ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޓްރަމްޕްގެ ޕްލޭންގެ ދަށުންވެސް އިސްރާއީލު ސިފައިން ޣައްޒާއިން ނުބާލާނަން: މުޖުރިމު ނަތަންޔާހޫ

އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން ހައްޔަރުކުރަން އަމުރުކޮށްފައިވާ މުޖުރިމު ނަތަންޔާހޫ:

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅާފައިވާ ހަނގުރާމަ ހުއްޓާލުމުގެ ޕްލޭންގެ ދަށުންވެސް، އިސްރާއީލު ސިފައިން ޣައްޒާއިން ނުބާލާނޭ ކަމަށް، މުޖުރިމު ނަތަންޔާހޫ ބުނެފިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއެކު ބޭއްވި ވާހަކަތަކަށްފަހު މީޑިއާއާވެސް ވާހަކަ ދެއްކުމަށްފަހު، އޭގެފަހުން އަމިއްލަ ޓެލެގްރާމް ގްރޫޕްގައި ހިބްރޫބަހުން ވާހަކަ ދައްކައި ޕޯސްޓްކުރި ވީޑިއޯއެއްގައި ނަތަންޔާހޫ ބުނެފައިވަނީ، ޓްރަމްޕްގެ ޕްލޭންގައި މުޅިންވެސް ހުރީ އިސްރާއީލަށް ކަންކަން ފަހިވާގޮތަށް ކަމަށެވެ.

ޓްރަމްޕްގެ ޕްލޭންގެ ދަށުން ހަމާސް އިތުރަށް އެކަހެރިވެގެންދާނޭ ކަމަށްވެސް ބުނެފައި ވެއެވެ.

ނަތަންޔާހޫ ބުނީ، ޣައްޒާގައި ތިބި އިސްރާއީލުގެ ހުރިހާ ގައިދީން މިނިވަންކޮށް އަނބުރާ އިސްރާއީލަށް ގެންނާނޭ ކަމަށެވެ. ހަމަ އެއާއެކު، ޣައްޒާގެ ބޮޑު ބައެއްގައި އިސްރާއީލު ސިފައިން ދެމިތިބޭނޭ ކަމަށްވެސް ބުނެފައި ވެއެވެ.

އެކަމަކު، ޓްރަމްޕްގެ ޕްލޭންގައި ބުނެފައިވަނީ، އިސްރާއީލުން “ޣައްޒާ އިސްތިއުމާރުވެސް ނުކުރާނޭ ކަމަށާއި، އިސްރާއީލުގެ ތަނަކަށްވެސް ނުހަދާނޭ” ކަމަށެވެ.

އަދި އިސްރާއީލު ސިފައިން ޣައްޒާއިން އެއްކޮށް ފައިބައި ނިމެންދެން މަޑުމަޑުން ފައިބަމުންދާނޭ ކަމަށްވެސް ބަޔާންކޮށްފައި ވެއެވެ.

އެކަމަކު، ނަތަންޔާހޫ، ހިބްރޫބަހުން ނެރުނު ވީޑިއޯ ބަޔާނުގައި ދައްކާފައިވަނީ، ޓްރަމްޕްގެ ޕްލޭންގައި ހުރި ވާހަކަތަކާ ދިމާ އިދިކޮޅު ވާހަކަ ތަކެކެވެ.

ޓްރަމްޕްގެ ޕްލޭންގައި މުޅިންވެސް ހުރީ އިސްރާއީލަށް ކަންކަން ފަހިވާގޮތަށް ކަމަށް ނަތަންޔާހޫ ބުނެފައިވާއިރު، ފަލަސްތީނުގެ ސިޔާސީ ލީޑަރުންނާއި، އެކިއެކި މުހައްލިލުންވެސް ވިދާޅުވަނީ، ޓްރަމްޕްގެ ޕްލޭނަކީ ފާޅުގައި ވަރަށް ބޮޑަށް ވަކި ފަރާތަކަށް ޖެހިފައިވާ ޕްލޭނެއް ކަމަށެވެ. ފަލަސްތީނު ރައްޔިތުންގެ ހައްގުތައް ނިގުޅައިގެންފައިވާ ޕްލޭނެއް ކަމަށެވެ.

ފަލަސްތީނުގެ ސިޔާސީ ބޭފުޅެއް ކަމަށްވާ މުސްތަފާ ބަރްޣޫތީ ވިދާޅުވީ، ޓްރަމްޕްގެ ޕްލޭނަކީ، އެމެރިކާ-އިސްރާއީލުން ހެދި މުހުލަތު ކަނޑައެޅުމުގެ ޕްލޭނެއް ކަމަށާއި، އެއީ އެއްގޮތަކަށްވެސް ސުލްހައިގެ މަސައްކަތެއް ނޫން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޚަރްޖަށް ހަމަލާދިން މިސައިލްތައް އައީ ޔޫއޭއީން: އާންމުން ދުރަށްދާން އީރާނުން އަންގައިފި

ހަމަލާދިނަސް ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތެއް ނުހުއްޓޭ، އީރާނު މިކަމުން އަރައިގަންނާނެ: އީރާނުގެ ރައީސް

އީރާނުގެ ރައްދު ހަމަލާތައް ހައްތަހާ ވަރުގަދަކުރަނީ، އިއްޔެއާއި ރޭ އީރާނަށް ބޮޑެތި ކާމިޔާބީތަކެއް

އީރާނުން ބުނަނީ ސަލާމަތީ މަޖިލީހުގެ ގަރާރު ވަރަށް ބޭއިންސާފު ކަމަށް، ގަރާރުގެ ފަހުންވެސް ހަމަލާތައް ހުއްޓާނުލާ