ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުއްދަ ދީފައި ނެތް މަސައްކަތްކުރާ ބިދޭސީން ފޮނުވައިލަނީ

Iimm

ބިދޭސީ މަސައްކަތްތެރިން ރާއްޖެއަށް އަންނައިރު އާމްދަނީ ހޯދުމަށް ހުއްދަ ދޭ މަސައްކަތްތައް ފިޔަވައި އެހެން މަސައްކަތް ކުރާ ބިދޭސީން ރާއްޖެއިން ފޮނުވައިލުމާއެކު، އެމީހުން ލައްވައި ހުއްދަ ނެތް މަސައްކަތްކުރުވާ ފަރާތްތަކާމެދު ފިޔަވަޅުއަޅާނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

އިއްޔެ އެ އިދާރާއިން ބުނެފައިވަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން “އޯޕަން ވިސާ”ގައި މަސައްކަތްކުރަމުންދާކަން ފާހަަގަކުރެވޭ ކަމަށާއި، އެގޮތަށް މަސައްކަަތްކުރާ ބިދޭސީން ޑީޕޯޓުކުރުމުގެ މަސައްކަތްކުރާނެ ކަމަށެވެ.

އޭގެ އިތުރަށް ބިދޭސީ މަސައްކަތްތެރިންނަށް ދޫކުރާ ވޯކް ވިސާގައި އެމީހުންނަށް ހުއްދަ ދީފައިވާ މަސައްކަތް ފިޔަވައި އެހެން މަސައްކަތެއް އެމީހުން ލައްވައި ކުރުވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅުއަޅާނެ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

ބިދޭސީންނަށް މަސައްކަތްކުރަން ހުއްދަދެނީ އެމީހުން ރާއްޖެއަށް އަންނައިރު އެތަނެއްގައި މަސައްކަތްކުރުމަށް ހުއްދަ ދީފައިވާ މަސައްކަތް ކުރަން އެކަންޏެވެ. ނަމަވެސް ވިސާ ދޫކުރާ ތަން ފިޔަވައި އެހެނިހެން ތަންތަނުގައި ބައެއް ބިދޭސީން މަސައްކަތްކުރާކަމަށާއި، އަދި ވިޔަފާރިކޮށް ބޮޑެތި މާލީ މަންފާތައްވެސް ހޯދަމުންދާކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

ވިސާ ދޫކުރި މަސައްކަތް ފިޔަވައި އެހެނިހެން މަސައްކަތްކުރާ ބިދޭސީން ރާއްޖެއިން ޑީޕޯޓުކުރާނެކަން އިމިގްރޭޝަނުން ހާމަކޮށްފައިވާއިރު، ރާއްޖޭގައި ހުއްދަނެތި ވިޔަފާރިކުރާ ބިދޭސީން ހޯދައި އެމީހުންނާމެދު ފިޔަވަޅުއެޅުމުގެ ބޮޑު ޕްރޮގުރާމެއް އިމިގްރޭޝަނުން ފަށާފައިވެއެވެ.

ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ރާއްޖޭގައި ދިރިއުޅޭ 178،982 ބިދޭސީއެއްގެ ބައޯމެޓްރިކް ޑާޓާ އެއްކޮށް ނިންމާފައިވާއިރު، ދައުލަތުގެ އިދާރާތަކުން ހިންގި އެކި އޮޕަރޭޝަންތަކުގެ ތެރެއިން ގާނޫނާއި ގަވާއިދާ ހިލާފުވެގެން 8،609 ބިދޭސީއެއް އަތުލައިގަނެ ރާއްޖެއިން ޑީޕޯޓުކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބިދޭސީންތަކެއް ބަލައިފާސްކޮށް 7 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

Iu

ނުވަ ކްރޫޒްލައިނާ އަކުން 15،000އާ ގާތްކުރާ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފި

ޤަވައިދާ ޚިލާފަށް އުޅެމުންދިޔަ 3 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެދަށަށް ގެންގޮސްފި

Oo

މި ރޯދަ މަހުގެ ފަހު ދިހައިގައި އިމިގްރޭޝަނުން ހިދުމަތްދޭނެ ގަޑިތައް އާންމުކޮށްފި