ކުއްލި ޚަބަރު

ކާމިޔާބު ކަމާއެކު ޓޯޝް ރަން ނިންމާލައިފި، 8959 މީހުން ބައިވެރިވި

އާ ޓާމިނަލުން އިންޑިއާގެ ގައުމީ އެއާލައިނަށް ޚިދުމަތް ދޭން ފަށައިފި

ދައުލަތުން އިއްޒަތް އަރުވާފައިވާ ބޭފުޅުންނަށް ހެލްތު އިންޝުއަރެންސް ދޭން ބަޖެޓްކޮށްފި

މާލެ ސިޓީގެ ބިމާބެހޭ މައުލޫމާތު ނިޒާމެއް ތަޢާރަފުކޮށްފި

Mal

މާލެ ސިޓީގެ ބިމާބެހޭ ކަންކަން ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށްޓަކައި ޚާއްޞަ ‘ލޭންޑް އިންފޮމޭޝަން ސިސްޓަމެއް’ ތަޢާރަފްކޮށްފިއެވެ.

މިކަން ޢާންމުކޮށްފައި ވަނީ، މާލެ ސިޓީ ކައުންސިލްގައި މިކަމަށް ޚާއްޞަކޮށްގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މާލެ ސިޓީގެ ބިންތަކުގެ ކަންކަން ބެލެހެއްޓުމަށް ޚާއްޞަ މި ނިޒާމު ޢާންމުކުރެވިގެން މިދަނީ، މިވަގުތު މާލެ ސިޓީ ކައުންސިލަށް ލިބެން ހުރި ޑޭޓާބޭސްއަށް ބިނާކޮށް ކަމަށެވެ. އަދި މި ނިޒާމަކީ މިވަގުތަށް މުޅިން ފުރިހަމަ ނިޒާމަކަށް ނުވިޔަސް، ކުރިއަށް އޮތް ތަނުގައި ރާވާފައިވާ މަސައްކަތްތަކާއެކު މި ނިޒާމު އިތުރަށް ފުރިހަމަވެ، ޕްލޭންކުރުމުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެއް ޕްލެޓްފޯމެއްގެ ދަށުން މަސައްކަތް ކުރުމުގެ ފުރުޞަތު ފަހިވެގެން ދާނެކަން މޭޔަރ ފާހަގަކުރެއްވިއެވެ.

މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މާލެ ސިޓީ ކައުންސިލުން “ލޭންޑް އިންފޮމޭޝަން ސިސްޓަމެއް” ޢާންމުކުރި މިއީ ފުރަތަމަ ފަހަރު ކަމަށެވެ. މި ސިސްޓަމްގެ ސަބަބުން، މާލެ ސިޓީގެ ގޭބިސީތަކުގައި ދިރިއުޅުއްވާ ފަރާތްތަކަށް، އެ ބައެއްގެ ގެދޮރާއި ގުޅޭ މަޢުލޫމާތު ފަސޭހަކަމާއެކު ލިބިގަނެވޭނެކަމަށް ވެސް މޭޔަރ ފާހަގަކުރެއްވިއެވެ.

މިނިޒާމު ފައްކާވެގެންދާއިރު ގޯތީގައި ހިންގާ ވިޔަފާރިތަކާއި، ކާރު ގަރާޖް ހުއްދަ ދެވިފައިވާ ނަމަ، އެ މަޢުލޫމާތުތައް ވެސް މި ޕޯޓަލްގައި ހިމެނޭނެއެވެ. ނަމަވެސް، މި މަޢުލޫމާތުތަކުގައި ޒާތީ މަޢުލޫމާތުތަކެއް ހުރެދާނެ ކަމަށް ބެލެވޭތީވެ، މި ޕޯޓަލްގެ ބައެއް މަޢުލޫމާތު ލިބޭނީ ‘އީފާސް’ މެދުވެރިކޮށް އެމީހެއްގެ މަޢުލޫމާތު އެމީހަކަށް އެކަނި ކަމަށް މޭޔަރ ޢާޒިމް ހާމަކުރެއްވިއެވެ.

މާލެ ސިޓީ ކައުންސިލުން ތައްޔާރުކުރި މި މަޢުލޫމާތުތަކުގެ ތެރޭގައި، ލޭންޑް އޮޑިޓުގައި ހިމެނޭ ބިންތަކާއި އެ ބިން ބޭނުންކުރަމުންދާ ގޮތް ދައްކުވައިދޭ ޗާޓުތައް ހިމެނެއެވެ. މީގެ އިތުރުން، ވިލިމާލޭގެ ހުރިހާ ބިމެއްގެ މަޢުލޫމާތު ވެސް، ޑްރޯން އިމޭޖިނަރީ ބޭނުންކޮށްގެން، އެ ބިންތައް ވަކިވަކިން ދެނެގަނެވޭނެ ގޮތަށް ޖިއޯރިފަރެންސް މަޢުލޫމާތުތަކާއެކު ވަނީ ހިމަނާފައެވެ.

ލޭންޑް އިންފޮމޭޝަން ސިސްޓަމް (LIS) މިހާރު ވަނީ، މާލޭގައި ހިމެނޭ ހުރިހާ ކޮށިތަކުގެ ބޮޑުމިނާއި، އެ ކޮށިތަކުގެ ތެރޭގައިވާ ގޯތިތަކުގެ ބޮޑުމިން ފެންނާނެ ގޮތަށް އަދާހަމަ ކުރެވިފައެވެ. މީގެ އިތުރުން، މާލެއާއި ވިލިމާލޭގައިވާ ގެތަކުގެ ޢަދަދާއި، ސުކޫލުތަކާއި، ފިހާރަތަކާއި، އޮފީސްތަކުގެ މަޢުލޫމާތުގެ އިތުރުން، ބިން ބޭނުންކުރެވިފައިވާ އެހެނިހެން ބާވަތްތަކުގެ މަޢުލޫމާތުވެސް ވަކިވަކިން މި ސިސްޓަމުން ފެންނަން ހުންނާނެއެވެ. މި ލޭންޑް އިންފޮމޭޝަން ސިސްޓަމާއެކު، މާލޭގެ ތަރައްޤީއަށް ކުރަންޖެހޭ ކަންކަން ދެނެގަތުމަށާއި، ބިން ބޭނުންކުރެވޭ ގޮތް ސިޓީ ކައުންސިލަށް ދެނެގަތުން އިތުރަށް ފަސޭހަވެގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

male city

ގޭގެ ނަންބޯޑު ފެންނަގޮތަށް ހަރުކުރަން މާލޭ ސިޓީ ކައުންސިލުން އަންގައިފި

1234

ފުރުޤާން މިސްކިތް ކުރިމަތީ ހިތްފަސޭހަ މައިޒާނަކާއި ސައިކަލް ޕާކިންގްއެއް ތަރައްޤީ ކުރަނީ

ވިއްކާފައި ހުރި ޕާކިން ސްލޮޓުތައް އުވައިލާ އެންމެނަށް ބޭނުންކުރެވޭ ގޮތް ހަދައިފި

މާލޭ ސިޓީކައުންސިލާ ގުޅިގެން ރެޑްކްރެސެންޓުން ބަލިމީހުން އުފުލަނީ

TTH_advertisement