ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިއަހަރު ނިމުމުގެ ކުރިން ޝަންގްރިއްލާ ރިސޯޓު އަލުން ހުޅުވަނީ

އައްޑޫގައި ހިންގާ މަދު ރިސޯޓުތަކުގެ ތެރޭގައި ހިމެނޭ ޝަންގްރިލާ މޯލްޑިވްސް ރިސޯޓު ބަންދުކޮށްފައި އޮންނަތާ ގިނަ ދުވަސްތަކެއް ވުމަށްފަހު އަލުން ހުޅުވަން ނިންމައިފިއެވެ.

2020 ވަނަ އަހަރު ކޮވިޑް-19ގެ އާލަމީ ވަބާއާ ގުޅިގެން ބަންދުކުރި ރިސޯޓު އަލުން ނުހުޅުވި ގިނަ ދުވަސްވުމަކީ އައްޑޫ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެކެވެ. އަދި އެއީ ނިމުނު އެމްޑީޕީ ސަރުކާރުގައި އަލުން ހުޅުވައިދޭން ވައުދުވެ ނުކުރެވި އޮތް ކަމެެކެވެ.

އަދި ޝަންގްރިލާ ރިސޯޓު އަލުން ހުޅުވައި އޮޕަރޭޝަނަށް ގެނައުމަށް މަގުފަހިކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެވަޑައިގެންނެވި ވައުދުފުޅެކެވެ.

2009 ވަނަ އަހަރު އައްޑޫ އިންވެސްޓްމެންޓްސް ޕްރައިވެޓް ލިމިޓެޑްއަށް ރިސޯޓު ތަރައްގީކުރަން ދޫކުރި އައްޑޫ ވިލިިނގިލީގައި ތަރައްގީކުރި ޝަންގްރިލާ ރިސޯޓު ބަންދުކުރިއިރު އެތަނުގައި 500 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުންދިޔައެވެ.

މިއަދު ޓޫރިޒަމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު އެ ރިސޯޓު އަލުން ހުޅުވުމާ ގުޅޭ ގޮތުން އައްޑޫ އިންވެސްޓްމެންޓްސް ކުންފުންޏާއި، އެހެނިހެން ހިއްސާވެރިންނާ ވާހަކަދައްކަައި މަޝްވަރާކުރެވިފައިވާ ކަމަށެވެ.

މި މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން މި އަހަރުގެ ޑިސެންބަރު 31 ވަނ ދުވަހުގެ ކުރިން ޝަންގްރިލާ ރިސޯޓު އަލުން ހުޅުވައި ހިންގަން ފަށާނެކަމުގެ ޔަގީންކަން އައްޑޫ އިންވެސްޓްމެންޓްސް ކުންފުނިން މިނިސްޓްރީއަށް ދީފައިވާކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ޝަންގްރިލާ ރިސޯޓަކީ އައްޑޫގެ ތަރައްގީއަށް މުހިއްމު ފަތުރުވެރިކަމުގެ މަންޒިލެއްކަން ފާހަގަކޮށް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ އެ ރިސޯޓު ބަންދުކުރުމާ ހަމައަށްވެސް އައްޑޫ ސިޓީގެ ތަރައްގީއާއި ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ކަނެކްޝަންސް އިތުރުކުރުމުގައި އެ ރިސޯޓުގެ ދައުރު ވަރަށް މުހިއްމު ކަމަށެވެ.

އެ ރިސޯޓު އަލުން ހުޅުވުމުން އައްޑޫގެ އިގުތިސާދަށް އިތުރު އާރޯކަން ލިބޭނެކަމަށާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ މަންފާ މުޅި ރާއްޖެއަށް ފެތުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށްވެސް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް މިނސިްޓްރީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

8q

އައްޑޫގައި ފެނަކައިގެ އިންޖީނިއަރިން ސްކޫލެއް އެޅުމަށް ނިންމައިފި

addu

އައްޑޫ ސިޓީ ހިތަދޫ ފަތާ ޓްރެކް މޫދުގައި މަރުވެފައި އޮއްވާ ފެނުނީ އޮސްޓްރޭލިއާ މީހެއް

BML shareef

އައްޑޫގެ ތަރައްގީއަށް ބޭނުންވާ މަލީ އެހީތެރިކަން ދޭން ބީއެމްއެލް ތައްޔާރު: ޝަރީފު

DSC

އައްޑޫ ކަރަންޓް މައްސަލައަށް އަންނަ އަހަރުގެ ޖުލައި މަހު ދާއިމީ ހައްލު ލިބޭނެ: ރައީސް