ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މި އަހަރު މާލޭގައި 3000 ފްލެޓް އަޅަން ފަށާނެކަން ރައީސް އިއުލާންކުރައްވައިފި

Mal

މި އަހަރު ނިމުމުގެ ކުރިން މާލޭގައި 3000 ފްލެޓް އަޅަން ފަށާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރައްވައިފިއެވެ.

އެމަނިކުފާނު މިކަން އިއުލާންކުރެއްވީ ޕީއެންސީ ޖަގަހައިގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އެ ފްލެޓްތައް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށެވެ.

“މި އަހަރު މާލޭގައި އެންމެ މަދުވެގެން 3،000 ހައުސިން ޔުނިޓްގެ މަޝްރޫއެއް މި އަހަރު ތެރޭ ފަށާނަން. މިއީ، އަޅުގަނޑުމެންނަށް އިންޑިއާގެ އެލްއޯސީ ގެ 4،000 ހައުސިން ޔުނިޓްގެ މަޝްރޫއުގެ އިތުރަށް ފެށޭނެ މަޝްރޫއެއް. އެ [4،000 ޔުނިޓްގެ] މަޝްރޫއު ވެސް އަދި ފެށޭނެ،” ރައީސް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ވައުދުވެވަޑައިގަތްގޮތަށް ނިމިދިޔަ ސަރުކާރުން އެޅި 4000 ފްލެޓާއި ދިން ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

“ކުރިން އަޅުގަނޑު ވައުދުވީ ގޮތަށް ރައްޔިތުންނަށް [ކުރީ ސަރުކާރުގައި ދިން] ގޯތިތަކާއި ފްލެޓްތައް އެއްވެސް ބަދަލެއް ނުގެނެސް ދަނީ ހަވާލުކުރަމުން. އަދި މާލެ އާއި ރާއްޖޭގެ އެކި ކަންކޮޅުގައި އަލަށް ފެށޭ މަޝްރޫއޫތަކުން ވެސް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަމުން ދާނަން،” އެ މަނިކުފާނު ވިދާޅުވިއެވެ.

މިިދިޔަ ސަރުކާރުން އެޅި 4000 ފްލެޓް ލިބުނު މީހުންނަށް ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަނުން އަންނަނީ ކުރަމުންނެވެ.

މީގެއިތުރުން ގުޅިފަޅުން ދޫކޮށްފައިވާ ގޯތިތަކުގެ އިން ވަކިކޮށް ހަވާލުކުރުމުގެ މަސައްކަތް ވެސް ވަނީ ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ޕީއެންސީގެ ކެންޑިޑޭޓުން ނޫން ބަޔަކަށް ތާއީދެއް ނުކުރަން: ރައީސް

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

DSC

ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށެއް: ރައީސް

DSC

އައްޑޫ ކަރަންޓް މައްސަލައަށް އަންނަ އަހަރުގެ ޖުލައި މަހު ދާއިމީ ހައްލު ލިބޭނެ: ރައީސް