ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރާއްޖޭގައި އިންޓާނަލް އޮޑިޓަރުންގެ މަސައްކަތް ކުރުމުގައި ތަފާތު ގޮންޖެހުންތައް އެބަހުރި: ނައިބު ރައީސް

427488 2666109c b

ދިވެހިރާއްޖޭގައި އިންޓާނަލް އޮޑިޓަރުންގެ މަސައްކަތް ކުރުމުގައި ތަފާތު ގޮންޖެހުންތައް ހުރިކަން މި ސަރުކާރުން ޤަބޫލުކުރައްވާކަމަށާއި އެކަންކަން ހައްލުކުރެއްވުމަށް ސަރުކާރުން މަސައްކަތްކުރައްވަމުންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ސްޓޭޓް އިންޓަރނަލް އޮޑިޓް ކޮންފަރެންސް 2025، ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، އިންޓަރނަލް އޮޑިޓަރުންގެ އޮނިގަނޑު އެކުލަވާލެވިފައިވާކަން ފާހަގަކުރައްވައި، ކައިރި މުސްތަގުބަލެއްގައި ދައުލަތުގެ އޮފީސްތަކުގެ އިންޓަރނަލް އޮޑިޓަރުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނެވޭނެކަމުގެ ޔަގީންކަން ދެއްވިއެވެ.

ދައުލަތުގެ އޮޑިޓް ނިޒާމުގެ ހިންގުން ހަރުދަނާކުރައްވައި، މިނިވަންކަމާއެކު، މަސައްކަތް ކުރެއްވޭނެ މަގު ފަހިކޮށްދެއްވައި، އޮޑިޓަރުން ދެއްވާ އިރުޝާދުތަކާއި ލަފާތައް ތަންފީޒުކުރެއްވުމުގެ ނަތީޖާއަކަށްވާނީ، ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ އަރަނިވެރި، ކޮރަޕްޝަނާ ދެކޮޅު، ރައްޔިތުންގެ އިތުބާރު ލިބިފައިވާ، ރައްޔިތުންނަށް މަންފާ ލިބޭ ތަންތަންކަމުގައި ވެގެންދިޔުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. މީގެއިތުރުން، އިދާރީ ހިންގުން ހަރުދަނާކޮށް ދައުލަތުގެ އިދާރާތަކަށް އާންމުން ކުރާ އިތުބާރު ދެމެހެއްޓުމުގައި އޮޑިޓަރުން އަދާކުރާ މުހިންމު ދައުރުގެ މައްޗަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

އިދާރާތަކުގައި އިންޓާރނަލް ކޮންޓްރޯލްތައް ވަރުގަދަ ކުރެވިއްޖެކަމުގައިވާނަމަ، ދައުލަތުން ހޭދަކުރާ ކޮންމެ ފައިސާ ފޮއްޗަކީވެސް ރައްޔިތުންނަށް އޭގެ އެންމެ ފުރިހަމަ މަންފާ ލިބޭނެ އެއްޗަކަށް ވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ.

“ބަދަލުވަމުންދާ ވެއްޓެއްގައި ޖަވާބުދާރީކުރުވުމުގައި އިންޓާރނަލް އޮޑިޓްގެ ދައުރާއި، އާންމު މަސްލަހަތު ކުރިއެރުވުން” މިޝިއާރުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ބަދަލުވަމުން އަންނަ ދުނިޔޭގައި ތަފާތު އީޖާދުތަކާއެކު، ކުރިން ދެނެނުގަނެވޭފަދަ ހިރާސްތަކާއި ގޮންޖެހުންތަކާ، އޮޑިޓުކުރުމުގައިވެސް ކުރިމަތިލާންޖެހޭކަމަށާއި، މިފަދަ ކޮންފަރެންސްތަކަކީ އެކަމަށް އެޅިގެންދާ ހެޔޮ ފިޔަވަޅެއްކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި “އިންޓަރނަލް އޮޑިޓްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނާއި” މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގގެ “ރިސްކް މެނެޖްމަންޓް ފްރޭމްވަރކް” ރައީސުލްޖުމްހޫރިއްޔާގެ ނައިބު ތައާރަފްކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Oo

އެމްޑީޕީ ކެންޑިޑޭޓުން އިންތިހާބުވެއްޖެނަމަ، ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރާނެ: ނައިބު ރައީސް

452867 14cbb8f2 9

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޝާމިލްކުރުމުގެ ޤައުމީ މަގުޗާޓު ނައިބު ރައީސް އިފުތިތާހުކޮށްދެއްވައިފި

448818 43e9be3c d

އިންޑިއާ އާއި ރާއްޖޭގެ ތާރީޚީ ގުޅުމުން ދެ ގައުމުގެ ރައްޔިތުންނަށް ވެސް ފައިދާ ކުރޭ: ނައިބު ރައީސް

Ii

ނައިބު ރައީސް ފިޔޯރީއަށް ވަޑައިގެންފި