ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްއެމްއޭގެ މަޖައްލާއަށް ލިއުމެއް ހުށަހަޅައިފިންތަ؟

Salaah
STO_Ads
TTH_Ads
Advertisement

ދިވެހިރާއްޖޭގެ އިގްތިސާދާއި މާލީ ދާއިރާއަށް ޚާއްސަކޮށްގެން އެމްއެމްއޭ އިން ނެރުމަށް ތައްޔާރުވަމުންދާ “އެމްއެމްއޭ އިކޮނޮމިކް އެންޑް ފައިނޭންސް މެގަޒިން” އާޓިކަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އާޓިކަލް ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ ނުވަ ވަނަ ދުވަހެވެ.

އެމްއެމްއޭގެ މަޖައްލާއަކީ ސިޔާސަތު އެކުލަވާލާ ފަރާތްތަކާއި، އެކަޑެމިކުންނާއި، އިގްތިސާދީ އަދި މާލީ މާހިރުންނަށް އެމީހުންގެ ޚިޔާލުތަކާއި އައު ވިސްނުންތައް ހިއްސާކޮށް، އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް މަޝްވަރާކުރުމުގެ ވަސީލަތެއް ފޯރުކޮށްދޭނެ މަންސައެކެވެ.

HajjCop_ads
Advertisement

މަޖައްލާގެ ފުރަތަމަ އަދަދުގެ ތީމްއަކީ “ޑިޖިޓަލް ލައިފްލައިންސް: ފިންޓެކް ފޮރ އައިލެންޑް އިކޮނޮމީސް” އެވެ. މި ތީމްގެ ދަށުން މަޖައްލާގައި ހިމެނުމަށް ހަމަޖެހިފައި ވަނީ ދިވެހިރާއްޖެ އާއި ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ އިޤްތިޞާދު ވަރުގަދަކުރުމަށް ފައިނޭންޝަލް ޓެކްނޮލޮޖީ އަދި އިނޮވޭޝަންތަކުގެ އެހީގައި ލިބިފައިވާ އަދި ލިބޭނެކަމަށް ބެލެވޭ ކުރިއެރުންތަކާއި ގުޅޭ އާޓިކަލްތަކެވެ. އެމްއެމްއޭގެ މަޖައްލާއަށް އާޓިކަލް ހުށަހެޅުމަށް ދިރާސާކުރާ ފަރާތްތަކާއި އިޤްތިޞާދީ މާހިރުން އަދި އިޤްތިޞާދީ ލިޔުންތައް އުފެއްދުމަށް ޝައުޤުވެރިކަން ހުންނަ ހުރިހާ ފަރާތްތަކަށް ވަނީ ހުޅުވާލާފަ އެވެ.

ހުށަހަޅާ ލިޔުންތަކުގައި ޑިޖިޓަލް ޕޭމަންޓްތަކުގެ ކުރިއެރުން، މާލީ ޚިދުމަތްތަކުގައި އާޓިފިޝަލް އިންޓެލިޖެންސްގެ ދައުރު، މާލީ ދާއިރާ ހަރުދަނާކުރުމަށް ޑިޖިޓަލް ޙައްލުތައް، މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމަށާއި ނޫ އިގްތިސާދަށް ފިންޓެކްގެ ބޭނުންހިފުން، އަދި ސްމާޓް އައިލެންޑް އިކޯސިސްޓަމްތައް ބިނާކުރުން ފަދަ ތަފާތު ގިނަ މައުޟޫތަކެއް ހިމެނިދާނެއެވެ.

މި މަޖައްލާގައި އޮޕީނިއަން އާޓިކަލް، ދިރާސާ ހޯދުންތައް، ކޭސް ސްޓަޑީތައް، އިންޓަވިއުތައް އަދި ފޮތް ރިވިއުތައް ފަދަ އެކި ބާވަތުގެ ލިޔުންތައް ޝާއިޢުކުރެވޭނެއެވެ. މަޖައްލާއަށް ހުށަހަޅާ އާރޓިކަލްތައް ހުންނަންވާނީ އިނގިރޭސި ބަހުންނެވެ. އަދި އާޓިކަލްތައް ހުށަހަޅަންވާނީ 500 އާއި 2,000 ބަހުގެ ދެމެދުގެ ދިގުމިނުގައި މައިކްރޯސޮފްޓް ވާޑް ފޯމެޓުގައެވެ.

ހޮވޭ މަޒުމޫނުތައް ޝާއިޢުކުރުމުގެ އިތުރުން އެ މަޒުމޫނުތައް ލިޔުނު ފަރާތްކަށް ފައިސާގެ އަދަދެއްވެސް ލިބޭނެއެވެ. ހޮވޭ މަޒުމޫނުތަކުގެ ލިޔުންތެރިންނަށް 26 އޮކްޓޯބަރު 2025 ގެ ކުރިން އެކަން އަންގާނެއެވެ.

އެމްއެމްއޭ އިކޮނޮމިކް އެންޑް ފައިނޭންސް މެގަޒިން އަށް އާރޓިކަލް ފޮނުވާނީ [email protected] އަށެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

mma

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުން ލިބުނު އާމްދަނީގެ ތެރެއިން 2 ބިލިއަނެއްހާ ޑޮލަރު ރާއްޖޭގެ ބޭންކުތަކަށް ނުވަދޭ

MMA

ޑޮލަރުން ލިބޭ އާމްދަނީގެ 20 ޕަސެންޓް މާރުކުރަން ޖެހޭ ގޮތަށް އިސްލާހެއް

MMA

ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އެމްއެމްއޭ އިން 51 ޕަސަންޓު އިތުރުކޮށްފި

zakaathu house

އަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެގޮތުގައި 97 މިލިޔަން ރުފިޔާ ލިބިފައިވޭ