ކުއްލި ޚަބަރު

މާލެއާއި ވިލިމާލޭގެ މަގުތަކުގެ ޑިޒައިން މަރުހަލާ ފެށުމަށް ޗައިނާއާއެކު އެލްއޯއީގައި ސޮއިކޮށްފި

މީޑިއާ ކޮމިޝަނުގެ ރައީސް ކަމަށް ފަރުޝަތު އައްޔަންކުރަނީ

ސައިކަލެއް ކޮންޓްރޯލު ނުވެ ގޮސް ކްލިނިކެއްގެ ފާމަސީ ތެރެއަށް ވަދެއްޖެ

ވާޖިބަށް ހުރަސްއެޅުމުންވެސް ފުލުހުން އަމަލުކުރީ ގާނޫނީ އިމުގެ ތެރެއިން: ޑރ.ހަލީލު

dr abdulla khaleel

ރޭ އިދިކޮޅު އެމްޑީޕީން މާލޭގައި ކުރިއަށްގެންދިޔަ އެއްވުމުގައި ތަކުރާރުކޮށް އެތައް ފަހަރެއްގެ މަތިން ފުލުހުންނާ ކުރިމަތިލައި، އަނިޔާވެރި އަމަލުތައް ހިންގި ނަމަވެސް، ފުލުހުން ރޭ މަސައްކަތްކުރީ ގާނޫނީ އިމުގެ ތެރެއިން ވަރަަށް ބޮޑަށް އުސޫލުތަކުގައި ހިފަހައްޓައިގެންކަމަށް ފޮރިން މިނިސްޓަރ ޑރ.އަބްދުﷲ ހަލީލު ވިދާޅުވެއްޖެއެވެ.

ހަލީލު މިފަދައިން ވިދާޅުވީ ރޭ ފުލުހުން އެއްވުން ރޫޅައިލުމުގައި މުނާސަބު މިންވަރަށްވުރެ އިތުރަށް ބާރުގެ ބޭނުންކުރިކަމަށް ދޭހަވާ ގޮތަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވަމުންނެވެ.

ހަލީލު އެކްސްގައި ކުރެއްވި ޕޯޓުގައި ވިދާޅުވީ ރާއްޖޭގައި އަމަލުކުރަމުންދާ އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ފުލުހުން ރޭގެ މުޒަހަރާ ކުރިއަށްގެންދާނެ މަގެއްގެ ގޮތުގައި ބޮޑުތަކުރުފާނު މަގު ކަނޑައަޅައި އެގޮތަށް އަމަލުކުރަން މުޒާހަރާ އިންތިޒާމުކުރި ފަރާތުގެ ކިބައިން އެދިފައިވާ ކަމަށެވެ. އަދި އެގޮތަށް ނިންމީ އެމްޑީޕީއާއެކު މަޝްވަރާކުރުމަށްފަހުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް އެމްޑީޕީގެ އިސްވެރިންގެ އިރުޝާދާ އެއްގޮތަށް މުޒާހަރާގެ ބައިވެރިން ކުރިން ފުލުހުންނާއި އެމްޑީޕީގެ މެދުގައި އެއްބަސްވެވިފައި އޮތް މަގުން އެއްފަރާތްވެ، މަޖީދީ މަގަށް ގަދަބާރުން ވަދެގަތުމަށް މަސައްކަތްކުރިކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެކަން ކުރުމަށް ފުލުހުންގެ ބެރިކޭޑުތައް ފަޅައިލާ، ފުލުހުންގެ ޝީލްޑުތައް ޖަހައިގަނެ ގާނޫނާ ހިލާފު އެތައް އަމަލެއް ހިންގި ކަމަށެވެ.

އަދި އެމްޑީޕީން ރޭ ހިންގި ކަންކަމަކީ ފުލުހުންގެ އޮފިސަރުންގެ ގާނޫނީ ޒިންމާ އަދާކުރުމަށް ހުރަސްއެޅުމަށް ހިންގި އަމަލުތަކެއްގެ ގޮތުގައި ސިފަކުރެއްވުމާއެކު، ޑރ.ހަލީލު ވިދާޅުވީ ތަކުރާރުކޮށް ފުލުހުންނާ ދިމާކޮށް ރުޅިއަރުވަން މުޒާހަރާވެރިން މަސައްކަތްކުރި ނަމަވެސް ފުލުހުން މަސައްކަަތްކުރީ ގާނޫނީ އިމުގެ ތެރެއިން ހިފަހެއްޓުންތެރިކަމާއެކު، ނިޒާމު ނެގެހެއްޓުމަށް ކަމަށެވެ.

މިނިސްޓަރުވަނީ ޝާހިދާއި އެމްޑީޕީގެ އިސްވެރިން ދޮގު މައުލޫމާތު ފެތުރުއްވުން ހުއްޓަވައިލެއްވުމަށް އިލްތިމާސްކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސިޔާސީ ދާއިރާއިން އެއްބާރުލުން ދިނުމަށް ރާއްޖެއާއި މިޞްރާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

121

ފޯޅައްވައްސަކީ ރާއްޖޭގެ ތަނެއް ނޫން ކަމަށް ސަފީރު ވިދާޅެއް ނުވޭ: ޚާރިޖީ ވަޒީރު

dr khaleel

މެދުއިރުމަތީގައި ދިރިއުޅޭ ދިވެހީންގެ ހާލަތު ސަރުކާރުން އަންނަނީ ގާތުން ބަލަމުން: ޑރ. ޚަލީލް

Gt9ohh0xmaa52k5

އޯއައިސީގެ ފޮރިން މިނިސްޓަރުންގެ ކައުންސިލުގައި ބައިވެރިވުމަށް ހަލީލު ތުރުކީއަށް ވަޑައިގެންފި

TTH_advertisement