ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އުރީދޫ ފަން ރަން ޑިސެމްބަރު 19ގައި

އުރީދޫ މޯލްޑިވްސްއިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ އުރީދޫ ފަން ރަން މިއަހަރުގެ ޑިސެމްބަރު 20 ގައި ބޭއްވުމަށް ނިންމައި އެކަން އިއުލާނުކޮށްފިއެވެ.

އުރީދޫން ބުނިގޮތުގައި މި މަހު 19ގައި އޭގައި ބައިވެރިވުމަށް ރަޖިސްޓްރޭޝަނަށް ހުޅުވާލާނެއެވެ.

އުރީދޫން ބުނިގޮތުގައި ރާއްޖޭގައި ބާއްވާ އެންމެ އުފާވެރި ދުވުމުގެ ގޮތުގައި މަޝްހޫރުވެފައިވާ މި ދުވުމަކީ ހުރިހާ އުމުރުފުރައިގެ މީހުންނަށް ބައިވެރިވެވޭ އަދި އެއްބައިވަންތަކަމާއި އުފަލާއި މަޖަލުގެ ތެރެއިން ދުޅަހެޔޮ ސިއްހަތަކަށް އެއްބާރުލުންދޭ އިވެންޓެކެވެ.

ކޮންމެ އަހަރަކުވެސް އެތައް ހާސް ބަޔަކު ބައިވެރިވާ އުރީދޫ ފަން ރަން އަކީ ދުޅަހެޔޮ ސިއްހަތެއްގެ އިތުރުން އުފާވެރިކަމާއި މުޖުތަމައުގެ ރޫހު ދައްކުވައިދޭ ރޭހެއްގެ ގޮތުގައި ކުރިއަށް ގެންދާ ރަން އެކެވެ. މި އަހަރުގެ އެޑިޝަނަކީވެސް ހުރިހާ އުމުރުފުރައެއްގެ މީހުން ވެސް މަޖާ އަދި އުފާވެރި މާހައުލެއްގައި އެއްބައިވަންތަކޮށް، އަހަރު ނިންމާލަން އެންމެ ރަނގަޅު އެއް އިވެންޓެއް ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫ ފަން ރަންގެ ބައިވެރިންނަށް މަޖާ ކިޓްތަކާއި، ކުލަ، ފޯމް، މިއުޒިކް އަދި މުނިފޫހިފިލުވުމުގެ އެތައް ތަޖުރިބާއެއް އިވެންޓް ސަރަހައްދުން ލިބިގެންދާނެ ކަމަށްވެސް އުރީދޫން ބުންނެވެ.

އުރީދޫ ފަން ރަން އަކީ ހަމައެކަނި ފިޓްނަސް ނޫން ކަމަށާއި މިއީ މުޖުތަމައު ގުޅުވާލާ އުފާވެރި އަދި އެއްބައިވަންތަ ވަގުތުތައް އުފެއްދުމަށް ބާއްވާ ހަރަކާތެއް ކަމަށް އުރީދޫން ބުންޏެވެ.

ދުވުންތެރިންނާއި އާއިލާ އަދި ރަހުމަތްތެރިން އަނެއްކާވެސް އެއްތަނަކަށް އެއްވެ، އެ އުފާވެރިކަން ލިބި، އެކުގައި އުފާފާޅުކުރާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. އަދި ކިޓްތަކާއި، ރޫޓްތަކާއި، އިވެންޓާ ގުޅޭ އިތުރު މައުލޫމާތު ޑޭޓް ކައިރިވަމުން އަންނަ ވަރަކަށް އުރީދޫގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާ ކުރެވިގެން ދާނެ ކަމަށް އުރީދޫން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އުރީދޫން ހިއްސާއަކަށް މިފަހަރު ބަހާނީ 3.54 ރުފިޔާ

ooreedo

އުރީދޫގެ އަހަރީ އާންމު ޖަލްސާ މާޗް މަހުގެ 4 ގައި

އުރީދޫގެ ސީއީއޯއަކަށް ޝާޑީ ގަވަސްމީ އައްޔަންކޮށްފި

އުރީދޫ ނޭޝަން އިން 2 މުބާރާތަކަށް ހުޅުވާލައިފި