ކުއްލި ޚަބަރު

ރަސްލާނަށް ހާޓް އެޓޭކް ޖެހުނީ ޕެޕާ ސްޕްރޭ ޖެހުމުގެ ސަބަބުން ނޫން: އައިޖީއެމްއެޗް

އެމްޑީޕީން ރޭ ހިންގީ ނިރުބަވެރި ހަރަކާތެއް: ނައިބު ރައީސް

މުޒާހަރާގައި ތިން ފުލުހަކަށް އަނިޔާވެ، ފަރުވާދިން: ފުލުހުން

ފުލުހުންގެ އޮޕަރޭޝަނަކަށް މާލޭގެ ބައެއް ސަރަަހައްދުތައް މިރޭ ބަންދުކުރާނެ

police

މިރޭ ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަނަކާ ގުޅިގެން މާލޭގެ އެކި ސަރަހައްދުތައް އާއްމު ޓްރެފިކަކާއި ހިނގާ މީހުންނަށް މާލޭގެ އެކި ސަރަހައްދުތައް ބަންދުކުރަން ނިންމާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މިރޭ މާލޭގެ ބައެއް މަގުތައް ބަންދުކުރަން ނިންމާފައިވާއިރު އިދިކޮޅު އެމްޑީޕީން މަލޭގައި އެއްވުމެއް ބާއްވަން ނިންމާފައިވެއެވެ. ފުލުހުން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ އެއްވުމުގެ ނިވަލުގައި މާލޭގެ މަގުމަތީގެ ހަމަނުޖެހުން ހިންގަން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ފުލުހުން މީސްމީޑިޔާގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަނަކާ ގުޅިގެން މިއަދާއި މިރޭގެ އެކި ވަގުތުތަކުގައި އާންމު ޓްރެފިކަށާއި ހިނގާ މީހުންނަށް މާލޭގެ އެކި ސަރަހައްދުތައް ބަންދުކުރެވޭނެ ކަމަށެވެ.

އިތުރަށް ފުލުހުންވަނީ އެ ފިޔަވަޅުތަކާ ގުޅިގެން އާއްމުންގެ އެއްބާރުލުމަށް އެދުމާއެކު، އެކަމުގެ ސަބަބުން ރައްޔިތުންނަށް ދިމާވެދާނެ އެންމެހައި ދަތިތަކަށް ނިހާޔަތަށް މައާފަށް އެދޭކަމަށް ބުނެފައެވެ.

ފުލުހުން ކުރިން ބުނެފައިވަނީ ހުއްދަ ދީފައިވާ ރޫޓުން ބޭރުން ހިނގައި، ބައިބައަށް ބެހިގެން މާލެ ތެރެއަށް ފެތުރިގަނެ، ކުށްކުރާ ގުރޫޕުތައް ބައިވެރިކޮށްގެން ތަންތަނަށް ގެއްލުންދީ ހަމަޖެހުން ނަގައިލުމަށް ރާވަމުންދާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެފަދަ ކަންކަމަށް ފުރުސަތު ނުދޭނެ ކަމުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mal

ރަސްލާނަށް ހާޓް އެޓޭކް ޖެހުނީ ޕެޕާ ސްޕްރޭ ޖެހުމުގެ ސަބަބުން ނޫން: އައިޖީއެމްއެޗް

Mal

އެމްޑީޕީން ރޭ ހިންގީ ނިރުބަވެރި ހަރަކާތެއް: ނައިބު ރައީސް

Salaah

މުޒާހަރާގައި ތިން ފުލުހަކަށް އަނިޔާވެ، ފަރުވާދިން: ފުލުހުން

ވިލިނގިލީގައި ޕާސްޕޯޓްގެ ޚިދުމަތް ފަށައިފި

TTH_advertisement