ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދިގުރަށު ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ހުޅުވައިފި

އދ. ދިގުރަށު ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ހުޅުވައިދެއްވައިފިއެވެ.

ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިގުރަށަށް ކުރެއްވި ދަތުރުފުޅުގައި ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ހުޅުއްވައިދެއްވީ މާލީ ކަންކަމާ ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރުއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އެކްސްޓެންޝަން އިމާރާތުގައި ޤާއިމުކޮށްފަވާ ޚިދުމަތްތައް ބައްލަވާލައްވާފައެވެ.

މި އިމާރާތުގައި މުހިންމު ގިނަ ޚިދުމަތްތަކެއް ވަނީ ޤާއިމުކޮށްފައެވެ. އެގޮތުން އާއްމު ސިއްޙަތާ ގުޅޭ ޚިދުމަތްތައް ދޭ ޔުނިޓާއި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް އެހީތެރިވެދޭ ކްލިނިކް އަދި ގައިންގަޔަށް ނާރާ ބަލިތަކުގެ ކްލިނިކް ހިމެނެއެވެ. މީގެއިތުރުން މާބަނޑު މީހުންނަށް ބޭނުންވާ ސިއްޙީ ފަރުވާދޭ ކްލިނިކާއި ކުޑަކުދިންގެ ސިއްޙަތުގެ ކްލިނިކް ވަނީ ޤާއިމުކޮށްފައެވެ.

ސިއްޙީ މަރުކަޒުގެ އިދާރީ މުހިންމު ޚިދުމަތްތައްވެސް އައު އިމާރާތަށް ވަނީ ބަދަލުކޮށްފައެވެ.

މި އިމާރާތާއެކު ދިގުރަށުގައި ސިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ބޭނުންވާ ޖާގައިގެ މައްސަލަ ޙައްލުވެ، ޚިދުމަތްތައް ދިނުމަށް ބޮޑު ލުޔެއް ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

78

ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި ދެ މީހެއްގެ ހަށިގަނޑު ބަންގްލަދޭޝަށް ފޮނުވާލަނީ

kulli khabaru

ދިގުރަށުގައި އެކޮމަޑޭޝަން ބްލޮކެއްގައި ރޯވެ ފަސް މީހުން މަރުުވެއްޖެ

112

ދިގުރަށު ސްކޫލްގެ އާ އިމާރާތުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފި

ދިގުރަށު މަގުތައް ހެދުމާއި ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފި