ކުއްލި ޚަބަރު

ޕޯލްގެ ނަތީޖާ އިން އެނގެނީ ރައީސްގެ ހިންގުންތެރިކަމާމެދު ރައްޔިތުންގެ އިތުބާރު އޮތްކަން: ސައީދު

ސައްހަ ވޯކް ޕާމިޓެއް ހޯދުމަށް ތިން މަހުގެ މުއްދަތެއް ބިދޭސީންނަށް ދިނުމަށް ސަރުކާރުން ނިންމައިފި

ޝަމްއާން ބަންދުން ދޫކުރެވެން ނެތް ކަމަށް ނިންމައިފި

ގެދޮރުވެރިޔާ ސްކީމުގެ 4000 ފްލެޓުގެ ތަޅުދަނޑި ނޮވެމްބަރުގެ ނިޔަލަށް ދޫކޮށް ނިންމަނީ

gedoru veriya

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ތަރައްޤީކުރާ ފްލެޓްތަކުގެ ތަޅުދަނޑި ދޫކުރުމުގެ މަސައްކަތް އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް ފުރިހަމަކުރުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މަސައްކަތްކުރަމުންދާކަމަށް އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލު ހާމަކުރައްވައިފިއެވެ.

މިދިޔަ އާދިއްތަ ދުވަހު ހުޅުމާލޭ ފޭސް ދޭއްގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތަކުން ފްލެޓް ލިބިފައިވާ ފަރާތްތަކަށް ތަޅުދަނޑި ދޫކުރަން ފަށައިފިއެވެ. މި ރަސްމިއްޔާތުގައި ފުރަތަމަ ތަޅުދަނޑި ލިބުނީ އަމާން އުދަރެސްގެ 14 ވަނަ ޓަވަރުން ފްލެޓެއް ލިބިފައިވާ އަންހެނަކަށެވެ.

ހަމްދާން ބައެއް މީޑިއާތަކަށް ދެއްވި މައުލޫމާތުގައި ވިދާޅުވީ، އަމާން އުދަރެސްގެ ފްލެޓުތަކަށް ވަނުމަށް ސެކިއުރިޓީ ޑިޕޮސިޓް ދައްކާފައިވާ 14 ފަރާތަކަށް މިހާތަނަށް ތަޅުދަނޑި ދޫކޮށް ނިމިފައިވާކަމަށެވެ. އަދި ނޮވެމްބަރު މަހުގެ ނިޔަލަށް ޖުމްލަ 4000 ފްލެޓުގެ ތަޅުދަނޑި ދޫކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެފްޑީސީން މިއަހަރުގެ ޖުލައި 21 ވަނަ ދުވަހު ފްލެޓް ލިބޭ ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ފެށުމަށްފަހު، މިހާރު ވަނީ ބޮޑު ކުރިއެރުމެއް ހޯދާފައެވެ. މި މަހުގެ ފުރަތަމަ ހަފުތާގައި އެފްޑީސީން ހާމަކުރި މައުލޫމާތުގައި، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ބިނާކުރަމުންދާ 4000 ފްލެޓުގެ ތެރެއިން 3000 އަށްވުރެ ގިނަ ފަރާތްތަކާއެކު ފުލެޓް އެއްބަސްވުން ތައްޔާރުކޮށް ނިމިފައިވާކަމަށް ބުނެފައިވެއެވެ.

އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އެކްސް (ޓްވިޓަރ) ގައި އެފްޑީސީން ޝާއިޢުކުރި ޕޯސްޓެއްގައި ބަޔާންކޮށްފައިވަނީ، އެ ތާރީޚާ ހަމައަށް 3088 ފަރާތަކާއެކު ފުލެޓް އެއްބަސްވުން ހެދުމަށް ޝެޑިއުލްކުރެވިފައިވާއިރު، 3032 ފަރާތަކާއެކު އެއްބަސްވުމުގައި ސޮއިކުރުން ފުރިހަމަވެފައިވާކަމަށެވެ.

އެފްޑީސީން އެންމެ ފަހުން ހިއްސާކުރި ތަފްސީލުތަކުން ދައްކާގޮތުގައި، 4000 ފުލެޓުގެ ކޮންސްޓްރަކްޝަން މަސައްކަތުގެ 90 ޕަސެންޓު މިހާރު ވަނީ ފުރިހަމަވެފައެވެ. މީގެ އިތުރުން، އަލަށް ވިޔަފާރި ފެށުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މި ޔުނިޓުތަކުގެ ތެރެއިން ކޮމާޝަލް ޖާގަތައް ހޯދުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

400 flats gedoru veriyaa

ފުލެޓުތަކުގެ ބޮޑުވި ފެން ބިލު ދައްކާނީ އެފްޑީސީން: އެމްޑަބްލިޔުއެސްސީ

އިތުރު 5 ޓަވަރެއްގެ ތަޅުދަނޑި ހަވާލުކުރަން ފަށައިފި

ޅ. އަތޮޅު ތަޢުލީމީ މަރުކަޒަށް ކްލާސްރޫމް، އެޑްމިން ބްލޮކް އިމާރާތްކުރަން އެފްޑީސީއަށް

ގެދޮރުވެރިޔާ ތިން ޓަވަރެއްގައި ކަރަންޓުގެ ނިޒާމު ފުރިހަމަކޮށްފި

TTH_advertisement