ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް އިސްރަށްވެހިންގެ ހަވީރެއް ބާއްވަނީ

STO_Ads
TTH_Ads
Advertisement

ބައިނަލްއަގުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް “އިސްރަށްވެހިންގެ ހަވީރު” ގެ ނަމުގައި ޚާއްސަ ހަވީރެއް ބާއްވަން ނިންމައިފިއެވެ.

މިއީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީ، އުރީދޫ އަދި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން ބާއްވާ ހަވީރެކެވެ.

އުމުރުން ދުވަސްވީ މީހުންނަށް ޢާއިލާތަކާއެކު އުފާވެރި މާޙައުލެއްގައި ވަގުތު ހޭދަކުރުމުގެ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން ބާއްވާ މި ހަވީރު ކުރިއަށްދާނީ މާދަމާ ހަވީރު 16:30 ގައި ހުޅުމާލެ ފޭސް-2 ‘ރުއްގަނޑު 3’ ސަރަހައްދުގައެވެ.

HajjCop_ads
Advertisement

ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ހަވީރުގައި އުމުރުން ދުވަސްވީ މީހުންނާއި އެފަރާތްތަކުގެ ޢާއިލާތަކަށް އުފާވެރި ހިތްހަމަޖެހޭ މަޖާ ވަގުތުކޮޅެއް ހޭދަކުރުމުގެ ގޮތުން، އެކި ކަހަލަ ހަރަކާތްތަކާއި ކުޅިވަރުތައް ކުރިއަށްގެންދެވޭނަކަމަށެވެ. މީގެ އިތުރުން، އެ ވުޒާރާގެ އިސްރަށްވެހިންގެ ނާދީގެ މެންބަރުންގެ ފަރާތުންވެސް ތަފާތު ހަރަކާތްތައް ދައްކުވައިދޭ ސްޓޯލްތައް ތައްޔާރުކުރެވިފައި ހުންނާނެކަމަށެވެ.

ހިތްހަމަޖެހޭ، އެކުވެރި މާޙައުލެއްގައި، ޢާއިލާތަކާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ލިބުމަކީ އުމުރުން ދުވަސްވީ ފަރާތްތަކަށް ދެވޭނެ ވަރަށް އަގުހުރި ހަދިޔާއެއްކަމުން ޢާއިލާގެ އުމުރުން ދުވަސްވީ ފަރާތްތަކާއެކު ވީހާވެސް ގިނަ ފަރާތްތައް މި ހަވީރުގައި ބައިވެރިވުމަށް ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން ވަނީ އެދިވަޑައިގެންފައެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 05 06 at 16.23.12

އެޗްޑީސީއާއި އެމްއައިބީ ގުޅިގެން ސަލާހުއްދީން ސްކޫލުގައި ޝޭޑް ސްޓްރަކްޗާއެއް ގާއިމުކޮށްދެނީ

central park

ސެންޓްރަލް ޕާކުގައި އިތުރު ޕާކިންގް ޒޯނެއް ހަދައިފި

hulhumale

ހުލުމާލޭގައި މަގުހަދާ ސަރަހައްދުތަކަށް އާންމުން ނުވަނުމަށް އިލްތިމާސްކޮށްފި

HDC

“ވިލުންވެރި ކަނބަލުން” ޕްރޮގްރާމަށް ހުޅުވާލައިފި