ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މީގެ ކުރިންވެސް ފުލުހުން އެލްއާރްއޭޑީ ބޭނުންކޮށްފައިވޭ: އިހުސާން

ihusan

ދުރު ރާސްތާއަށް އަޑު ފޮނުވުމަށް ބޭނުންކުރާ “ލޯންގް ރޭންޖް އެކޫސްޓިކް ޑިވައިސްތައް” މީގެ ކުރިންވެސް ފުލުހުންގެ ހިދުމަތުން ބޭނުންކުރައްވާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އިހުސާން މިފަދަައިން ވިދާޅުވެފައިވަނީ މި މަހުގެ ތިންވަނަ ދުވަހު އެމްޑީޕީން މާލޭގައި ބޭއްވި މުޒާހަރާގައި ފުލުހުންނާ ކުރިމަތިލައި ހަމަނުޖެހުން ހިންގަން ފެށުމުން އެ ހަރަކާތް ހަންމަތަކުރުމަށް ފުލުހުން އެލްއާރްއޭޑީ ބޭނުންކުރުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުގެ ބޮޑެތި ތުހުމަތުތަކެއް ފުލުހުންގެ ހިދުމަތަށް އަމާޒުވެފައިވަނިކޮށް ކަން އޮތް ގޮތް ބަޔާންކޮށްދެއްވުމަށް އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައެވެ.

އިހުސާން ވިދާޅުވި ގޮތުގައި ރާއްޖޭގައި އެންމެ ފުރަތަމަ އެލްއާރްއޭޑީއެއް ފުލުހުން ބޭނުންކުރީ 2013 ވަނަ އަހަރުއެވެ. އެއީ އެލްއާރްއޭޑީ 300 އެކްސް މޮޑެލްގެ ޑިވައިސެކެވެ. އެ ޑިވައިސް ބޭނުންކުރީ ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަންސް ވެހިކަލެއްގައި އެ ޑިވައިސް ހަރުކޮށްގެންކަަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އަދި ތިންވަނަ ދުވަހުގެ މުޒާހަރާގައި ފުލުހުން ބޭނުންކުރި އެލްއާރްއޭޑީ 100 އެކްސް މޮޑެލްގެ އެލްއާރްއޭޑީއެއް އެންމެ ފުރަތަމަ ފުލުހުން ބޭނުންކުރީ ނިމުނު ސަރުކާރުގައިކަން އިހުސާން ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވި ގޮތުގައި އެ މޮޑެލް ފުރަތަމަ ފަހަރަށް ފުލުހުން ބޭނުންކުރީ 2023 ވަނަ އަހަރުގެ މޭ މަހުގައި ފުލުހުން ހިންގި އާއްމު ނިޒާމު ނެގެހެއްޓުމުގެ އޮޕަރޭޝަނެއްގަައެވެ.

އިތުރަށް މިނިސްޓަރު ފާހަގަކުރެއްވީ އެލްއާރްއޭޑީ ޑިވައިސްތަކަކީ ދުރު ރާސްތާގެ މުވާސަލާތުތައް ކުރުމަށާއި، އެއްވުންތައް ކޮންޓްރޯލުކުރުމަށާއި، ބޯޑަރުގެ ރައްކާތެރިކަން ނެގެހެއްޓުމަށާއި، ކަނޑުގެ ސަލާމަތީ އޮޕަރޭޝަންތަކުގައާއި ކުއްލި ނޯޓިފިކޭޝަން ދިނުމަށް ދުނިޔޭގެ 100 އަށްވުރެ ގިނަ ގައުމުގެ ގާނޫނު ތަންފީޒު ކުރާ އިދާރާތަކުން ބޭނުންކުރަމުންދާ ޑިވައިސްތަކެއް ކަމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ui

ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހއ. ދިއްދޫއިން ތިންމީހުން ހައްޔަރުކޮށްފި

Police vcle

މީހެއްގެ ކަރުގައި އޮތް ފަށެއް ފޭރިގަތް މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

78

މަކަރާއި ހީލަތުން ފައިސާ ހޯދި ކަމުގެ ތުހުމަތުގައި މީހަކު ހޯދަނީ

78

ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި ދެ މީހެއްގެ ހަށިގަނޑު ބަންގްލަދޭޝަށް ފޮނުވާލަނީ