ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އިންތިޚާބަށް ކުރިމަަތިލީ ހަ މީހަކު

Ec election commission

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދުގެ ހަމަވިއިރު، މި އިންތިޚާބުގެ ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމަށް ފޯމު ހުށަހަޅާފައިވަނީ ހަ ފަރާތަކުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިންތިޚާބުގައި ބްރޯޑްކާސްޓަރުން ތަމްސީލުކުރާ ދެ މެންބަރަކާއި މީޑިއާތައް ތަމްސީލުކުރާ ދެ މެންބަރަކު އިންތިޚާބު ކުރާނެ އެވެ.

އެ ކޮމިޝަނުން ބުނީ ބްރޯޑްކާސްޓަރުން ތަމްސީލް ކުރާ މެންބަރުންގެ މަޤާމަށް ހަތަރު ބޭފުޅުން ފޯމު ހުށަހަޅާފައިވާ ކަމަށެވެ. މީގެ ތެރެއިން ތިން ބޭފުޅުންގެ ކެންޑިޑަސީ ވަނީ ޤަބޫލުކޮށްފައި ކަމަށާ އަދި އެއް ބޭފުޅެއްގެ ކެންޑިޑެސީ ގަބޫލުކޮށްފައިނުވާ ކަމަށެވެ. އަދި ކެންޑިޑެސީ ގަބޫލުކޮށްފައި ތިން ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކުވަނީ ނަން އަނބުރާ ގެންދިއުމަށް އެދި ހުށަހަޅާފައި ކަމަށް އީސީން ބުނެފައިވެ އެވެ.

އެހެނިހެން މީޑިއާތައް ތަމްސީލް ކުރާ މެންބަރުންގެ މަޤާމަށް ދެ ބޭފުޅުން ފޯމު ހުށަހަޅާފައިވާ ކަމަށާ މީގެ ތެރެއިން އެއް ބޭފުޅެއްގެ ކެންޑިޑަސީ ވަނީ ޤަބޫލުކޮށްފައި ކަމަށް ވަނީ ބުނެފަ އެވެ. އަދި އެއް ބޭފުޅެއްގެ ކެންޑިޑަސީ ޤަބޫލުކޮށްފައިނުވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން، ބާއްވަންޖެހޭ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އިންތިޚާބު، އޮކްޓޫބަރު 11 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އައު މީޑިއާ ކޮމިޝަނަށް ވަގުތީ މެންބަރުން އައްޔަނުކޮށްފި