަމަށް ވަޑައިގަތީ އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލައި ބޮޑު ކެމްޕޭނެއް ކުރިއަށް ގެންދެވި ނަމަވެސް، މިހާރު ދެ ގައުމުގެ ގުޅުން ރަނގަޅުކުރުމުގެ މަސައްކަތް ކުރެވެމުންދެއެވެ. އިންޑިއާ އައުޓް ކެމްޕޭނާއި ކުރީގެ ނައިބު ވަޒީރުން އިންޑިއާއާ ދެކޮޅަށް ދެއްކި ވާހަކަތަކުން ގުޅުން ގޯސްވި ނަމަވެސް، ފަހުން ރައީސް ޑރ. މުއިއްޒު ދެ ފަހަރަށް އިންޑިއާއަށް ވަޑައިގެންނެވި އިރު، އިންޑިއާގެ ބޮޑުވަޒީރު މޯދީ މި އަހަރުގެ މިނިވަން ދުވަހު ރާއްޖެއަށް ވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mussss

އިންޑިއާ އާއި ރާއްޖެއާ ދެމެދު ހަދާ އެފްޓީއޭއާ ގުޅޭ މަޝްވަރާތައް ކުރިއަށްގެންދާނެ ގޮތުގެ ފްރޭމްވޯކެއް ކަނޑައަޅައިފި

Mussss

އިންޑިއާއިން ދޭ 20 ސްކޮލާޝޮޕަށް ކުރިމަތިލާން ހުޅުވާލައިފި

އިންޑިއާ އިން އެހީގެ ގޮތުގައި މިއަހަރު ރާއްޖެއަށް ކަނޑައެޅީ 59 މިލިއަން ޑޮލަރު

ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމަށް ކުރާ މަސައްކަތުގައި އަބަދުވެސް އެހީތެރިވާނަން: އިންޑިއާ