އިދިކޮޅު އެމްޑީޕީން ރޭ ކުރިއަށްގެންދިޔަ މުޒާހަރާ ކޮންޓްރޯލް ކުރުމުގައި ހަރަކާތްތެރިވި ތިން ފުލުހަކަށް އަނިޔާ ލިބުނު ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުން ބުނީ ރޭ އެމްޑީޕީން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ އެއްވުން ކޮންޓްރޯލް ކުރުމުގައި ހަރަކާތްތެރިވި ތިން ފުލުހަކަށް އަނިޔާވެފައިވާ ކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ އަންހެން ފުލުހަކާއި ފިރިހެން ދެ ފުލުހުން ކަމަށެވެ.
އަންހެން ފުލުހަށް އަނިޔާވެފައިވަނީ ޝީލްޑާއެކު ވެއްޓި ފުލުސް މީހާގެ ގައި މަތިން އެއްވުމުގެ ބައެއް ބައިވެރިން ހިނގުމުގެ ސަބަބުން ކަމަށް ފުލުހުން ބުންޏެވެ.
ދެ ފިރިހެން ފުލުހުންގެ ތެރެއިން އެކަކަށް އަނިޔާވެފައިވަނީ ބެރިކޭޑުން ޖެހުމުގެ ސަބަބުން އަދި އަނެއް ފިރިހެން ފުލުހަށް އަނިޔާވެފައިވަނީ ޝިލްޑްތަކުގައި އެއްވުމުގެ ބައިވެރިން ޖެހުމުގެ ސަބަބުން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އަނިޔާވި ދެ ފުލުހަކަށް ސެނަހިޔާ ހޮސްޕިޓަލުގައި ފަރުވާދީފައިވާ ކަމަށެވެ. އަދި ދެން އަނިޔާވި ފުލުސް މީހާއަށް ފަރުވާ ދީފައިވަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ.
ކިޔުންތެރިންގެ ހިޔާލު