ކުއްލި ޚަބަރު

ފުލުހުންނަށް އިންޒާރުދިން މައްސަލައަކާ ގުޅިގެން ޒާޔާގެ ފޯނު ހިފަހައްޓައިފި

މީޑިއާ ކޮމިޝަނަށް މެންބަރުން އިންތިހާބުވެއްޖެ

ހަންޏާމީދޫ ގެސްޓްހައުސް ހިންގާ ފަރާތްތަކާ ރައީސް ބައްދަލުކުރައްވައިފި

ހަންކެޑެގައި ފަތުރުވެރިކަމުގެ އައު މަޝްރޫއެއް ހިންގެވުމަށް ރައީސް ނިންމަވައިފި

އައްޑޫސިޓީގެ ހަންކެޑެގައި ފަތުރުވެރިކަމުގެ އައު މަޝްރޫއެއް ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

މި ނިންމެވުމާއެކު، އައްޑޫސިޓީ، ހަންކެޑެ ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްޤީކުރުމުގެ މަސައްކަތް އަވަސްކުރުމުގެ މަޤުސަދުގައި، ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގާ ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅައި، ހަންކެޑެ، މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނަށް ކުއްޔަށް ދިނުމަށް 2 ޑިސެންބަރު 2021 ގައި އެކަށައެޅުއްވި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު، ވަނީ އުވައިލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމާއެކު ފަތުރުވެރިކަމުގެ އައު މަޝްރޫއެއް ހިންގުމަށް އެ ރަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓާ ވަނީ ހަވާލުކުރައްވައިފައެވެ.

ރާއްޖޭގައި ހަލާލް ޓޫރިޒަމް ތަރައްގީކުރާ 5 ސަރަހައްދުގެ ތެރެއިން އެއް ސަރަހައްދެއްގެ ގޮތުގައި، ހަންކެޑެ ވަނީ ކަނޑައަޅާފައެވެ. ސަރުކާރުން އެ ރަށްތައް ހުޅުވާލާފައިވަނީ އިންވެސްޓަރުންނަށް ވަރަށް ބޮޑެތި ލުއިތަކެއްދީ އިންވެސްޓްމަންޓަށް ފަހިވާގޮތަށެވެ.

ހަލާލު ނުވަތަ އިސްލާމިކް ޓޫރިޒަމަކީ މުސްލިމުންނަށް ޚާއްސަކޮށް އިސްލާމްދީނުގެ އަސާސްތަކާއި ފުށުނާރާނެހެން، އެފަދަ އަސާސްތަކަށް އިސްކަންދީގެން ފަތުރުވެރިކަމުގެ ޚިދުމަތްތައް ދިނުމެވެ. ހަލާލު ޓޫރިޒަމް ކޮންސެޕްޓަށް ހިންގާ ތަންތަނުގައި ފަތުރުވެރިންނަށް ބޭނުންވާ އެކަހެރިކަމާއި، ހަލާލު ކެއުމާއި ބުއިންތައް ލިބެން ހުރުމާއި، ވަކި ޚިދުމަތްތައް ލިބެން ހުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Whatsapp image 2025 10 07 at 20.50.31

ފުލުހުންނަށް އިންޒާރުދިން މައްސަލައަކާ ގުޅިގެން ޒާޔާގެ ފޯނު ހިފަހައްޓައިފި

Badhuru

މީޑިއާ ކޮމިޝަނަށް މެންބަރުން އިންތިހާބުވެއްޖެ

429536 cd6f6f0e 1

ހަންޏާމީދޫ ގެސްޓްހައުސް ހިންގާ ފަރާތްތަކާ ރައީސް ބައްދަލުކުރައްވައިފި

1234

އެލްސިއޯން ބޭކަރީގެ ފޯނު ވަގަށް ނެގި މީހަކު ހޯދަން އިއުލާންކޮށްފި

TTH_advertisement