ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކުންފުނި މިހާރު ހިންގަނީ ގާނޫނާއެއްގޮތަށް: ފެނަކަ

112

ފެނަކައިގެ މިހާރުގެ މެނޭޖްމަންޓުން ކުންފުނި ހިންގަމުންދަނީ ކަނޑައެޅިފައިވާ ޤާނޫނުތަކާއި، ގަވާއިދުތަކާއި، އެކުލަވާލެވިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

އެކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ކޯޕަރޭޝަނުގެ މެނޭޖްމަންޓުން ދިވެހި ޢާންމު ރައްޔިތުންނަށް ކަށަވަރުކޮށްދޭން ބޭނުންވަނީ، އެ ކުންފުނީގެ މިހާރުގެ މެނޭޖްމަންޓުން ކުންފުނި ހިންގަމުންދަނީ ކަނޑައެޅިފައިވާ ޤާނޫނުތަކާއި، ގަވާއިދުތަކާއި އަދި ކުންފުނީގައި އެކުލަވާލެވިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

އަދި އެއްވެސް ހާލެއްގައި އުސޫލުތަކުން ބޭރުން އެއްވެސް ޢަމަލެއް ނުހިންގޭނެކަމުގެ ފުރިހަމަ ޔަޤީންކަން ރައްޔިތުންނަށް އަރުވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ފެނަކައިން ބުނީ، ދިވެހިރާއްޖޭގެ އެކި ސަރަޙައްދުތަކަށް ފެނާއި ނަރުދަމާ އާއި ކަރަންޓު ފޯރުކޮށްދިނުމުގެ މުހިންމު މަސްއޫލިއްޔަތު ޙަވާލުކުރެވިފައިވާ، އަދި ސަރުކާރުގެ ސަތޭކަ އިންސަށްތަ ހިއްސާ އޮންނަ ޕަބްލިކް ޔުޓިލިޓީއެއްގެ ހައިސިއްޔަތުން، ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން މި އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅޭގޮތުން އަޅަންޖެހޭ އިޞްލާޙީ ފިޔަވަޅުތައް ލަސްނުކޮށް އެޅުމަށް މިހާރުވެސް މަސައްކަތް ފަށާފައިވާ ކަމަށެވެ.

މި އިޞްލާޙީ ފިޔަވަޅުތަކުގެ ތެރެއިން ކުންފުނީގެ މުދަލާއި ޚިދުމަތް ހޯދުމުގެ އުޞޫލުތަކާއި ކުންފުނިން ހިންގާ މަސައްކަތްތައް ކުރިއަށްދާ ގޮތް ބަލައި އެކަންކަން ބެލެހެއްޓުމުގެ ކަންކަން ކުރިއަށްދަނީ ކަނޑައެޅިފައިވާ ޤަވާޢިދުތަކާއި އުޞޫލުތަކާ އެއްގޮތަށްކަން ކަށަވަރުކުރުމަށްޓަކައި، އިތުރު މޮނިޓަރިންގ ނިޒާމެއް ޤާއިމުކުރެވޭނެ ކަމަށް އެކުންފުނިން ބުނެފައިވެއެވެ.

އެގޮތުގެ މަތިން ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ހިންގުމުގެ އޮނިގަނޑު ހަރުދަނާކުރުމަށާއި، ސްޓޭކްހޯލްޑަރުންނާ މުޢާމަލާތްކުރުމުގެ ނިޒާމު ވަރުގަދަކުރުމަށާއި، ރިޕޯޓުކުރުމާއި މަޢުލޫމާތު ހާމަކުރުމުގެ އުސޫލުތައް ހަރުދަނާކުރުމަށްޓަކައި ކުންފުނިން ކުރެވެންހުރި އެންމެހައިކަންކަން ދެނެގަނެ އެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެކަމަށް ފެނަކައިން ބުންޏެވެ.

ފެނަކައިން އިތުރަށް ބުނީ، އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާފަދަ ކަންކަން ތަކުރާރު ނުވާނެކަން ކަށަވަރު ކުރުމުގެ އެންމެ އަސާސީ އެއްފިޔަވަޅަކީ ޤާނޫނުތަކާއި ޤަވާޢިދުތަކާ ޚިލާފުވެފައިވާކަން ސާބިތުވާ ނުވަތަ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވެފައިވާ ފަރާތްތަކާމެދު އަޅަންޖެހޭ ޤާނޫނީ ފިޔަވަޅުތައް އެޅުންކަމުގައިވާތީ، އެފަދަ ފަރާތްތަކުގެ މައްސަލަތައް ކަމާގުޅުންހުރި ދައުލަތުގެ އިދާރާތަކަށް ހުށަހެޅޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Q

ކުޑަރިކިލުގައި ސޯލާ-ޑީސަލް ބެޓެރި ހައިބްރިޑް ޕަވާ ސިސްޓަމް ގާއިމްކޮށް ނިމިއްޖެ

8q

އައްޑޫގައި ފެނަކައިގެ އިންޖީނިއަރިން ސްކޫލެއް އެޅުމަށް ނިންމައިފި

66

ކެންދޫގެ އާ އިންޖީނުގެ އާއި ފެނަކަ އޮފީސް ހުޅުވައިފި

98

ހަތަރު ރަށަކަށް ބޭނުންވާ ޖަނެރޭޓަރުތައް ގެނެސްފި