ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްއެމްއޭގެ ފިއުޗަރ ފައިނޭންސް މަޒުމޫނު މުބާރާތް: ސާނަވީ އަދި މަތީ ސާނަވީ ދަރިވަރުންނަށް ރަނުގެ ފުރުސަތެއް

STO_Ads
TTH_Ads
Advertisement

ސާނަވީ އަދި މަތީ ސާނަވީ ދަރިވަރުންނަށް ޚާއްސަކޮށްގެން މަރުކަޒީ ބޭންކް، އެމްއެމްއޭއިން ފިއުޗަރ ފައިނޭންސް މަޒުމޫނު މުބާރާތެއް ފަށައިފިއެވެ.

މިއީ، އެމްއެމްއޭއިން ކުރިއަށްގެންދާ ތަމްވީލް އިސްލާމިކް ފައިނޭންސް އިނީޝިއޭޓިވްގެ ދަށުން ކުރިއަށްގެންދާ ހަރަކާތެކެވެ. މުބާރާތުގެ މައިގަނޑު މަޤްސަދަކީ ޒުވާނުން، ވަކިން ޚާއްސަކޮށް ކިޔަވާކުދިންގެ މެދުގައި މާލީ ދާއިރާއާއި ދޭތެރޭ އިލްމީ ނަޒަރަކުން ވިސްނައި އަދި މާލީ މުސްތަޤުބަލެއް ތަސައްވަރުކުރުމަށް ބާރުއެޅުމެވެ.

ގްރޭޑް 8 އިން 12 އަށް ކިޔަވާ ދަރިވަރުންނަށް ހުޅުވާލެވިފައިވާ މި މުބާރާތް ބާއްވާނީ ދެ ގިންތިއަކަށް ބާހާލައިގެންނެވެ. އެގޮތުން، ޖޫނިއަރ ގިންތީގައި ހިމެނޭނީ ގްރޭޑް 8 އިން 10 ގެ ދަރިވަރުންނެވެ. އަދި ސީނިއަރ ގިންތީގައި ހިމެނޭނީ ގްރޭޑް 11 އަދި 12 ގެ ދަރިވަރުންނެވެ. ހުރިހާ މަޒުމޫނެއް ވެސް ލިޔާނީ އިނގިރޭސި ބަހުންނެވެ. އަދި މުބާރާތުގެ ބައިވެރިން ލިޔާ މަޒުމޫނުތަކަކީ އެބައިވެރިއެއްގެ އަމިއްލަ ލިއުމަކަށް ވާންވާނެއެވެ. އަދި އެއީ ކުރިން ޝާއިޢުކޮށްފައިނުވާ އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އިން އުފައްދާފައިނުވާ ލިޔުމަކަށް ވާންވާނެއެވެ.

ކޮންމެ ގިންތިއެއްގައިވެސް އެންމެ މޮޅު މަޒޫމޫނަށް 3,000 ރުފިޔާ، ދެވަނައަށް 2,000 ރުފިޔާ، ތިންވަނައަށް 1,000 ރުފިޔާ، އަދި ކޮންމެ ގިންތިއަކުންވެސް ޚާއްޞަ މަޒުމޫނަކަށް 500 ރުފިޔާގެ އިނާމު ލިބޭނެއެވެ. އިތުރުން، ހޮވޭ ލިޔުންތައް އެމްއެމްއޭއިން ހިންގާ މާލީ ހޭލުންތެރިކަމުގެ ކެމްޕޭނުތަކުގައި ބޭނުންކުރެވިދާނެއެވެ.

HajjCop_ads
Advertisement

މި މަޒުމޫނުތައް ލިޔަންވާނީ 700 އާއި 1,200 ލަފުޒުގެ ދެމެދުގައި، ޓައިމްސް ނިއު ރޯމަން ފޮންޓުގައި، އިނގިރޭސި ބަހުންނެވެ. އަދި ޕީޑީއެފް ފޯމެޓުގައި ހުށަހަޅަންވާނީ ދަރިވަރުގެ މަޢުލޫމާތު ހިމެނޭ ކަވަރ ޕޭޖަކާއި އައިޑީ ކާޑުގެ ކޮޕީއަކާ އެކުގައެވެ.
މުބާރާތުގެ ބައިވެރިން މަޒުމޫނު ހުށަހެޅުމުގެ ސުންގަޑިއަކީ 9 އޮކްޓޯބަރ 2025 ވަނަ ދުވަހުގެ 23:59 އަށް [email protected] އަށް އީމެއިލް މެދުވެރިކޮށެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ނައްތާލާ ނޫޓުތަކުން އުފެއްދުންތައް ތައްޔާރުކުރުމުގެ މުބާރާތެއް އެމްއެމްއޭއިން އިފްތިތާޙްކޮށްފި

Big ArFseRfjJH2HZZM5YZjMauuLy construction

އިމާރާތްކުރުމުގެ ސިނާޢަތަށް މިދިޔަ އަހަރު ބޮޑު ކުރިއެރުމެއްލިބި، ލޯނު ދޫކުރި ޢަދަދު އިތުރުވެއްޖެ

mma

ރެމިޓެންސްގެ ގޮތުގައި މިދިޔަ އަހަރު ރާއްޖޭން ބޭރަށް 167.6 މިލިއަން ޑޮލަރު ފޮނުވައިވޭ: އެމްއެމްއޭ

43

މޯލްޑިވްސް ފައިނޭންޝަލް ސެކްޓަރ އެވޯޑް ތައާރަފްކުރަނީ