ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރަސްލާނަށް ހާޓް އެޓޭކް ޖެހުނީ ޕެޕާ ސްޕްރޭ ޖެހުމުގެ ސަބަބުން ނޫން: އައިޖީއެމްއެޗް

Mal

އިދިކޮޅު އެމްޑީޕީން މާލޭގައި ރޭ ބޭއްވި މުޒާހަރާގައި ހުއްޓާ މީހަކަށް ޖެހުނު ހާޓް އެޓޭކަކީ ޕެޕާ ސްޕްރޭގެ ސަބަބުން ޖެހުނު ހާޓް އެެޓޭކެއް ނޫން ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

މިކަމާ ގުޅިގެން އައިޖީއެމްއެޗުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ހާޓް އެޓޭކެއް އާންމު ގޮތެއްގައި ޖެހެނީ ސިއްހީ ކޮންމެވެސް ސަބަބަކާ ހެދި ހިތުގެ ލޭ ހޮޅިތައް ނުވަތަ ލޭހޮޅިއެއް ބެދި، ހިތުން ބަޔަކަށް ލޭ ފޮނުވުމަށް އަންނަ ހުއްޓުމުން ކަމަށެވެ.

“ޕެޕާސްޕްރޭ ޖެހުމުން ވަގުތީ ގޮތުން ނޭވާލަން އުނދަގޫވެ، ކެއްސުން ފަދަ ސްޓްރެސް ރެސްޕޮންސްތައް އާދެވިދާނެ ނަމަވެސް، ޕެޕާ ސްޕްރޭއަކީ ސީދާ އޭގެ ޒާތުން ހާޓްއެޓޭކެއް ޖެހޭ ފަދަ އެއްޗެއް ނޫން،” އައިޖީއެމްއެޗްގެ ބަޔާނުގައިވެ އެވެ.

އައިޖީއެމްއެޗުން ބުނީ މިފަދަ ހާލަތްތައް އާންމުކޮށް ދިމާވަނީ ބަލިމީހާގެ ހުންނަ ސިއްހީ އެހެން މައްސަލަތަކެއްގެ ސަބަބުން ކަމަށެވެ.

ހާޓްއެޓޭކެއް ޖެހިގެން ފަރުވާދެނީ އެމްޑީޕީގެ ހުޅުމާލެ މެދު ދާއިރާގެ ނައިބު ރައީސް މުހައްމަދު ރަސްލާނަށެވެ. އޭނާގެ ހާލު ރަނގަޅުވެ، ސީސީޔޫއަށް ބަދަލުކޮށްފައިވާ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

އައިޖީއެމްއެޗަށް “އިންޓްރާ އޮޕަރޭޓިވް ނިއުރޯމޮނިޓަރިން” ތަޢާރަފުކޮށްފި

778

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

Mm

ދީނީ އިލްމުވެރިޔާ އަޒީބެ އަށް ސްޓްރޯކެއް ޖެހިގެން ފަރުވާދެނީ

Adheel

ޑެންގީ ހުން އިތުރުވާތީ ސަމާލުވާން އައިޖީއެމްއެޗުން އިލްތިމާސްކޮށްފި