ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތަންފީޒީ ދާއިރާތަކުގެ ކަބަލުންގެ ޚިދުމަތްތަކަކީ އެންމެން ބަލައިގަންނަ އާންމުކަމަކަށް ހަދަން ޖެހޭ: މެޑަމް ސާޖިދާ

TTH_Ads
Maldivian_Ads
STO_Ads
Advertisement

ތަންފީޒީ ދާއިރާތަކުގެ ކަބަލުންގެ ޚިދުމަތްތަކަކީ އެންމެން ބަލައިގަންނަ އާންމުކަމަކަށް ހަދަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ސަމިޓު ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާޙަކަފުޅުގައެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ ތަންފީޒީ ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ ކަނބަލުންނަށް ހާއްސަކޮށް މިފަދަ ސަމިޓެއް އިންތިޒާމުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާ ދާޚިލީ ވުޒާރާއަށާއި ދިވެހިންގެ ފުލުހުންގެ ޚިދުމަތަށް ޝުކުރު އަދާކުރައްވާފައެވެ. އެކަމަނާ ވިދާޅުވީ މިފަދަ ހަރަކާތްތަކަކީ ފުޅާ ވިސްނުމެއްގައި ކަނބަލުންނަށް ފުރުސަތު ހޯދުމަށް ތަނަވަސްކޮށްދެވޭ ޖާގައެއް ކަމަށެވެ. އަދި މިދާއިރާގައި ކަނބަލުން ހަރަކާތެރިވުމަކީ ހާއްސަކަމަކަށްވުރެ ބޮޑަށް އެންމެން ބަލައިގަންނަ އާންމުކަމަކަށް ހަދަން ޖެހޭކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ.

އެކަމަނާ ވަނީ މިދާއިރާގައި އެންމެ ބޮޑަށް އަޑު އިވޭ އެއް ވާހަކައަކީ އަދާކުރަން ޖެހޭ ވާޖިބުގެ ވާހަކަ ކަމަށްވާއިރު، އެ ވާޖިބު އަދާކުރުމުގައި ތިބީ ހަމައެކަނި ޔުނިފޯމް އެޅި ބައެއް ކަމުގައި ދެކިގެން ނުވާނެ ކަމަށެވެ. އޭގެ ބަދަލުގައި އިންސާފާއި ހިތްވަރު ހުރެގެން މަސައްކަތްކުރާ ފަރާތްތައް ތިބިއިރު، ބަދަލަކަށް އެދި ޚިދުމަތް ދޭ ފަރާތްތައް ތިބިކަމަށްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި މިފަދަ ފަރާތްތަކުގެ ތެރޭގައިވެސް ކަނބަލުން ހިމެނޭއިރު، މުޖްތަމަޢުގެ އިތުބާރު ހޯދުމަށް ކަނބަލުންގެ ޝާމިލްވުން ތަންފީޒީ އިދާރާތަކުގައި އިތުރުކުރަން ޖެހޭކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

HajjCop_ads
Advertisement

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ތަންފީޒީ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންނަކީ، ދެކޮޅުވެރިކަމާއި ކުރިމަތިލުމުގެ ހިތްވަރު ހުންނަޖެހޭ ބަޔަކަށް ވާންޖެހޭކަމަށްވެސް ވިދާޅުވެފައެވެ.

“ހަޤީޤަތުގައި ސަލަމާތްތެރިކަމުގެ ދާއިރާގައި ކަނބަލުން ހަރަކާތްތެރިވުމަކީ ކޮންމެ ރައްޔިތަކަށްވެސް ރައްކާތެރިކަން އިހުސާސް ކުރެވޭނެ ކަމެއް. އަންހެނުން ބާރުވެރިކުރުވުމުން މުޖްތަމަޢުއަށް ކުރިއެރުން ލިބޭ. ” ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވިއެވެ.

އެކަމަނާގެ ވާހަކަފުޅުގައި މިދާއިރާގައި އަންހެނުން އިތުރުވުމަކީ އެއިދާރާއަކަށް ރައްޔިތުން ކުރާ އިތުބާރު އިތުރުވާކަމެއްކަން ފާހަގަކުރެއްވިއެވެ. އަދުގެ ދުނިޔޭގައި ސައިބަރ ކްރައިމް، އިންސާނީ ވަގުފާރި އަދި ހަރުކަށި ފިކުރުތަކުގެ މައްސަލަތައް އިތުރުވެފައިވާއިރު މިއީ ހަމައެކަނި އެއް މިންތިއަކަށް ހައްލުކުރެވޭނެ މައްސަލަތަކެއް ނޫންކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ. އޭގެ ބަދަލުގައި މިފަދަ މައްސަލަތަކަށް އިޖާބަ ދިނުމުގައި އެކި ނަޒަރިއްޔަތުވެސް މުހިންމުކަމަށް ވިދާޅުވިއެވެ.

މެޑަމް ސާޖިދާގެ ވާހަކަފުޅުގައި ތަންފީޒީ އިދާރާތަކުގައި ކަނބަލުން އިތުރުވުމުން، މައްސަލަތައް ހުށަހެޅޭ މިންވަރުވެސް އިތުރުވާ ކަމަށް ވިދާޅުވިއެވެ. ހާއްސަކޮށް އަންހެންނާއި ކުޑަކުދިންގެ އިތުބާރު، އިދާރާތަކަށް ލިބިގެންދާނެކަމަށް އެކަމަނާ ވިދާޅުވިއެވެ. އެހެންކަމުން ޝާމިލް އިދާރާތަކަކީ މުސްތަޤުބަލަށް މުހިންމު އިދާރާތަކެއްވެސް އެކަމަނާ ވިދާޅުވިއެވެ.

އެކަމަނާ ވަނީ ފުލުހުން އިންތިޒާމުކޮށްގެން ބާއްވާ ސަމިޓުގައި ބައިވެރިވާ ފަރާތްތަކުންވެސް މި ސަމިޓުގެ ބޭނުން އެންމެ ރަނގަޅަށް ހިފުމަށް ގޮވާލައްވާފައެވެ. އަދި ތަންފީޒީ އިދާރާތައް ގުޅިގެން އަންހެނުން ބިނާކުރުމަށް ވެވުނު އެއްބަސްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މަރުހަބާ ދެންނެވިއެއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ނެޓްވޯކެއް، 3.8 މިލިއަން ރުފިޔާގެ ބޭރު ފައިސާ އަތުލައިގެންފި

Hiyaa

ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ހައްޔަރުކޮށްފި

ފުލުހުންގެ ހިދުމަތުގައި އަންހެނުންގެ ބައިވެރިވުން

ފ. އަތޮޅުގައި ފަސްޓް އެއިޑް ޓްރެއިނިންގ ކޯހެއް ކުރިއަށް ގެންގޮސްފި