ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގްލޯބަލް ސުމޫދް ފްލޮޓިލާ އަށް ހަމަލާ ދިނުން ރައީސް ކުށްވެރިކުރައްވައިފި

Mal

ގްލޯބަލް ސުމޫދް ފްލޮޓިލާ އަށް ހަމަލާ ދިނުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުށްވެރިކުރައްވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރަމުންދިޔަ “ގްލޯބަލް ސުމޫދް ފްލޮޓިލާ” އަށް އިސްރާއީލުން ހަމަލާދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިފަދަ ޢަމަލުތަކަށް ފުރުސަތު ދީގެން ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

“އަސާސީ ޙައްޤުތަކާއި އަސާސީ ބޭނުންތަކުން މަޙްރޫމްވެފައިވާ ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމަށް ދަތުރުކުރި އުޅަނދުތަކަށް ހަމަލާދިނުމަކީ އިންސާނިއްޔަތަށާއި ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ކުރެވުނު ބޮޑު އިހާނެތި ޢަމަލެއް” ރައީސް މުއިއްޒު ވިދާޅުވިއެވެ.

އިސްރާއީލުން އިންސާނީ ކަރާމާތަށް އިޙްތިރާމް ނުކުރުމާއި، ރަޙުމްކުޑަ އަނިޔާވެރި ޢަމަލުތައް ހިންގުމުގެ ސަބަބުން، ދުނިޔޭގެ އެހެން ޤައުމުތަކާ އެ ޤައުމު އިތުރަށް އެކަހެރިވަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިސްރާއީލުން ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް ހިންގަމުންދާ ޢަމަލުތަކާ ދެކޮޅަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ.

ފަލަސްޠީނު ރައްޔިތުންގެ އިންސާނީ ޙައްޤުތަކަށާއި، ޢަދުލު އިންސާފަށާއި، ސުލްޙައަށް ކުރާ ހަމަޖެހޭ ނިކަމެތި މަސައްކަތުގައި ދިވެހިރާއްޖެއިން އެ ރައްޔިތުންނާއެކު ސާބިތުކަމާއެކު ދެމިހުންނާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް އިންސާނީ އެހީ ހިފައިގެން 50 އަށްވުރެ ގިނަ ކަނޑުއުޅަނދު އެ ގައުމަށް މިހާރު ދަނީ ދަތުރުކުރަމުންނެވެ. ޔަހޫދީ އިސްރާއީލުން ދަނީ އެ އުޅަނދުތަކަށް ހަމަލާދީ އޭގައި ތިބި ބައެއް މީހުން ރަހީނުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ޕީއެންސީގެ ކެންޑިޑޭޓުން ނޫން ބަޔަކަށް ތާއީދެއް ނުކުރަން: ރައީސް

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

DSC

ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށެއް: ރައީސް

DSC

އައްޑޫ ކަރަންޓް މައްސަލައަށް އަންނަ އަހަރުގެ ޖުލައި މަހު ދާއިމީ ހައްލު ލިބޭނެ: ރައީސް