ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސުމޫދު ފްލޮޓީލާއަށް އިސްރާއީލުން ހުރަސްއެޅުން ރައީސް ކުށްވެރިކުރައްވަައިފި

ޣައްޒާއަށް ބޭނުންވާ އެހީ ހިފައިގެން ކަނޑު މަގުން ދަތުރުކޮށްފައިދާ ގްލޯބަލް ސުމޫދު ފްލޯޓިލާއަށް އިސްރާއީލުން ހުރަސްއެޅުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކުށްވެރިކުރައްވައިފިއެވެ.

މީސްމީޑިޔާ މަންސަތަކުގައި ޝާއިއުކުރެއްވި މެސެޖެއްގައި ރައީސް ވިދާޅުވީ ބައިނަލްއަގުވާމީ ކަނޑުގައި ދަތުރުކުރަަމުންދަނިކޮށް ގްލޯބަލް ސުމޫދު ފްލޯޓިލާއަށް އިސްރާއީލުން ހުރަސްއެޅުން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ. އަދި ފްލޯޓިލާގައި ހިމެނެނީ ޣައްޒާއަށް ބޭނުންވާ އަސާސީ އިންސާނީ އެހީ ހިފައިގެން ދަތުރުކުރަމުންދާ މަދަނީ އުޅަނދުފަހަރުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި މިގޮތަށް ބިރުދެއްކުމަކީ ބަލައިގަނެވޭ ކަމެއް ނޫންކަމަށާއި، އެފަދަ ކަންކަން ތަހައްމަލުކޮށްގެން ނުވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. މިނިވަަންކަމާއި އަސާސީ ޒަރޫރަތްތަކުން މަހުރޫމުކޮށްފައިވާ އާބާދީއަކަށް ނުހަނު ބޭނުންޖެހިފައިވާ އިންސާނީ އެހީއާއެކު ދަތުރުކުރާ ގާފިލާއެއް އަމާޒުފަތްގަނޑަކަށް ހަދައިލުމަކީ އިންސާނިއްޔަތުކަމާއި، ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ކަމެއް ކަމުގައި ރައީސް ވިދާޅުވިއެވެ.

އިންސާނީ ކަރާމަތަށް ރިއާޔަތްކުރުމެއް ނެތި، އޯގާތެރިކަމާއި ރަހުމުގެ ކުޑަ މިންވަރެއްވެސް ނެތި އިސްރާއީލުން ތަކުރާރުކޮށް ހިންގަމުންދާ އަމަލުތަކުގެ ސަބަބުން މުޅި ދުނިޔެއާ އިސްރާއީލު ވަކިވެ އެކަހެރިވެފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އަދި ރައީސްވަނީ ތަކުރާރުކޮށް އިސްރާއީލުން ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ހިންގަމުންދާ އަމަލުތަކާ ގުޅިގެން ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލައްވާފައެވެ. ރައީސް ސިފަކުރެއްވި ގޮތުގައި އިސްރާއީލުގެ ޖަރީމާތައްވަނީ އިންސާނިއްޔަތު ހިއްސާކުރާ އަހުލާގީ ސަމުގާ ފަހަނައަޅަައި ގޮސްފައެވެ.

އިންސަނީ ހައްގުތަކައި، އިންސާފާއި، ސަލާމަތްތެރިކަން ހޯދުމަށް ފަލަސްތީނު ރައްޔިތުން ކުރަމުންދާ ޖިހާދުގައި ރާއްޖެ އޮންނާނީ އެ ރައްޔިތުންނާއެކު ސާބިތުކަންމަތީ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ދޮރުން ދޮރަށް ހަރަކާތުގެ ދެވަނަ ބުރުގައި މިއަދު މާފަންނު ހުޅަނގަށް ރައީސް ވަޑައިގެންފި

dhigu rashu

ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާ ފުރިހަމައަށް ތަހުގީގުކުރަން ރައީސް އަންގަވައިފި

ދިގުރަށުގެ އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންގެ އާއިލާތަކަށް ރައީސް ތަޢުޒިޔާ ފޮނުއްވައިފި

ރައީސްގެ ދެކަނބަލުން އީދުސަލާން ކުރެއްވުން މިފަހަރުވެސް މުލިއާގޭގައި އޮންނާނެ